Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އިތުރުފުޅު ހެއްދެވުން

ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެއްޖެ. ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މުސްލިމުން ނޫން ކަމަށް ދޭހަވާ އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވާނެ ކަމަށާއި، އެމަނިކުފާނު އިޝާރާތް ކުރެއްވީ އިންތިޚާބުތަކުގައި ރައްޔިތުން ދީނީ އަދި ޤައުމީ ފިކުރަށް ދިން ތާއީދަށް ކަމަށް. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކުގައި އަހުލާޤީ މިންގަނޑުން ބޭރުވެ، ހަޑިހުތުރު ބަސް ބޭނުންކުރުމަކީ ދީނާ ޚިލާފު ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2026 | ހޯމަ 08:03
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

 

ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިމިދިޔަ އިންތިޚާބުތަކުގައި ވޯޓު ނުދިނީ އިސްލާމް ދީން އިސް ނުކުރާ މީހުންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކެވުމަށްފަހު، އެހެން ވާހަކަ ދައްކަވާފައި ނުވާނެކަމަށް ވިދާޅުވެ، ރައީސް ޑރ މުޙައްމަދު މުއިއްޒު އިތުރުފުޅު ހައްދައިފިއެވެ.

އއ. ރަސްދޫގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ހުރިހާ އިންތިޚާބަކުންވެސް ޕީއެންސީގެ ފިކުރަށް ތާއީދުކޮށް، ދީނީ ޤައުމީ ފިކުރަށް މެޖޯރިޓީ ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފިކުރަށް ތާއީދުކޮށް، ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީ އަށް މެޖޯރިޓީ ދެއްވާފައި
ރައީސް ޑރ މުޙައްމަދު މުއިއްޒު 

އެހެންކަމުން ރައީސްއަށް އެހެން ވިދާޅުވުމުގެ ޙައްޤު އޮތްތޯ ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވި ބަސްފުޅުގެ ނުބައި މާނައެއް ނެންގެވިގެން އުޅެނީ ކަމަށެވެ. އަދި ވިދާޅުވީ، ދިވެހި ރައްޔިތުންތަކެއް އެއީ މުސްލިމުން ނޫން ކަމަށް  ބަޔާންކުރާ އެއްވެސް ވާހަކަ އެއް އެމަނިކުފާނު ދައްކަވާފައި ނުވާނެ ކަމަށެވެ.

އައުޓް އޮފް ކޮންސްޓެކްޓް ނެންގެވީމަ ވަރަށް ގިނަ މާނަ ނެންގެވޭނެ އެނގޭތޯ. އައުޓްއޮފް ކޮންޓެކްސްޓް ނެންގެވިދާނެ ހަމަ ވަރަށް ނުބައި މާނަ. ތިކަހަލަ މާނަ ނެންގެވޭނެ. ކުރީރޭ ރަސްދޫގައި ދެއްކި ވާހަކައެއް ކަންނެންގެ ތި އިޝާރާތް ކުރެއްވީ. މުޅި މައުޟޫގައި އަޅުގަނޑު ދެއްކެވި ވާހަކަ އަށް ބައްލަވާއިރުގައި އަޅުގަނޑު ދެއްކީ ކޮން ވާހަކައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެއީ ދިވެހި ރައްޔިތުންތަކެއް އެއީ މުސްލިމުން ނޫން ކަމަށް އިސްލާމުން ނޫން ކަމަށް ބާޔަން ކުރާ އެއްވެސް ވާހަކަ އެއް ނުދައްކަން އަޅުގަނޑެއް އެނގޭތޯ.
ރައީސް ޑރ މުޙައްމަދު މުއިއްޒު 

އެހެންނަމަވެސް، ރައީސް އެ ރޭ ވަނީ ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުން ހުރީ ޤައުމާއި ދީން އިސް ކުރުމުގެ ވިސްނުމުގައިކަމަށް ވިދާޅުވެ، އެއީ ޕީއެންސީއަށް ވޯޓު ދިން ރައްޔިތުންކަން ފާހަގަ ކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައިވެސް ދީނީ މިންގަނޑުން ބޭރު އަހުލާޤީ މިންގަނޑުން ބޭރު އަމަލުތައް ހިންގާތަން ފެންނަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެކަމުގައިވެސް ނޫސްވެރިޔާއަށް މާނަ އޮޅިފައިވާ ކަމަށާއި، އެއްވެ އުޅުމާ ގުޅޭގޮތުން ޤާނޫނުއަސާސީން ކަނޑައަޅާދީފައިވާ ޙައްޤުތަކެއް އެބައޮތް ކަމަށެވެ. އަދި އެކަމުގައިވެސް ހުދޫދުތަކެއް ހިމެނޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީގެ މުޒާހަރާގައި ހަޑިހުތުރު ބަސް ބޭނުންކޮށް، ހަޑިހުތުރު އަމަލު ހިންގަމުންދާ ކަމަށެވެ. އަދި އެއީ ދީނާ ޚިލާފު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމުލަކޮށް ރައީސް މި ވަނީ ޕީއެންސީއަށް ނިމިދިޔަ އިންތިޚާބުތަކުގައި ވޯޓު ނުދިނީ އިސްލާމް ދީން އިސް ނުކުރާ މީހުންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކެވުމަށްފަހު، އެ ވާހަކަފުޅު ބަދަލު ކުރައްވާފައެވެ.

މުޒާހަރާއެމްޑީޕީމުއިއްޒުމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
19 އެޕްރީލު 2026

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

19 އެޕްރީލު 2026
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ
19 އެޕްރީލު 2026

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން
19 އެޕްރީލު 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
19 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

19 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު