Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ވެރިކަން

ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް

6 އެޕްރީލު 2026 | ހޯމަ 07:48

ރައީސް މުއިއްޒު ރައްޔިތުންގެ ޙާލަތަށް ބެއްލެވުމުގެ ބަދަލުގައި އަމިއްލަފުޅު ބާރުތައް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި. އަދި ރައްޔިތުންގެ ތަކުލީފުތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަން ނުދޭކަމުގެ ކަންބޮޑުވުން އާޒިމް ވަނީ ފާޅުކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2026 | ހޯމަ 07:48
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް.

މާލެސިޓީގެ މޭޔަރު އާދަމް އާޒިމް. | ރާއްޖެ އެމްވީ

ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމުގެ ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯއްދެއްވުމަށްކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވަރަށް ގިނަ ދިވެހި ރައްޔިތުންނާ ބައްދަލުވެފައިވާ ކަމަށާއި، ހުރިހާ ރައްޔިތުންވެސް ފާހަގަކުރާ އެއް ކަންބޮޑުވުމަކީ މިއަދު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ރައްޔިތުންގެ ޙާލަތު އެނގިވަޑައިނުގަންނަވާކަމުގެ ކަންބޮޑުވުން ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، ރައީސް އުޅުއްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ކަންކަން ފުއްދެވުމުގައި ކަމަށާއި، ރައްޔިތުންގެ ތަކުލީފުތަކާއި ދަތިތަކަށް ޙައްލު ހޯދުމަށް މި ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށެވެ. އެގޮތުން މިއަދުގެ ރައީސް އުޅުއްވަނީ ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ލިބިފައިވާ ވެރިކަމުގެ ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯއްދެއްވުމަށް އަވަދިނެތިކަން އާޒިމް ފާހަގަ ކުރެއްވި އެވެ.

މާ ބޮޑަށް އެ ލިބުނު ބާރެއް ދެމެހެއްޓުމަށްޓަކައި، އިއްޒަތާ ޤަދަރު ދެމެހެއްޓުމަށްޓަކައި އުޅޭކަހަލަ ގޮތަކަށް އުޅެމުން ދިޔަތަން ފެނިގެން މި ދިޔައީ، އަސްލު ވެރިކަމަށް ރައްޔިތުން މީހަކު ގެންނަނީ އެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭތޯ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުން ހިއްކާފައިވާ ތަންތަނުގައި ދިރިއުޅެވޭނެ ގޮތްތައް ހެދުމަށް މި ހިނގަމުންދާ ސަރުކާރުގައި ސަމާލުކަމެއް ދީފައިނުވާ ކަމަށާއި، އެކަން ކުރިނަމަ އެތައް ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އުޅެނީ ރަސްމާލެ ހިއްކުމުގެ ނަމުގައި ބޮޑެތި ޚަރަދުތަކެއް ކުރުމަށްކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އެމްޑީޕީއަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީން ވައުދުތައް ފުއްދާނެކަމުގެ ޔަޤީންކަން އާޒިމް ދެއްވި އެވެ.

އާދަމް އާޒިމްމުއިއްޒުގެ ސަރުކާރުކައުންސިލް ވޯޓުރަސްމާލެ

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

މި ސަރުކާރުގެ ސިޔާސަތަކީ ބޭކާރު ހަރަދުތައްކޮށް ހުރިހާ ފައިސާއެއް ތަޅާބުރުވާލުމަށްފަހު ޓެކްސް އިތުރުކުރުން: މޭޔަރު އާޒިމް

24 ސެޕްޓެމްބަރު 2026
މި ސަރުކާރުގެ ސިޔާސަތަކީ ބޭކާރު ހަރަދުތައްކޮށް ހުރިހާ ފައިސާއެއް ތަޅާބުރުވާލުމަށްފަހު ޓެކްސް އިތުރުކުރުން: މޭޔަރު އާޒިމް
21 ސެޕްޓެމްބަރު 2026

ރައްޔިތުންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މިސަރުކާރުން އެންމެ ފުރަތަމަ ދޮގު ހެދުމާއި ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލަން ޖެހޭ: މޭޔަރު އާޒިމް

21 ސެޕްޓެމްބަރު 2026
ރައްޔިތުންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މިސަރުކާރުން އެންމެ ފުރަތަމަ ދޮގު ހެދުމާއި ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލަން ޖެހޭ: މޭޔަރު އާޒިމް
20 ސެޕްޓެމްބަރު 2026

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް
17 ސެޕްޓެމްބަރު 2026

ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް

17 ސެޕްޓެމްބަރު 2026
ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް
11 ސެޕްޓެމްބަރު 2026

މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!

11 ސެޕްޓެމްބަރު 2026
މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި

10 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި
03 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް

03 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް