Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޔާސީ މަޤާމު

ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ފާޑުވިދާޅުވެއްޖެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މުވައްޒަފުންގެ އަދަދު އެނގިވަޑައިނުގަތުމަކީ ޖޯކު ޖަހާނެ ކަމެއްކަން ފާހަގަކުރައްވައި، މިއީ ވެރިކަމަށް ކުފޫ ހަމަނުވާކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި. ސަރުކާރުން އެކި ބަހަނާތައް ދައްކައި މައުލޫމާތު ސިއްރުކުރަމުންދާއިރު، މިއަދާ ހަމައަށްވެސް ސިޔާސީ މުވައްޒަފުންގެ ސާފު އަދަދެއް ހާމަކޮށްފައެއް ނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 13:49
ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް | ރާއްޖެ އެމްވީ

ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަނު ކުރެވޭ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް އެނގިވަޑައިނުގަންނަވާ ނަމަ އެކަމާ މީހުން ޖޯކުވެސް ޖަހާނެކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އައްޔަނު ކުރާ ބައެއް ކަމަށާއި، އެ މުވައްޒަފުންގެ އަދަދުވެސް ރައީސަށް އެނގިވަޑައިގަންނަވަން ވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެންމެ ކުޑަމިނުން އެ އަދަދު ނޯޓު ކުރެވިފައި އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވައި ނިޝާން ވިދާޅުވީ، ޤާނޫނުން ލިބިދޭ ބާރެއްގެ ދަށުން ރައީސް އައްޔަނު ކުރައްވާ މަޤާމުތައް އެނގިވަޑައިނުގަންނަވާނަމަ އެކަމާ މީހުން ޖޯކުވެސް ޖަހާނެ ކަމަށެވެ.

އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއަށް އަދަދު ނޭނގޭކަމަށްވަންޏާ، ދެން އަޅުގަނޑުމެން ކީކޭތޯ ދަންނަވާނީ، މިހާރު ޤާނޫނުއަސާސީގެ 115 ގެ ދަށުން އައްޔަނު ކުރެވޭ އަދަދު ރައީސުލްޖުމްހޫރިއްޔާ އެއްޗެއްގައި ނުލިޔުއްވަންޏާ ނުވަތަ ރައީސަށް އެނގިވަޑައިނުގަންނަންޏާ އަޅުގަނޑަށް ފެންނަނީ ވަރަށް ގިނަ ބަޔަކު ޖޯކު ޖަހާނެ.
ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ނިޝާން ވިދާޅުވީ، ރައީސްގެ ތަރުޖަމާނަކީ ރައީސްގެ ވާހަކަތައް ސާފުކޮށްދޭން ހުންނަ ބޭފުޅެއް ކަމަށާއި، ތަރުޖަމާނަށްވެސް އެ އަދަދު ސާފުކޮށް ނޭނގޭނަމަ ދެން އޮންނާނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާރްޓީއައި ހުށަހެޅުން ކަމަށެވެ.

ނިޝާން ވިދާޅުވި ގޮތުގައި މިކަންކަމުން ސާފުވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ކުފޫ ހަމަނުވާ މިންވަރެވެ.

މީގެ އިތުރުން، ސިޔާސީ މުވައްޒަފުން އައްޔަނު ކުރުމަކީ މީގެ ކުރީ ވެރިކަންތަކުގައިވެސް ފެނިފައިވާ މަންޒަރެއްކަން ފާހަގަ ކުރައްވައި ނިޝާން ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެކަންކަން ހިނގަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ބުނެފައިވާއިރު، ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

 އެކި ފަހަރުމަތިން ސަރުކާރުގެ އެކި ބޭފުޅުންނާ ނޫސްވެރިން ސުވާލު ކުރަމުން ދިޔަނަމަވެސް، މިއަދާ ހަމައަށްވެސް އެ އަދަދު ހާމަކޮށްފައިނުވާއިރު، އެކި ފަހަރު ސަރުކާރުން ގެންދިޔައީ އެކި ބަހަނާތައް ދައްކަމުންނެވެ.

ނުވިތާކަށް، ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް މުޅިން ނިމުމުންކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ވިދާޅުވެފައެވެ.

 

ސިޔާސީސިޔާސީ ޑިރެކްޓަރުންމުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން

ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން

27 އެޕްރީލު 2026
ތިލަމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް މުއިއްޒު ދެއްވި ހިތްދަތި ޖަވާބު!

ތިލަމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް މުއިއްޒު ދެއްވި ހިތްދަތި ޖަވާބު!

20 އެޕްރީލު 2026
ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

20 އެޕްރީލު 2026
ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު