Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންޑާރަ މިސްކިތް

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

ހެރިޓޭޖް މިނިސްޓަރު ހީނާ ވިދާޅުވީ، ބަންޑާރަ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާތީ، އެކަމުގައި އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާ ކުރާނެ ކަމަށް. ތާރީޚީ ގޮތުން މުހިންމު މި ބިނާ ތަޅާލުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުންދާއިރު، އާސާރީ ތަންތަނަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައި. ނަމަވެސް ސީދާ ސުވާލަށް ޖަވާބު ދެއްވާފައިނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 08:44
ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން.

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން. | ޔުމްނާ މައުމޫން

ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި، މި މިސްކިތާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާ ކުރާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ނިންމުމާއި ގުޅިގެން އާއްމުންގެ ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވިކަން ފާހަގަކޮށްފަ އެވެ. އަދި ބަންޑާރަ މިސްކިތް ހުރި ތަނުގައި އައު މިސްކިތެއް އަޅަން ނިންމީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓުގައި އެ މިސްކިތް ހިމެނިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކޮށް ނޫސްވެރިޔާ ވަނީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓުގައި ބަންޑާރަ މިސްކިތް ހިމެނިފައިނުވޭތޯ ސުވާލު ކޮށްފަ އެވެ. އަދި ނުވާ ކަމުގައިވާ ނަމަ އެ ލިސްޓުގައި އެމިސްކިތް ހިމެނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެންތޯ ސުވާލު ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

މި ސުވާލުތަކަށް މިނިސްޓަރު ހީނާ ސީދާ ޖަވާބެއް ދެއްވާފައިނުވެ އެވެ. 

މިނިސްޓަރު ހީނާ ވިދާޅުވީ، މިމައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާ ކުރާނެ ކަމަށާއި، ތަރިކައާއި ސަގާފަތާއި ނުވަތަ މިފަދަ މުހިންމު ތަންތަނަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. 

ދިވެހިރާއްޖޭގެ ތަރަކައާއި ސަގާފަތާއި ނުވަތަ މިފަދަ މުހިންމު ތަންތަނަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ސަރުކާރަކުން ކުރިއަށް ނުގެންދަވާނެ އެނގޭތޯ. އެހެންނަމަވެސް ތިމައްސަލާގައި އަޅުގަނޑުމެން އިތުރަށް އިސްލާމިކް މިނިސްޓްރީއާއެކު ވާހަކަ ދައްކާ އެއަށް ހޯދަން ޖެހޭ މުހިންމު ހައްލުތައް އިރާދަކުރެއްވިއްޔާ ހޯދާނަން އެނގޭތޯ. 
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުންނަ ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ހާމަ ކުރެއްވީ 6 މާރޗް 2026 ގަ އެވެ. 

އެކްސްގައި މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ތަނުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ރޯދަމަހުގެ ފަހުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށެވެ. 

ނަމަވެސް މިކަމަށް ގިނަ ބަޔަކު ދެކޮޅު ހަދައި، މިސްކިތް ހިމާޔަތް ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވިދާޅުވީ، މިއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެތަނަކީ ރާއްޖޭގެ ޚާއްސަ ތާރީޚީ ކަމަކާ ގުޅުން ހުރި އަދި މިހާރު 98 އަހަރުވެފައިވާ ތަނެއް ކަމަށެވެ.

މީގެ އިތުރުން މި މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. 

ބަންޑާރަ މިސްކިތްހީނާ ވަލީދު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

26 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު