Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

26 އެޕްރީލު 2026 | އާދީއްތަ 08:21

ސައުދީ ސަރުކާރުން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށާފައިވާއިރު، މާލެ ސަރަހައްދުގައި ކަދުރު ދޫކުރާނީ މެއި 14 ގެ ނިޔަލަށް އިސްލާމީ މަރުކަޒުން. އަތޮޅުތަކުގެ ރަށްރަށަށް ކައުންސިލްތައް މެދުވެރިކޮށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން.

އަމްނާ އިމާދު
އަމްނާ އިމާދު | 26 އެޕްރީލު 2026 | އާދީއްތަ 08:21
ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށާފައިވާއިރު، މާލެ ސަރަހައްދުން ކަދުރު ދޫކުރަނީ އިސްލާމީ މަރުކަޒު ހޯލުން.

ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށާފައިވާއިރު، މާލެ ސަރަހައްދުން ކަދުރު ދޫކުރަނީ އިސްލާމީ މަރުކަޒު ހޯލުން. | އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ. 

އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައި ކަަމަށެވެ. އަދި މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30ން 13:00 އަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ކަމަށާއި، ސިޓީތަކާއި ރަށްރަށަކަށް އަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން ކަމަށެވެ. 

ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ ވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބެ އެވެ. ނަމަވެސް މިއަހަރު ކަދުރު ލިބިފައިނުވާތީ އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު އަދި ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެ އެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ކަދުރު ގޭބިސީތަކަށް ދޫކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީކަދުރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

16 އެޕްރީލު 2026
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
01 އެޕްރީލު 2026

އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި

01 އެޕްރީލު 2026
އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި
30 މާރިޗު 2026

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!
26 މާރިޗު 2026

ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް

26 މާރިޗު 2026
ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
18 މާރިޗު 2026

ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި

18 މާރިޗު 2026
ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި
18 މާރިޗު 2026

ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި

18 މާރިޗު 2026
ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި
18 މާރިޗު 2026

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!
11 މާރިޗު 2026

އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

11 މާރިޗު 2026
އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް
08 މާރިޗު 2026

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

08 މާރިޗު 2026
މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް