Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާގެ ކޮރަޕްޝަން

ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

ސަރުކާރުން ވަޒީފާގެ ކުރިއެރުން ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ޒުވާނަކަށް ބާރުއަޅުއްވާ އޯޑިއޯއެއް ވަނީ ލީކުވެފައި. މި އޯޑިއޯގައި ސަރުކާރަށް ފާޑުވިދާޅުވެ، މަޖިލިސް ގޮނޑި ގެއްލުވާލައިފިނަމަ އެމްޑީޕީގެ އެހީތެރިކަމާއެކު ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2026 | ހޯމަ 10:13
މެމްބަރު އަސްމާ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

މެމްބަރު އަސްމާ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު | ރާއްޖެއެމްވީ

ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.  

އަސްމާ އެހެން ވިދާޅުވެފައި ވަނީ އޭނާއާއި ޒުވާނަކާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އެގޮތުން އެ ވާހަކައިގެ ރެކޯޑިންގ އެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ އޯޑިއޯގައި އަސްމާ ވަނީ ސަރުކާރަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މަތީ މަޤާމެއްގެ ވަޒީފާއެއް ހަމަ ނު ޖެހެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ވެސް އެ ޒުވާނާއަށް ތަކުރާރުކޮށް ދަންނަވާފައިވެއެވެ.

ޕްރޮމޯޝަންއެއް ލިބޭތޯ އުޅޭ، ޕްރޮމޯޝަން ނުލިބެނީސް އެއް އިނގިލިވެސް ހިއްލާނުލާތި، މީނަ ޕްރޮމޯޝަން ނުދެނީސް އެއް ފަހަރުވެސް ނުކުމެގެން ނުވާނެ، އެސްޕީޑީއެއްވަރު މަޤާމެއް ނުދެނީސް ނުފަށާތި މަސައްކަތް، އެމީހުން ބުނާއިރަށްވެސް ބުނޭ ތިމަންނަގެ ސުޕަވައިޒަރުކަން ދޭށޭ
މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު

މީގެ އިތުރުން، މި ސަރުކާރަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނޯންނާނެ ކަމަށާއި، މަޖިލީހުގެ ގޮނޑިވެސް ގެއްލުވާނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލުވާލައިފިނަމަ ދެން އެ ގޮނޑި ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ ސަޕޯޓަރުންގެ ވެސް ތާއީދާ އެކު ކަމަށް ވިދާޅުވެއެވެ.

ހަމައެއާއެކު، 4 އޭޕްރީލްގެ އިންތިޚާބުތަކުގައި ކަންކަން ވާ ގޮތަކުން އޭނާގެ ގޮތް އެނގޭނެކަމަށް އޭނާ ވިދާޅުވެއެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ބާރުއަޅާ މޭރުމުން ވަނީ ވާހަކަ ދައްކަވާފައެވެ.

މި އޯޑިއޯގައި މެމްބަރު އަސްމާ ވަނީ އޭނާ މީގެ ކުރިން ވެސް ބައެއް މީހުންނަށް އެހީތެރިވުމަށް ވަޒީފާގެ ޕްރޮމޯޝަންތައް ހަމަޖައްސަވައި ދެއްވާފައި ވާނެކަމަށް ވިދާޅުވެފައެވެ.

އަސްމާއާއި ރައީސް ޑރ. މުއިއްޒާ ދެމެދު ނު ތަނަވަސް ކަން އުފެދިފައިވަނީ ރައީސް މުއިއްޒު އަންގައިގެން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އެގޮތުން އޭރު މެމްބަރު އަސްމާ ވަކިކޮށްފައި ވަނީ މާފަންނުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ކުރިން އެމަނިކުފާނާ ސުވާލުކުރަން ބޭނުންވާ މީހުން ނަންނޯޓްކުރުމުގެ މަސައްކަތް އަސްމާ ކުރެއްވި ހިސާބުންނެވެ.

އަސްމާ ރަޝީދުމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް

06 އެޕްރީލު 2026
ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް
06 އެޕްރީލު 2026

ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް

06 އެޕްރީލު 2026
ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް
29 މާރިޗު 2026

ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!

29 މާރިޗު 2026
ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!
23 މާރިޗު 2026

މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!

23 މާރިޗު 2026
މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!
15 މާރިޗު 2026

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!

15 މާރިޗު 2026
އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!
22 ފެބުރުއަރީ 2026

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

22 ފެބުރުއަރީ 2026
ސަރުކާރަށް ލަފާދޭ  3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
25 ޖެނުއަރީ 2026

ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

25 ޖެނުއަރީ 2026
ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"
28 ޑިސެމްބަރު 2025

ދައުލަތުގެ ސިފަ ހިފަހައްޓާނީ ވެރިމީހާ، ވެރިކަމުގެ އެންމެ މަތީ މީހާ ވެރިކަން ކުރާ ގޮތުން ގެއްލެނީ ކަންކަމުގެ ސީރިއަސްކަން: ކުރީގެ ނައިބު ރައީސް ފައިސަލް

28 ޑިސެމްބަރު 2025
ދައުލަތުގެ ސިފަ ހިފަހައްޓާނީ ވެރިމީހާ، ވެރިކަމުގެ އެންމެ މަތީ މީހާ ވެރިކަން ކުރާ ގޮތުން ގެއްލެނީ ކަންކަމުގެ ސީރިއަސްކަން: ކުރީގެ ނައިބު ރައީސް ފައިސަލް
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު