Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޟްހާ އީދު

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށްޓަކައި، ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. މިނިސްޓަރު ހީނާ ވިދާޅުވި ގޮތުގައި، ލިބޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު އީދު ފާހަގަކުރާނެ ރަށްތައް ކަނޑައަޅާނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން. ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކާއެކު ހަރަދު ކުޑަކުރުމުގެ މުހިންމުކަން ބޮޑުވެފައިވީ ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މި އަހަރުވެސް ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 08:41
ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ކޯޑި ކުޅިވަރުގެ ތެރެއިން.

ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ކޯޑި ކުޅިވަރުގެ ތެރެއިން. | އަހުނަފްއެމްވީ

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް ފާހަގަކުރާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް މިނިސްޓަރު ހީނާ ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް އީދު ފާހަގަކުރާނެ ކަމަށާއި، ހުރިހާ ކައުންސިލްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިނިސްޓްރީއަށް ލިބޭ ޕްރޮޕޯސަލްތައް ބެލުމަށް ފަހު އީދު ފާހަގަކުރާ ތިން ރަށް ކަނޑައަޅާނެ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވި އެވެ.

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި އެހެން އަހަރުތަކެކޭ ވެސް އެފަދައިން ތިން ރަށެއްގައި ފާހަގަކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ނިންމާފައި. އަދި މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެކަމާ ގުޅޭގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް އަޅުގަނޑުމެން ލިޔުން ފޮނުވާފައި. އަޅުގަނޑު ހަނދާންވާ ގޮތުން މިއަދު މިއީ އެންމެ ފަހު ދުވަސް ކަމަށް ލަފާ ކުރެވެނީ އިނގޭތޯ. އެހެންވީމަ އެ ޕްރޮޕޯސަލްތައް އަޅުގަނޑުމެން އިވެލުއޭޓްކޮށް އޭގައި ހުރި ޕްރޮޕޯސަލްތަކާއި، ކަންތައްތައް ބެއްލެވުމަށްފަހުގައި އަޅުގަނޑުމެންގެ ޓީމުން ނިންމާނެ އެ ހޮވޭ ފަރާތްތަކަށް އެ ތިން ރަށުގައި އަޟްހާ އީދުގެ ކަންކަން ފާހަގަކުރާ ގޮތަށް މިވަނީ ކަނޑައެޅިފައި. 
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

މީގެ އިތުރުން މިނިސްޓަރު ހީނާ ވިދާޅުވީ، އީދު ފާހަގަކުރުމުގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނީ ވަކި މިންގަނޑެއްގެ ތެރެއިން ކަމަށާއި، އުސޫލުގެ ދަށުން ކަމަށެވެ. އަދި އެގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޟްހާ އީދުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވި އެވެ. 

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް ފާހަގަކުރަން ސަރުކާރު ނިންމާފައިވާއިރު، އެމެރިކާ އާއި، އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު، އުފެދިފައިވާ ހަނގުރާމައާ ގުޅިގެން އިގްތިސާދަށް ދަނީ ވަރަށް ބޮޑަށް ނެދެވޭ އަސަރު ކުރަމުންނެވެ. ތެލާއި، ގޭސް ލިބުން ދަތިވެ، ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. އަދި މެދުއިރުމަތީގެ މިހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ބޭރު ދުނިޔޭގެ އެހެން ގައުމުތަކުން ހަރަދު ކުޑަ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ހަރުދަނާ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ހީނާ ވަލީދު މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއަޟްހާ އީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

22 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު