Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުން

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކައެއް ނޫންކަމަށް!

9 އެޕްރީލު 2026 | ބުރާސްފަތި 06:36

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ ކުއްޖަކަށް ބޭނުންވާ ފީޑިންގ ޓިއުބެއް ނުލިބި އުޅެނިކޮށް ނިޔާވި މައްސަލައިގައި އިހުމާލެއް ވޭތޯ ސުވާލުކުރުމުން، އެއީ މީޑިއާގައި ދައްކަންޖެހޭ ވާހަކައެއް ނޫންކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ ބަލިމީހެއްގެ ފުރާނަ ގެއްލުނު ސަބަބު މީޑިއާގައި ހާމަކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެކަމުގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އެޕްރީލު 2026 | ބުރާސްފަތި 06:36
ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ނާޒިމް

ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ނާޒިމް | ހެލްތު މިނިސްޓްރީ

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކަށް ފުރިހަމަ ފަރުވާ ނުދެވި އުޅެނިކޮށް ނިޔާވި މައްސަލައިގައި ސުވާލު ކުރުމުން، އެފަދަ ވާހަކަތަކަކީ މީޑިއާތަކުގައި ދައްކަންޖެހޭ ވާހަކައެއް ނޫންކަމަށް ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. 

އެ މައްސަލައިގައި އިހުމާލުވާ ފަރާތެއް ހޯދިފައިވޭތޯ އާއި މިހާތަނަށް އެކަމާ ގުޅިގެން ފިޔަވަޅެއް އަޅާފައިވޭތޯ ރާއްޖެޓީވީން ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، އެ ޙާދިސާއަކީ ވަކި ސަބަބަކާ ގުޅިގެން ހިނގި ޙާދިސާއެއްކަން ބުނުމަކީ ކުރާވެސް ކަމެއް ނޫން ކަމަށާއި، މީޑިއާގައި އެ ވާހަކަތައް ހާމަ ކުރުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ.

އެހެންނަމަވެސް އެ ކަންކަމުގެ މައުލޫމާތު އާއިލާއަށް ފޯރުކޮށްދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސިއްޙީ ޚިދުމަތްދޭ ތަންތަނުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެކަމުގެ ތަފްސީލީ މައުލޫމާތު ދިނުމަކީ މިފަދަ ފޯރަމެއްގައި ދައްކަންޖެހޭ ޒާތުގެ ވާހަކައެއް ނޫން ކަމަށެވެ.

އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވާނީ މީޑިއާއެއްގައި މީހެއްގެ ފުރާނަ ނިމިގެން ދިޔަ ގޮތަކީ ވަކި ގޮތެކޭ ދަންނަވަން، އެއީކީ ކުރާވެސް ކަމެއް ނޫން ވަކި ސަބަބަކާ ގުޅުވައި މިހެން ހިނގި ކަމެކޭ ދަންނަވަން، އެހެންވީމާ އެއްވެސް ޕޭޝަންޓެއްގެ ފުރާނަ ގެއްލިގެން ދިޔައީ ނޫނީ ވެގެން ދިޔައީ މިކަން މިހެން ވެގެންނޭ ކިޔާފައި މީޑިއާގައި އެހެން އާންމުކޮށް ކުރާކަމެއް ނޫން އެއީކީ
ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ނާޒިމް

އަޒާން ނިޔާވުމުގެ ކުރިން އޭނާއަށް ބޭނުންވާ ފީޑިން ޓިއުބެއް ނުލިބިގެން އޭނާ ގެ މަންމަ ސޯޝަލް މީޑިއާގައި އެ ވާހަކަ ހާމަކުރި އިރު 8 މަސް ދުވަސް ވަންދެން ހޮޅިކޮޅެއް ނުލިބިގެން ދަރިފުޅުގެ ހައްގުގައި ކުރި މަސައްކަތަށް އެސްޓީއޯ އަކަށް ވެސް، ސިއްހީ ވުޒާރާ އަކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް ކޮށްދެވުނު ކަމެއް ނެތެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހޮޅިކޮޅު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ގައި ވެސް ލިބެން ނެތެވެ. އެއީ ސްޓޮކް ހުސްވެފައި ހުރުމުންނެވެ. އަދި އެހެން ފާމަސީތަކުގައި ވެސް ނެތެވެ. މީގެ ކުރިން އެސްޓީއޯ ފާމަސީ އިން އެ ހޮޅިކޮޅު ބޭސް ސިޓީއަށް ލިބެ އެވެ. ނަމަވެސް ފަހުން އިންޑިއާއިން 100 ޑޮލަރަށް ލިބޭ ހޮޅި ކޮޅު 13،000 ދިވެހި ރުފިޔާއަށް ވިއްކަމުން ދިޔަ ކަމަށް ބައެއް ފަރާތްތަކުން ހުރީ ޝަކުވާ ކޮށްފަ އެވެ. 

ނަމަވެސް އެންސްޕާއިން ހޮޅި ކޮޅު ގެންނަން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީއިން އެ ހޮޅިކޮޅު ނުގެނެސްދީ އުޅެނިކޮށް އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ. 

 

އަބްދުﷲ ނާޒިމް އިބްރާހީމް ކުޑަކުދިންގެ މަރުހެލްތް މިނިސްޓްރީއާސަންދަ

އިތުރަށް ކިޔާލަން

26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
07 ޖެނުއަރީ 2026

މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ

07 ޖެނުއަރީ 2026
މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ
05 ޖެނުއަރީ 2026

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

05 ޖެނުއަރީ 2026
ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް
05 ޖެނުއަރީ 2026

ޑަޔަލެސިސްގެ ވައުދު ނުފުއްދުން: ފ. އަތޮޅު ގައި ނުފެށުނީ ސާފު ފެން ނެތިގެން، ވ. އަތޮޅުގައި ޚިދުމަތް ހޯދާނެ ބަލި މީހަކު ނެތް: ހެލްތް މިނިސްޓަރ ނާޒިމް

05 ޖެނުއަރީ 2026
ޑަޔަލެސިސްގެ ވައުދު ނުފުއްދުން: ފ. އަތޮޅު ގައި ނުފެށުނީ ސާފު ފެން ނެތިގެން، ވ. އަތޮޅުގައި ޚިދުމަތް ހޯދާނެ ބަލި މީހަކު ނެތް: ހެލްތް މިނިސްޓަރ ނާޒިމް
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް