Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް

ނަތަންޔާހޫއާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ދައުވާގައި ހޯމަ ދުވަހު ބާއްވަން އޮތް އަޑު އެހުން ވެސް ކެންސަލް ކޮށްފި

4 މެއި 2026 | ހޯމަ 10:05

ކޯޓު އިދާރާގެ ބަޔާނަކާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައިވާ ގޮތުގައި، ޤާނޫނީ ވަކީލު އަމިތު ހަދާދުގެ ފަރާތުން ރޭގަނޑުގެ ވަގުތުގައި ލިބުނު "އަޕްޑޭޓް" އަކާ ގުޅިގެން ހޯމަ ދުވަހުގެ އަޑު އެހުން ނުބާއްވާނެ. އިޒްރޭލްގެ ކޯޓުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެ މައްސަލައިގައި އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2026 | ހޯމަ 10:05
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތެލް އަވީވް ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި ނަތަންޔާހޫ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތެލް އަވީވް ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި ނަތަންޔާހޫ. | ރޮއިޓާސް

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ދައުވާގައި، ހޯމަ ދުވަހު ބާއްވަން އޮތް ޝަރީއަތުގެ އަޑު އެހުން ވެސް ކެންސަލް ކޮށްފައިވާ ކަމަށް އިޒްރޭލްގެ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހުގެ އަޑު އެހުން ކެންސަލް ކުރަން ކޯޓުން ނިންމާފައި ވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަތަންޔާހޫގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކޯޓަށް މެސެޖެއް ފޮނުވާފައި ވަނިކޮށެވެ. 

ކޯޓު އިދާރާގެ ބަޔާނަކާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައިވާ ގޮތުގައި، ޤާނޫނީ ވަކީލު އަމިތު ހަދާދުގެ ފަރާތުން ރޭގަނޑުގެ ވަގުތުގައި ލިބުނު "އަޕްޑޭޓް" އަކާ ގުޅިގެން ހޯމަ ދުވަހުގެ އަޑު އެހުން ނުބާއްވާނެ އެވެ. އިޒްރޭލްގެ ކޯޓުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެ މައްސަލައިގައި އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ. 

ހޯމަ ދުވަހުގެ ހެނދުނު ނަތަންޔާހޫ ކޯޓަށް ހާޒިރުވެ، އޭނާއާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލައިގައި ސުވާލު ތަކަށް ޖަވާބުދާރީވާން އޮތީ ހަމަޖެހިފަ އެވެ. އޭނާއާ ދެކޮޅަށް މިހާރު ކޮށްފައިވާ ދައުވާތައް ސާބިތުވެ، މި މައްސަލައިގައި އޭނާ ކުށްވެރި ވެއްޖެ ނަމަ، 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ނަތަންޔާހޫގެ މައްޗަށް އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. 

ނަތަންޔާހޫއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ގެންދާއިރު، މި މައްސަލައިގެ އަޑު އެހުންތައް ވަނީ އެކި ފަހަރު މަތިން ކެންސަލް ކޮށްފަ އެވެ. އެގޮތުން އިޒްރޭލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ސަލާމަތީ ސަބަބު ތަކަށްޓަކައި އެތައް ފަހަރެއްގެ މަތިން އަޑު އެހުންތައް ކެންސަލް ކޮށްފައިވެ އެވެ. މިއީ އިޒްރޭލްގެ ސިޔާސީ މަސްރަހުގައި ބޮޑު ސަމާލު ކަމެއް ލިބިފައިވާ ސީރިއަސް މައްސަލަ އަކަށް ވަނީ ވެފަ އެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ނަތަންޔާހޫގެ މައްޗަށް ކުރެވިފައި ވަނީ، އޭނާގެ ބޮޑު ވަޒީރު ކަމުގެ މަގާމު ބޭނުން ކޮށްގެން ނުފޫޒު ހިންގައި، ހަދިޔާ ބަލައި ގަތުުމާއި، އިޒްރޭލްގެ ބޮޑެތި ވިޔަފާރި ވެރިންގެ އަތުން ނާޖާއިޒު ގޮތުގައި މަންފާ ހޯއްދަވާފައިވާ ކަަމަށް ބުނެ އެވެ.

މި މައްްސަލައިގެ އަޑު އެހުންތައް ކޯޓުން ކެންސަލް ކުރަމުން އަންނައިރު، އެންމެ ފަހުން ނަތަންޔާހޫ ކޯޓަށް ހާޒިރުވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ދުވަހުގެ އަޑު އެހުމުގައި ނަތަންޔާހޫ ވަނީ އޭނާއާ ދެކޮޅަށް ކުރާ ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށާއި، އެެއީ ވާދަވެރި ސިޔާސީ ފަރާތްތަކުން އޭނާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ. 

ހޯމަ ދުވަހުގެ އަޑު އެހުން ކެންސަލް ކުރުމަށް ފަހު، ދެން އަޑު އެހުމެއް ބާއްވާނެ ތާރީޚެއް ކޯޓުން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލްބެންޖަމިން ނަތަންޔާހޫކަރަޕްޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 މެއި 2026

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

02 މެއި 2026
އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ
02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

02 މެއި 2026
އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ
02 މެއި 2026

8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި

02 މެއި 2026
8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި
30 އެޕްރީލު 2026

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

30 އެޕްރީލު 2026
އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް
29 އެޕްރީލު 2026

ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި

29 އެޕްރީލު 2026
ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި
27 އެޕްރީލު 2026

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި
26 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."

26 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."
26 އެޕްރީލު 2026

ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ

26 އެޕްރީލު 2026
ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ
25 އެޕްރީލު 2026

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް