Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ލަންކާ ދަތުރުފުޅު

ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ސަރުކާރަށް ފާޑުކިޔާ ދިވެހިން ދިރިއުޅޭ ގެތަކަށް އެ ގައުމުގެ ފުލުހުން ފޮނުވައި ބިރުދައްކަމުންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ. ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ބުނާ ގޮތުގައި، ހައިކޮމިޝަނުން މައުލޫމާތު ދީގެން ފުލުހުން ގެތަކަށް ވަދެ، ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް އަންގައި ބަޔާންތަކުގައި ސޮއިކުރުވަމުންދޭ. މިކަމަކީ ދިވެހި އެމްބަސީން އަޑީގައި އޮވެގެން ހިންގާ ނޭއްގާނީ އަމަލެއް ކަމަށް އާންމުން ތުހުމަތު ކުރާއިރު، މީގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމާ މެދު ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 04:22
ރައީސް މުއިއްޒު ލަންކާއަށް ވަޑައިގެންނެވުން

ރައީސް މުއިއްޒު ލަންކާއަށް ވަޑައިގެންނެވުން | ރައީސް އޮފީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި ސަގާފީ މަރުކަޒު ނުވަތަ ސޯސަންވިލާ ހިންގުމުގައި ހުރި ބައެއް މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކާ ފަރާތްތަކާއި، އެތަނުގައި ކިޔަވައިދޭ ގޮތާއި ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޝަކުވާ ކުރަމުންދާ ބެލެނިވެރިންނަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިސަރުކާރުން ވެރިކަމާއި ޙަވާލުވި ފަހުން ލަންކާގައި ދިރި އުޅޭ ދިވެހީންނަށް ވިސާ ލިބުމުގައި އާއި ޑޮލަރު ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، އެކަމާ ގިނަ މީހުން ހިތްހަމަ ނުޖެހޭކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އެގޮތަށް ވާހަކަ ދައްކާ ފަރާތްތަކަށް އަމާޒުކޮށް މި ފިޔަވަޅުތައް އަޅަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ލަންކާގައި ދިރިއުޅޭ ރައްޔިތަކު ބުނީ، އޭނާ ލަންކާގައި ދިރިއުޅެމުންދާތާ ދުވަސްތަކެއްވެފައިވާ ކަމަށާއި، ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ކުއްލި ގޮތަކަށް ލަންކާ ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީ އިން އެ މީހުން ދިރިއުޅޭ ގެތަކަށް ފޮނުވައިގެން ބަޔާން ނަގައި، ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް އަންގާ ބަޔާނެއްގައި ސޮއިކުރުވަމުންދާ ކަމަށެވެ.

މި ރެސެޕްޝަން އޮތީ ހިލްޓަން ކޮލަންބޯގެ ދަ ގްރޭންޑް ބޯލްރޫމް ގައި 5 މެއި 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 ގަ އެވެ. 

އޭނާ ކިޔާދިން ގޮތުގައި ގެއަށް އައިރު ގޭގައި ތިބީ ފުލުހުންތަކެކެވެ. އަދި އެމީހުން ދެއްކީ އޭނާ ހިމެނޭހެން ބައެއް ދިވެހިންގެ ފޮޓޯތަކެވެ. އަދި އޭނާގެ ފޮޓޯ ދެއްކުމަށްފަހު އެއީ އޭނާކަން ކަށަވަރު ކުރުމަށްފަހު ފުލުހުން އެންގީ ރައީސްގެ ބައްދަލުވުމަށް ގޮސްގެން ނުވާނެ ކަމަށާއި، ގޮސްފިނަމަ ހައްޔަރު ކުރާނެ ކަމަށެވެ. އޭނާ ކިޔާދިން ގޮތުގައި އެ ފޮޓޯތަކުގައި ހުރީ މުޅިންވެސް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކެވެ.

އޭނާ ކިޔާދިން ގޮތުގައި އެ ފޮޓޯގައި އޮތީވެސް ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ފޯމު ހުށަހެޅިއިރު އޭނާ ހުށަހެޅި ފޮޓޯއެވެ. އަދި އޭނާގެ ދާއިމީ އެޑްރެސްވެސް އެމީހުންނަށް އެނގޭކަމަށް އޭނާ ކިޔާދިނެވެ. އެހެންކަމުން މިއީ ހައިކޮމިޝަނުން ސީދާ އަންގައިގެން ރައީސްގެ ދަތުރުފުޅާ ގުޅިގެން ބިރު ދެއްކުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

  އަޅުގަނޑު ގެއަށް އައިސް ވަންއިރު ގޭގައި މި ތިބީ ފުލުހުންގެ 6 މީހުން، އަޅުގަނޑުގެ ކުޑަމީހާ ގޭތެރޭގައި ރޮނީ، މީހުން އެ ތިބީ ވަރަށް ބޮޑަށް ބިރުން. ބުނީ ކަލޭއަކަށް 5 ވަނަ ދުވަހު އޮންނަ ދައުވަތަށް އެތަނަކަށް ނުދެވޭނެއޭ، ކަލޭ އެތަނަށް ގޮސްފިނަމަ ހައްޔަރު ކުރާނަމޭ، ދެން ބުނީ ކަލޭ ކައިރީގައި އެންމެ ފަހު ބަހޭ މި ބުނީ، ކަލޭމެން ތިއީ މިތާ ދިރިއުޅޭ މީހުންނޭ، ބުނީމާ އަޅުގަނޑު ބުނިން ކޮބާހޭ މައްސަލައަކީ، ކޮން ބައެއްހޭ ފޮނުވީ ކަލޭމެން، ބުނީމާ ބުނީ އަހަރުމެން މިތަނަށް ފޮނުވީ ކަލޭމެންގެ ބެލެނިވެރި ފަރާތްތަކުންނޭ. އޭގެ މާނައަކީ ހައިކޮމިޝަންތާ،
ލަންކާގައި ދިރިއުޅޭ ރައްޔިތެއް

މި ހާދިސާ ތަފްސީލުކޮށްދެމުން އެކަކު ބުނީ، ލަންކާ ފުލުހުން ބައެއް ގެތަކަށް ވަދެ މުޅި ގެ ރޭޑްކޮށް، މުދާތައް އުކާ ހަދާފައިވާ ކަމަށެވެ. އަދި ސިންގަޅަ ބަހުން ލިޔެފައިވާ ބަޔާންތަކެއްގައި ސޮއިކުރުވާފައިވާ ކަމަށާއި، އެ ބަޔާނުގައި އޮތީ ރައީސްގެ ރިސެޕްޝަނަށް ދައުވަތު ލިބިފައި އޮތް ނަމަވެސް އެތަނަށް ގޮސްގެން ނުވާނެ ކަމަށް ބުނާ ވާހަކަ ކަމަށެވެ. މިއީ އެމްބަސީން ހިންގާ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ރައީސާ ހަމައަށް ފޯރަފާނެތީ އެކަން ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި އާންމުން ތުހުމަތު ކުރެ އެވެ.

  އަޅުގަނޑުމެންނަށް ބަޔާން ދައްކާފައި ބުނީ މީގައި ސޮއިކުރާށޭ، ސިންހަޅައިން ލިޔެފައި އޮތީ، އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނޭނގޭއޭ ސިންހަޅައެއް، ދެން އެމީހުން ބުނީ ކަލޭމެންނަށް މީގެ ފޮޓޯވެސް ނެގޭނެއޭ، އަހަރުމެން ޓްރާންސްލޭޓުވެސް ކޮށްދޭނަމޭ، އަޅުގަނޑަކަށް އެކަމަކު ނެތް އިތުބާރެއްވެސް، އެއީ ކިތަންމެ ބަޔަކަށް އެބަހުރި ދެއްތޯ ލަނޑު ލިބިފައި، އެކަމަކު އަޅުގަނޑު އެވަގުތުގެ ޙާލަތަށް ބަލާފައި އަޅުގަނޑުގެ ކުދިންނަށްޓަކައި އެކުދިން ގަނެފައި ތިބި ބިރާއެކު، އެމީހުން އަވަހަށް ފޮނުވާލުމަށްޓަކައި އަޅުގަނޑު އޭގައި ސޮއިކުރީ
ލަންކާގައި ދިރިއުޅޭ ރައްޔިތެއް

ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ކުށުގެ ރެކޯޑެއް ނެތި ދިރިއުޅެމުންދާ ދިވެހިން ބުނާ ގޮތުގައި، ދިވެހި ސަރުކާރުން އެދިގެން ލަންކާ ފުލުހުން މިފަދަ އަމަލުތަކެއް ހިންގުމަކީ ވަރަށް ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ކަމެކެވެ. މިކަމުގެ ސަބަބުން ލަންކާ ފުލުހުން ދިވެހިންނާ ދޭތެރޭ ދެކޭ ނަޒަރިއްޔާތު ބަދަލުވެ، ދިވެހިންގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި އެމީހުންގެ ޅަ ދަރިން ނަފްސާނީވެ ބިރުގެންފައިވާކަމަށްވެސް ކިޔާދިނެވެ.

އޭނާ ކިޔާދިން ގޮތުގައި ކަންބޮޑުވާ ގިނަ ކަންކަން ހުރި ނަމަވެސް، ރައީސް ވަޑައިގަންނަވާ ތަނަށް ގޮސް ހަޅުތާލު ކުރާކަށް ވިސްނާފައެއް ނުވާނެއެވެ. ވީއިރު، ކުއްލި ގޮތަކަށް ފުލުހުން ފޮނުވައިގެން މިފަދަ ކަމެއް ކުރިއިރު، އެމީހުންނަކީ މާދަމާވެސް ވިސާ ހޯދުން ފަދަ އެކި ކަންކަމުގައި ލަންކާގެ އިދާރަތަކަށްވެސް ދާން ޖެހޭނެ މީހުންކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެމީހުންގެ ގައިގައި މިކަމުގެ ސަބަބުން ބޮޑު ލައްގަނޑެއް ޖެހިފައިވާކަން އޭނާ ފާހަގަ ކުރިއެވެ.

  އަޅުގަނޑުމެން ދެރަވާ ކަމަކީ އަޅުގަނޑުމެން ނޫޅެމޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީމާ އެތަނަށް ގޮސް ހަޅުތާލު ކުރާކަށް، އަނެއް ކަމަކީ އަޅުގަނޑުމެން މިތާ ރީއްޗަށް ދިރިއުޅެމުން ދަނިކޮށް އަޅުގަނޑުމެންގެ ދިރިއުޅުމުގައި މި ޖެއްސީ ބޮޑު ކަޅު ލައްގަނޑެއް ނޫންތޯ، އަޅުގަނޑުމެން ވޯންޓެޑް މީހުން ގޮތުގައެއް ނޫންތޯ މިހާރު ލަންކާގައި މި ތިބީ، މިއަށްވުރެ ބޮޑު ދެރައެއް، ހިތާމައެއް، ނިކަމެތިކަމެއް ދެވޭނެ ގޮތެއް އޮންނާނެތޯ ދިވެހި ރައްޔިތަކަށް. މިއީ ބޮޑުވަރު، އަޅުގަނޑުގެ ކުދިން އެ ތިބީ ނަފްސާނީވެފައި ބިރުން، ކުޑަމީހާ ރުއިން ހުއްޓާނުލާ ރޭ 12 ޖެހިއިރުވެސް، ޑެޑީ ގެންގޮސްދާނެތީ، އަޅުގަނޑުމެން ކޮން ތްރެޓެއްތޯ އޮންނާނީ ރައީސް މުއިއްޒަށް.
ލަންކާގައި ދިރިއުޅޭ ރައްޔިތެއް

މި މައްސަލައިގައި ލަންކާގައި ހުންނަ ދިވެހި ސަފީރާ ސުވާލު ކުރުމުން، އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އާންމުން ބުނަނީ ސޯސަންވިލާގެ އެތެރޭގެ ހިތްހަމަނުޖެހުންތަކުގެ މައުލޫމާތު އެމްބަސީން ނޫނީ ލަންކާ ފުލުހުންނަށް ނޭނގޭނެ ކަމަށެވެ. އެހެންކަމުން މިއީ ސީދާ އެމްބަސީގެ ތެރެއިން ރޭވުންތެރިކަމާއެކު ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށް އެ ފަރާތްތަކުން ތަކުރާރުކޮށް ބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރެއްވުމަށް ބާއްވަވާ ރިސެޕްޝަންގެ ދައުވަތު ފޮނުވާފައިވަނީވެސް ހައި ކޮމިޝަނަރ މަސްއޫދު އިމާދުގެ ނަމުގައެވެ.

 

ލަންކާސްރީލަންކާ-މެލޭޝިއާމުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

03 މެއި 2026
ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

03 މެއި 2026
ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން

ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން

02 މެއި 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން

ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު