Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

ފެންނަ ނުފެންނަ ވޯޓުން މުއިއްޒު ބަލިވީ ބޮޑުތަނުން. ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް ކުރި ބޮޑު ކެންޕޭނާ އެކު ވެސް ރައްޔިތުން އެބުނީ ނޫނެކޭ. އޭގެ ޒިންމާ މުއިއްޒު އަޅުވަމުން އެ ގެންދަވަނީ ބައިގެމީހުންގެ ބޮލުގައެވެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 03:06
ޕީއެންސީ އިން ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ޕީއެންސީ އިން ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ | ސަން

ދައުރުގެ މެދުތެރެއިން ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ. ރައީސް މުއިއްޒަށް އިތުބާރު ނުކުރާ ކަމަށް ހާމަކޮށްދީފިއެވެ. ރައީސް މުއިއްޒާއި މުޅި ސަރުކާރު ވަތަށް ފައިބައިގެން ބެހި ވަޒީފާތަކާއި ނުގޮތަކަށް ދެމުންދިޔަ ފައިސާގެ ހަދިޔާތަކާއި ފޯރުވަމުންދިޔަ ވަޒީފާގެ ބިރުގެ އިތުރުން ފަހުވަގުތު ފެށި މަޝްރޫއުތަކާއެކު ވެސް ބޮޑުތަނުން ބަލިވެއްޖެއެވެ. ފެންނަ ނުފެންނަ ވޯޓުގައި، ރައީސްކަމަށް އަންނަން މުއިއްޒަށް ތާއީދުކުރި މީހުންނަށްވުރެ ގިނަ މީހުން ނޫނެކޭ ބުނެފިއެވެ.

ވެރިކަމުގެ އާރާއި ބާރުގައި ައަދި ދައުލަތުގެ ހުރިހާ ނުފޫޒަކާއި ތަކެއްޗެއް ބޭނުންކޮށްގެން ކުރި ކެންޕޭނަށްފަހު މިވީ ބޮޑު ބައްޔަކީ އާދައިގެ ބައްޔެއް ނޫނެވެ. ބޮޑުތަނުން ލަދުގަންނަވަރުގެ ބޮޑު ބައްޔެކެވެ.

މި ބޮޑު ބައްޔަށް ފަހު މުލިއާގޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މުއިއްޒު ކޯފާވެވަޑައިގެން ހުންނަވައި ކުރުދޮށިން ދެއްވީ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނަށެވެ. އަޅުވެތިކޮށްގެން ގެންގުޅޭ މަޖިލިސް މެންބަރުންނަށެވެ. ބޮޑު ބަލީގެ ޒިންމާ އުފުލަން ޖެހޭނީ އެވެރިންކަމަށް ވިދާޅުވެ ބޮޑުބަލި ކަނޑުއްވާލެއްވީ އެވެރިންގެ ބޮލަށެވެ.

އިސާހިތަކު ވިދާޅުވިގޮތައް ކަން ނުކުރެވުނު ވަޒީރުންނާއި ބޭނުންފުޅުވި ވަރަށް ނަތީޖާ ނެރެ ނުދެވުނު ކުންފުނިތަކުގެ ވެރިން ގެއަށް ފޮނުވާލިއެވެ. އަހާލުމެއް ކިޔާލުމެއްނެތި އެވެރިން ވަކިކުރިއެވެ. ވިދާޅުވެ މަޖްބޫރު ކުރުވައިގެން އިސްތިއުފާ ދެއްވިއެވެ. ރައްޔިތުން އެދޭފަދަ އިސްލާހެއް ގެންނާން ގެންނަވާ ބަދަލެއްގެ ގޮތުގައިކަމަށް ވިދާޅުވެ ރައްޔިތުންގެ ލޮލުގައި ރީތި އަނދުނެއް އަޅުވާނަމޭ ހިތައެވެ. އެކަމަކު ރައްޔިތުންގެ އެންމެބޮޑު ހިތްހަމަނުޖެހުމަކާއި ނުރުހުމެއް އަމާޒުވި އެންސްޕާގެ ކުރީގެ އެމްޑީ ހީނާ ވަލީދުމެންފަދަ މީހުންނަށް ވަޒީރުކަން ދެއްވީއެވެ. ބޮޑުތަނުން ފެއިލްވެފައިވާ ކުންފުނިތަކާއި ވައްކަމާއި ފަސާދައިގެ ތުހުމަތު ކުރެވިފައިވާ ކުންފުނިތަކުގެ ވެރިން ބައިތިއްބާފައި ވަކިބަޔަކު ކަނޑާ އެއްލާލެއްވީއެވެ. ގޭސް ގެންނަންދިން މިލިއަން ރުފިޔާގެ ޕޭމަންޓް ގެއްލުވާލައި ރައްޔިތުން ގޭހަށް ޖައްސާލި އަބްދުﷲ މުހައްމަދު (ބޯފަން އަބްދުﷲ) އާއި ދުވަހުން ދުވަހަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ޑޮލަރުގެ 20 ރުފިޔާއިން މައްޗަށް އެރިއިރުވެސް ހައްލެއް ނުގެނެވުނު އިކޮނޮމިކް މިނިސްޓަރު ސައީދުމެންފަދަ ބޭބޭފުޅުން ބައިތިއްބާފައެވެ.

ބޮޑުބަލި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދި މަޖިލިސް މެންބަރުންގެ ބޮލަށް ކަނޑުއްވާލެއްވުމަށްފަހު އެވަޑައިގެންނެވީ އއ ރަސްދޫއަށެވެ. ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަސްދޫއިން މިފަހަރު މުިއްޒަށް އެންމެބޮޑު ތާއީދެއް ކުރި އެއް ރަށަކަށް ވީތީ އުފާ ކުރާށެވެ. ސަރުކާރުގެ ބޮޑުންނާއެކު ހަވާ އަރުވައި ބޮޑު ހޭދައެއް ކޮށްގެން އެބޭއްވި ކުލަގަދަ ހަފްލާގައި އެއްކަލަ ބޮޑު ބަލި އަނެއްކާ އަނެއް ބައެއްގެ ބޮލަށް ކަނޑުއްވާލެއްވިއެވެ. މިފަހަރު މުޅި ރާއްޖޭގައި ތިބި ޕީއެންސީއަށް މަސައްކަތްކޮށްދިން އެންމެނަށެވެ. އިންތިޚާބުގައި އެވެރިންނަށް ކަމެއް ކޮށް ނުދެވުނު ކަމަށް ވިދާޅުވެ ބޮޑުބަލިން ބަލިވީ ކެންޕޭން ކުރި މީހުންނަށް ކަމެއް ނުކުރެވުނީތީކަމަށް ވިދާޅުވެ އެވެރިންގެ ބޮލަށް ކަނޑުއްވާލެއްވީއެވެ.

ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލި އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށެވެ.

"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފަކައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ކެމްޕެއިންގެ ހަރަކާތްތައް ނިންމާލި ދުވަހު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ "ފައިދާ"ތައް ކުރު ގޮތަކަށް ކިޔައިދެވޭތޯ މަސައްކަތްކުރައްވައިފައިވާނެ ކަމަށް ވިދާޅުވެ، އެ ވާހަކަފުޅު އަލުން އޮޅައި އަޑުއެއްސެވުމަށް ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ (ޕީއެންސީގެ) މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގަ،" ރައީސް ވިދާޅުވިއެވެ.

މިހާ ތިލަކޮށް މިމޭރުމުން މުއިއްޒު ވިދާޅުވެ އެވެރިންގެ ބޮލަށް ޖެއްސެވިއިރު މުޅި ރާއްޖޭގައި އޭރަކު "އާއެކޭ" ނޫން އެއްޗެއް ނެތެވެ. ގައުމީ ޓީވީން ފަހުވަގުތާ ހަމައަށްވެސް އެނޫން ވާހަކައެއް ނުދައްކައެވެ. ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭ ފައިދާގެ ނޫން ވާހަކައެއް ރައްޔިތުންނަށް ވިސްނައިދޭން އެތަނަކުން ނޫޅެއެވެ. އަމުދުން އިލެކްޝަންސް ކޮމިޝަނުންވެސް އެކަމުގެ ގެއްލުމުގެ ސުރުހީވެސް އަޅައި ނުދެއެވެ. ދެތިން މީޑިޔާއެއް ފިޔަވައި ލާރިދީގެން ހިންގާ ހުރިހާ ޓީވީތަކާއި އޮންލައިން ނޫސްތަކުގައިވެސް މުޅިން އޮތީ ދެއިންތިޚާބު އެއްކޮށްލުމުގެ ފައިދާއެވެ. ނޫނެކޭ ބުނަން ވިސްނާލަން ޖެހޭވަރުގެ އެއްޗެއްވެސް އެއިން އެއްޗަކުން ނުފެނެއެވެ. ނުވިތާކަށް ޕީއެންސީއާއި މުއިއްޒަށް ތާއީދު ކުރާ ކޮންމެ މީހަކަށް ވިސްނައިދެމުން ދިޔައީ އާއެކޭ ނޫން އެއްޗެއް ނެތްކަމަށެވެ. ބެނާތަކާއި ޕޯސްޓަރުތައް އަދި ފޮޓޯޓައް ސަރުކާރާ ގާތައްވެސް އިދިކޮޅު މީހުންނަކަށް ނުދެމުނެވެ. މި ހުރިހާ ކަމެއް ކުރީ މުއިއްޒު އެވިދާޅުވާ ކެންޕޭން ކުރި މީހުންނެވެ. ކެންޕޭން ޓީމުތަކެވެ. އެވެރިން އެވެރިންގެ ވެރިޔާ ވިދާޅުވެގެން މަސައްކަތް ކުރީ ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރިއެވެ. އެކަމަށް ހެކިދެނީ މާލޭގެ މަގުމައްޗާއި ޓީވީ ޗެނަލް ތަކުން ގެނެސްދިން ޝޯވ ތަކެވެ. ޚާއްޞަކޮށް ދައުލަތުގެ ޓީވީއެވެ.

މުއިއްޒުއެވެ. ވީކީ އެހެނެއް ނޫނެވެ. ރައްޔިތުން ނުރުހުނީއެވެ. ނުރުހެނީއެވެ. މިހާރު ތާއީދު ނުކުރަނީއެވެ. ކަމުނުދިޔައީއެވެ. ބަހާ އަމަލާ ދިމާ ނުވީތީއެވެ. ވިދާޅުވިގޮތައް ކަން ނުކުރެއްވީތީއެވެ. ދިމާ އިދިކޮޅަށް ކަންކުރައްވާތީ ފޫހިވީއެވެ. ހައްދަވާ ދޮގުން މީހުން އަނެއް ފަރާތައް މޫނު އަނބުރާލީއެވެ. ރަނގަޅުވާނެއޭ ހީކޮށް ހުރިހާ ބާރަކާއެކު ވެރިކަން ދިނީމާ ކަންކުރައްވާ ގޮތުން ބަދަލަކަށް ލީ ވޯޓުގެ ނަތީޖާއެއް ނުފެނުނު ކަމަށް ރައްޔިތުން ގަބޫލުކުރީއެވެ. ދައުރުގެ މެދުތެރެއިން ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީއެވެ.

ކޮންމެއަކަސް ހަގީގަތް އޮޅުވާލައްވައި ކަމުން ރެކި އަނެއްކާވެސް ތިޔަ ޖެއްސެވީ އެހެންބައެއްގެ ބޮލަށެވެ. ނިކަމެތި އާދައިގެ ބައެއްގެ ބޮލަށެވެ. ބައިމީހުންގެ ބޮލަށެވެ. ތިޔައެއް މިހާރަކު ނުހިނގާނެއެވެ. އިތުރަށް މިހާރު ތިޔަޖައްސަވަނީ މަރުފައްޔެވެ. ތިޔަފޭކޮށްލައްވަނީ ކިރިޔާވެސް ގާތުގައިތިބި މަދު މީސްކޮޅަށެވެ. އެކަމަކު ގޮތް ނިންމީ ރައްޔިތުންނެވެ. މިފަހަރު ތިޔަ ނިންމާ ގޮތުން އިތުރަށްވާނީ ގޯހެވެ. ދެން ގޮތް ނިންމާނީ މުއިއްޒެވެ.

ޑރ. މުއިއްޒުއއ. ރަސްދޫޕީއެންސީހީނާ ވަލީދު އެންސްޕާއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

19 އެޕްރީލު 2026
މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް

ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް

18 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު