Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތިލަމާލެ މަޝްރޫއު

ތިލަމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް މުއިއްޒު ދެއްވި ހިތްދަތި ޖަވާބު!

ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްހަމަނުޖެހުން ފާޅުކުރެއްވި ނަމަވެސް، އެކަމުގައި ސަރުކާރުގެ ބާރެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފައި. މަޝްރޫޢު ނިންމާނެ ތާރީޚުތައް ކޮންޓްރެކްޓަރު ބަދަލުކުރަމުންދާއިރު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ފަރާތުން ފެންނަނީ ޒިންމާދާރުކުރުވުމުގެ ބަދަލުގައި މަސައްކަތް ހިނގާގޮތް ބަލަން ހުންނަވާ ބޭފުޅެއްގެ ސިފަތަކެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 08:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު | ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެމްޕޭނު ބިނާކުރެއްވި އެއް އަސާސަކީ، ކުރީގެ ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫޢު ކުރިއަށްގެންދިޔަ ގޮތަށް ފާޑުވިދާޅުވުމެވެ. އެމަނިކުފާނު އެ ދުވަހު ވިދާޅުވީ، ބެލްކަނީގައި ހުންނަވައިގެން، ބްރިޖުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ބަލާއިރު، އެއްވެސް ކުރިއެރުމެއް އަންނަތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. މިދިޔަ ސަރުކާރުގައި އެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައި ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެންދާއިރު، ބްރިޖްގެ މަސައްކަތް ފެންނަނީ ކުރިންވެސް އޮތް ގޮތަށެވެ. އެކަން ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުދު އެމަނިކުފާނުވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

އެހެންނަމަވެސް އެ މަޝްރޫއު ނިންމެވުމާމެދު ކުރިން ފެނުނު ސާބިތުކަމުގެ ބަދަލުގައި މިހާރު ފެންނަނީ ދޫދިނުމެވެ. ކުރިން ވަރަށް ސާފު ބަހުރުވައިން މަސައްކަތް ލަސްވުން ކުށްވެރިކުރެއްވި ރައީސް، މިއަދު އެއްބަސްވެވަޑައިގަންނަވަނީ މަޝްރޫޢު ކުރިއަށްދަނީ ލަސްކޮށް ކަމަށެވެ.

މަސައްކަތް ލަސްވާކަން ގަބޫލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނު މިއަދު ވާހަކަފުޅު ދައްކަވަނީ އެއީ އެމަނިކުފާނުގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫންކަމަށް ދޭހަވާ ފަދަ މޭރުމަކުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި، ކޮންޓްރެކްޓަރު ދަނީ އެއް ތާރީޚަށްފަހު އަނެއް ތާރީޚު ދެމުންނެވެ. އަދި ސަރުކާރުން މި ފެންނަނީ އެ ތާރީޚުތަކަށް އިންތިޒާރުކުރަމުންދާ މަންޒަރެވެ. އެއްވެސް އާރެއް ބާރެއް ނެތް، ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް ހާލުގައެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ރިޔާސީ ބަޔާނުގައިވެސް އެ ވާހަކަ ނުގެންނެވީ އެ މަސައްކަތް ކުރިއަށް ނުދާތީކަމަށް ރައީސް އިއުތިރާފުވެވަޑައިގެންނެވިއެވެ.

ހަމަ ޔަޤީނުންވެސް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ ދާ ސްޕީޑާ ދޭތެރޭގައެ، ހިތެއް ނުބުނޭ އެއްގޮތަކަށްވެސް އެ ޕްރޮޖެކްޓު ދާ ސްޕީޑު ކަމުދާ އެއްވެސް ރައްޔިތަކު ހުންނާނެއެކޭވެސް، ދެން އެހެނަސް އެ ޕްރޮޖެކްޓް އެބަ ހިނގާ، ދެން ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް އެބަ ކޮށްދެން، ދެން އަޅުގަނޑު މިދިޔަ އަހަރު ރިޔާސީ ބަޔާނުގައި ޑޭޓެއް ދިނިން، ދެން އެޑޭޓު ދިމަލެއް ނުވޭ، އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް އެޔަކު، ދެން މިފަހަރު ރިޔާސީ ބަޔާނުގައި ނުވެސް ގެންނަން އެބައި އެހެންވެ، ދެން ޕްރޮޖެކްޓް ނިމުނީމާ ވަރަށް އުފާކުރާނަން، ދެން ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކޮށްދެމެން މިދަނީ، ދެން މިހާރު ޑޭޓް އެބަ ދޭ 2027 އަށް، ކުރިން އޮތީ 2026.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެހެންކަމުން ރައީސް މި ދެއްކެވި ވާހަކަފުޅަށް ބަލާއިރު، ފެންނަން އޮތީ ފިނޑި، ފަސްޖެހޭ ސަރުކާރެއްގެ ސިފަތަކެވެ. ރައީސްގެ މި ވާހަކަފުޅުން ދޭހަވަނީ، އެމަނިކުފާނަކީ ކަންކަން ތަރުތީބުކޮށް ހިންގަވާ ބޭފުޅަކަށްވުރެ ބޮޑަށް، ކަންކަން ހިނގާގޮތް ބައްލަވަން ހުންނެވި ބާރެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ. ވީއިރު އުފެދޭ ސުވާލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ވާހަކަފުޅު ދައްކަވަނީ ކޮންޓްރެކްޓަރެއްގެ މައްޗަށް ބާރު ނުފޯރުވޭ ފަދަ ގޮތަކަށް ކަމަށްވާނަމަ، ޒިންމާދާރުކުރުވުމުގެ އަސާސް އޮތީ ކޮންތާކު ހެއްޔެވެ؟ މަސައްކަތުގެ ދުވެލި ކަނޑައަޅަނީ ކޮންޓްރެކްޓަރު ކަމަށްވާނަމަ، ސަރުކާރުގެ ބާރުވެރިކަން އޮތީ ކޮންތާކު ހެއްޔެވެ؟

މިއީ ގައުމެއްގެ އެންމެ މަތީ ވެރިޔާގެ ފަރާތުން ފެންނަންޖެހޭނެ އުސޫލެއް ނޫނެވެ.

ރައީސަކީ ގައުމީ ތަރައްގީގެ މަސައްކަތްތައް ބަލަން ހުންނަ ބޭރު މީހެއް ނޫނެވެ. އެމަނިކުފާނަކީ މޫސުން ލަފާކުރާ މީހަކު ފަދައިން، މަސައްކަތް ލަސްވާ ވާހަކަ ރިޕޯޓުކުރަން ހުންނަވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ ގައުމީ މަޝްރޫޢުތައް ކުރިއަށްދާކަން ކަށަވަރުކުރުމާއި، އެއްބަސްވުންތަކަށް އަމަލުކުރެވޭކަން ކަށަވަރުކުރުމާއި، އަދި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވުމުގެ ޒިންމާއާ ޙަވާލުވެ ހުންނެވި ފަރާތެވެ.

ކުރީ ސަރުކާރުގެ ނުކުޅެދުންތެރިކަން ދެއްކުމަށް ބޭނުންކުރި ހަމަ އެ މަޝްރޫޢު، މިއަދު މިވަނީ މިހާރުގެ ސަރުކާރުގެ އުނިކަން ފެންނަ ލޯގަނޑަކަށް ބަދަލުވެފައެވެ. އަދި ހަރުދަނާ ފިޔަވަޅުތަކެއްގެ ބަދަލުގައި، އާންމު ރައްޔިތުންނަށް އިވެނީ އުންމީދު ކަނޑާލާފައިވާ ފަދަ ވާހަކަތަކެކެވެ.

 

ތިލަމާލޭ ބްރިޖުމުއިއްޒުގެ ސަރުކާރުތިލަމާލެ ބްރިޖު ސައިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

20 އެޕްރީލު 2026
ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

06 އެޕްރީލު 2026
ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް

ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް

06 އެޕްރީލު 2026
ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް

ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް

06 އެޕްރީލު 2026
ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!

ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!

29 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު