Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

16 އެޕްރީލު 2026 | ބުރާސްފަތި 09:33

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ރަސްމީކޮށް މިއަދު ވަނީ ހަވާލުކޮށްފައެވެ. މި ކަދުރުތައް މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ އާންމު ރައްޔިތުންނަށް ބެހުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން ލިބުނު ކަދުރު އާންމުންނަށް ނުބަހާ މުއައްސަސާތަކަށް ބެހި މައްސަލައިގައި އާންމުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ލިބުނު އެހީއެކެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 16 އެޕްރީލު 2026 | ބުރާސްފަތި 09:33
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރި ރަސްމިއްޔާތުގެ ތެރެއިން.

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރި ރަސްމިއްޔާތުގެ ތެރެއިން. | އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ. 

މި ކަދުރު ރަސްމީކޮށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ހަވާލުކުރުމަށް ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެވެ. އަދި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ސައުދީ އިން 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވާއިރު، ރަމާޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން ވުޒާރާއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ މުއައްސަސާތަކަށް ބަހާލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. 

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބެ އެވެ. ނަމަވެސް މިއަހަރު ކަދުރު ލިބިފައިނުވާތީ އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކޮށްފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އޭރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ރާއްޖެއަށް  50 ޓަނުގެ ކަދުރު ލިބޭނެ ކަމަށާއި، އެ ކަދުރު އާއްމު ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ކަދުރު ދޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. 

މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު އަދި ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ކަދުރު ގޭބިސީތަކަށް ދޫކޮށްފައިވެ އެވެ.

ޔަޙްޔާ ޙަސަން އަލްޤަޙްޠާނީޑރ މުޙައްމަދު ޝަހީމް އަލީ ސައީދުސައުދީ-ރާއްޖެކަދުރުއިސްލާމިކް މިނިސްޓްރީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި

01 އެޕްރީލު 2026
އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި
30 މާރިޗު 2026

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!
26 މާރިޗު 2026

ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް

26 މާރިޗު 2026
ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް
22 މާރިޗު 2026

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
18 މާރިޗު 2026

ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި

18 މާރިޗު 2026
ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި
18 މާރިޗު 2026

ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި

18 މާރިޗު 2026
ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި
18 މާރިޗު 2026

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!
11 މާރިޗު 2026

އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

11 މާރިޗު 2026
އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް
08 މާރިޗު 2026

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

08 މާރިޗު 2026
މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް