Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

މެޗު އެއްވަރުވެ، ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 26 މެޗުން 45 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2026 | ބުދަ 05:42
އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އާއި، ޔުނައިޓެޑު ބައްދަލު ކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އާއި، ޔުނައިޓެޑު ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު މެންޗެސްޓަރ ޔުނައިޓެޑު ސަލާމަތް ވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ވެސްޓް ހޭމް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މެޗުން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު ޖެހި ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް، ފުރުސަތު ބޭނުން ނުކުރެވި ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ވެސްޓް ހޭމް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ތޯމަސް ސޫޝެކް އެވެ.

އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކަސެމީރޯ ލަނޑެއް ޖެހި ނަަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައި، މެޗުން ޔުނައިޓެޑު ސަލާމަތް ކޮށްދިނީ ބެންޖެމިން ސެސްކޯ އެވެ.

މެޗު އެއްވަރުވެ، ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 26 މެޗުން 45 ޕޮއިންޓާ އެކު އެވެ. ވެސްޓް ހޭމް އަތުން މޮޅުވެ، ޖެހި ޖެހިގެން ފަސް މެޗުން މޮޅުވުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަމަވެސް، މެޗު އެއްވަރުވެ އެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުވެސްޓް ހޭމްމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި
09 ފެބުރުއަރީ 2026

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

09 ފެބުރުއަރީ 2026
ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
08 ފެބުރުއަރީ 2026

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި
08 ފެބުރުއަރީ 2026

ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

08 ފެބުރުއަރީ 2026
ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
08 ފެބުރުއަރީ 2026

ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި

08 ފެބުރުއަރީ 2026
ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި
02 ފެބުރުއަރީ 2026

ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި

02 ފެބުރުއަރީ 2026
ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި
01 ފެބުރުއަރީ 2026

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
26 ޖެނުއަރީ 2026

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ
26 ޖެނުއަރީ 2026

ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

26 ޖެނުއަރީ 2026
ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
25 ޖެނުއަރީ 2026

ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް

25 ޖެނުއަރީ 2026
ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު