Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް

މަސްވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ މަސްވެރިންނަށް ފިޔަވަޅު އެޅުމަށް އަމާޒުކޮށްފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރު އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، ތެލުގެ އަގު ބޮޑުވުމާއި މަހުގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ މަސްވެރިންނަށް ހަމަހަމަކަމާއެކު ތެލުގެ ސަބްސިޑީ އާއި ލުއިގޮތްތައް ހަމަޖައްސައިދިނުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 އެޕްރީލު 2026 | ބުދަ 06:28
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު މިއަދުގެ ހަގީގަތަކީ މަސްވެރިންނަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން ދުރު ސަރަހައްދުތަކަށް ގޮސް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް މަސްވެރިންނަށް ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހްމަދު ހުށަހަޅުއްވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ މަސްވެރިންގެ ނުހަނު ގިނަ ކަންބޮުވުންތަކެއް އެބަހުރި ކަމަށެވެ. މި ބިލު ހުށަހެޅިގެން ދިއުމާއެކު އެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށާ އެހެން ނަމަވެސް މުޅި ބިލު ފަރުމާ ކުރެވިފައި ވަނީ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ މައްޗަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ ޚާއްސަކޮށް ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށެވެ. 

ކަންނެލި މަސްވެރިންނަށް 100 ރުފިޔާ އާ 80 ރުފިޔާ އާ ދޭތެރޭ ކިލޯއަކަށް ދޭނަމޭ ވިދާޅުވެ، ވައުދުވެވަޑައިގެން، ކަންނެލި މަސްވެރިންގެ ވޯޓާއެކު ވެރިކަމަށް ވަޑައިގަތީ. އެހެން ނަމަވެސް 3 އަހަރު ވެގެން މި ދަނީ. އެހެން ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް މި ވައުދު އޮތީ ބިލާހެއްގެ ގޮތުގައި. އެ ވައުދު ހާސިލް ކުރުމަށްޓަކައި ހަނދާން ކޮށްދިނުމަށްޓަކައި މަސްވެރިން ވަނީ ތަކުރާރު ކޮށް އިހުތިޖާޖު ކުރީމާ ވެސް، ހަމަ ކަހާތާ ހިރުވާވެސް ނުލާ، މިއަދުގެ ރައީސް އެ ހުންނަވަނީ ދޮގު ހެއްދެވުމުގަ. 
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މިހެން މިކަން ވާކަމުގައި ވާނަމަ މަސްވެރިންގެ އިތުބާރެއް ސަރުކާރަކަށް ނުލިބޭނެ ކަމަށެވެ. ކަންނެލި މަސްވެރިންގެ އިތުރުން ކަޅުބިލަ މަސްވެރިކަން ކުރާ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިހާ ޚަރަދު ބޮޑު އިރު 16 ރުފިޔާ އަށް މަސް ކިލޯ އެއް ކިރައިގެން ޚަރަދުތައް ފޫ ނުބެއްދުމުގެ ކަންބޮޑުވުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މިހާރު ކޮންމެ ދުވަހަކުހެން ލިބޭ ޝަކުވާ އަކީ އެ ޚަރަދުތައް ފޫ ނުބެއްދޭ ވާހަކަ ކަމަށާ މިއަދުގެ ހަގީގަތަކީ ދުރު ސަރަހައްދުތަކަށް ގޮސް ރަނގަޅަށް މަސްވެރިކަން ކޮށްލަން މަސްވެރިންނަށް ނުކެރުން ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. 

ތެލުން ސަބްސިޑީ ދިނުމުގައި ޚާއްސަ ސަމާލުކަމެއް ކަޅުބިލަ މަސްވެރިކަން ކުރާ މަސްވެރިންނަށް ދެވޭއިރު އެހެން ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިފަދަ އެއްވެސް ސަމާލުކަމެއް ނުދޭ މަންޒަރު ފެންނަ ކަން ފާހަގަ ކުރައްވާ މައުރޫފް ވިދާޅުވީ އެފަދަ ފަރާތްތަކަށް ސަބްސިޑީގެ އިތުރުން ލުއި ތައް ހޯދުމަށް ހުރި ދަތިތަކާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. 

މެންބަރު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް އަގު ހެޔޮކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ތެޔޮ ލިބުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. މެންބަރު ވަނީ ތަކުރާރު ކޮށް ހުށަހެޅިފައިވާ ބިލުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާ ލައްވާފަ އެވެ. 

ރައްޔިތުންގެ މަޖިލިސްމަސްވެރިކަމުގެ ގާނޫނުމަސްވެރިކަން

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި

29 އެޕްރީލު 2026
މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި
28 އެޕްރީލު 2026

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026
ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް
28 އެޕްރީލު 2026

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް
28 އެޕްރީލު 2026

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު
27 އެޕްރީލު 2026

14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

27 އެޕްރީލު 2026
14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު