Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތައް މިހާތަނަށް އާންމުކޮށްފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކަމާގުޅޭ އިދާރާތައް މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ އެދިވަޑައިގެންފަ. ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތައް ނުހެދި ލަސްވަމުންދާތީ، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ޑައިރެކްޓަރ ޖެނެރަލް އޮފް ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު ހާޒިރުކޮށް މިކަމުގެ ތަފްސީލު ސާފުކުރުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ. މިފަދަ މުހިއްމު ގަވާއިދުތަކެއް ނުނިމި އޮތުމަކީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ހުރަހެއްކަން މެންބަރު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 04:15
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒު ނުވެ، އެ ރައްކާތެރިކަން ކަށަވަރު ނުވާތީ ކަމާގުޅޭ އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީގައި ބުނީ  މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހަތުގެ ދުނިޔޭގެ ދުވަހަކީ، 2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމްއިއްޔާ (އައިއެލްއޯ) އިސްނަގައިގެން މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ. 

Advertisement - newsAdvertisement

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދައުލަތާއި، ވަޒީފާދޭ ފަރާތްތަކާއި އަދި މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިންނާއި އިޖުތިމާއީ މަޝްވަރާތަކުގެ އަލީގައި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓްތަކާއި މަސައްކަތުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުން ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

އެގޮތުން ރާއްޖޭގައި އަމަލުކުރަން ފަށާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާ މިންގަނޑުތަކާއި އުސޫލުތައް ހަދައި ހިންގާނީ މިނިސްޓަރު ގެ ލަފާގެމަތިން އޮތޯރިޓީން ކަމަށް ބަޔާން ކޮށްފައިވާ ކަން ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.  

މެންބަރު ވިދާޅުވީ މި ގާނޫނާއި ގުޅޭގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހިމެނޭހެން އެއް ގަވާއިދު ލޭބަރ ރިލޭޝަންސް އޮތޯރިޓީ އިން ހަދާފައިވާ ކަމަށެވެ. ހައްދަވާފައެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދުގެ ނަމުގައި ހަދާފައިވާ މި ގުޅިގެން ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބިފައިވާތީ އެ ގަވާއިދު އިސްލާހު ކުރުމަށްފަހު ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާ އެހެން ކަމުން މި ގަވާއިދު ތަކަކީ މިހާތަނަށް އައިއިރު، އަމަލުކުރަން ފެށިފައިނުވާ ގަވާއިދު ތަކެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ކުޑޫ ވިދާޅުވީ މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި މަސައްކަތްތެރީންގެ ސިއްހީ ރައްކާތެރިކަމާ މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކާއި ސިއްހީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމާއި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ކަންކަން ބަޔާންކުރުމުގެ ގަވާއިދެއް ނުނިމި އޮތުމަކީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާ އެހެން ކަމުން ލޭބަރ ރިލޭޝަންސް އޮތީރިޓީ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދޭ ކަމަށެވެ. 

މީގެ އިތުރުން ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ މިންގަނޑުތައް  މިނިސްޓަރު ގެ ލަފާގެމަތިން ޑިރެކްޓަރ ޖެނެރަލް އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭއިރު މި މިންގަޑުތައް ވަނީ މިއަދާއި ހަމައަށްވެސް ޝާއިރު ނުކުރެވި ކަން ކުޑޫ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ކަމުން މި މަސައްކަތް ގޮސްފައިވާ ހިސާބެއް މި މަސައްކަތުގައި ޒިންމާވާން ޖެހޭ ފަރާތްކަމަށްވާ 'ޑައިރެކްޓަރ ޖެނެރަލް އޮފް ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދެއްވައި ސާފުކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންދަ އެވެ. 

2024 އޭޕްރީލް ގައި ހެދުނު މި ގާނޫނަށް މިއަދާއި ހަމައަށް ދެއަހަރު ވެފައިވާއިރު މިފަދަ މުހިއްމު މަސައްކަތެއް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ނުކުރެވުމަކީ ރައްޔިތުންގެ މެދުގައި ސަރުކާރުގެ އިދާރާތަކާއި މެދު އިތުބާރު ގެއްލޭނެ ފަދަ ކަމެއް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އަބްދުއްރަހީމް އަބްދުﷲލޭބަރ ރިލޭޝަންސް އޮތޯރިޓީރައްޔިތުންގެ މަޖިލިސްމަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު