Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހީނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް

ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

22 އެޕްރީލު 2026 | ބުދަ 10:17

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމަށް ކުރެވޭ ތުހުމަތުތަކުގައި ހީނާ ވަލީދުގެ ކޮރަޕްޝަނެއް ނެތްކަމަށް އޭސީސީން ނިންމާފައިވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. ނަމަވެސް، އޭސީސީން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް. މި މައްސަލައަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީޑިއާ ހައުސްއެއް އުފެއްދިކަމަށް ބުނެ ހުށަހަޅާފައިވާ ސީރިއަސް މައްސަލައެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2026 | ބުދަ 10:17
ރައީސް ޑރ މުޙައްމަދު މުއިއްޒު.

ރައީސް ޑރ މުޙައްމަދު މުއިއްޒު. | ރައީސް އޮފީސް

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އޭރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ މުޙައްމަދު މުއިއްޒު ބޮޑު ދޮގެއް ހައްދަވައިފި އެވެ.

ރައީސް އެހެން ވިދާޅުވީ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން ނޫސްވެރިއަކު ވަނީ ހީނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭއިރު ސަރުކާރުގެ ވުޒާރާއެއްގެ ވަޒީރުކަން ދެއްވާފައިވާތީ ހީނާގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

Advertisement - newsAdvertisement

ނޫސްވެރިޔާ ކުރި ސުވާލުގައި ވަނީ ހީނާ އެންސްޕާގައި ހުންނެވިއިރުވެސް ތުހުމަތުތަކެއް އަމާޒުވިކަން ފާހަގަކޮށް، އޮފީސް ހިންގުމަށް ބޮޑުއަގުގައި އެމްއެމްޓީވީއަށް ކުއްޔަށް ދިން ތުހުމަތު އޭގެ ތެރޭގައި ހިމެނޭކަން ބަޔާންކޮށްފަ އެވެ. އަދި ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި ވެސް ހީނާގެ މައްޗަށް އިހުމާލުގެ ތުހުމަތުތަކެއް އަމާޒުވިކަން ނޫސްވެރިޔާ ފާހަގަކުރި އެވެ. 

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު، ހީނާގެ މައްސަލައެއް ނެތްކަމަށް ކަމާ ގުޅުންހުރި އިދާރާއިން ބުނެފައިވާ ކަމަށެވެ.

ހަމަ ހުސް ދޮގު ހަދައިގެންވެސް ތުހުމަތެއް ކުރެވޭނެ، ދެންމެ ހީނާއާ ބެހޭގޮތުން ތި ވިދާޅުވި ވާހަކަތައް، އެކަމާ ގުޅޭ ފަރާތްތަކުން ބައްލަވާފައި ވިދާޅުވެއްޖެ ހަމަ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން އެއީ.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް އެ ވިދާޅުވި ބަސްފުޅާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރުމަށް ރާއްޖެއެމްވީން ސަރުކާރުގެ ތަރުޖަމާނާވެސް ސުވާލުކޮށްފައިވާނެ އެވެ. އެގޮތުން ހީނާއާ އެމްއެމްޓީވީއާ ގުޅުވައި ކުރެވޭ ތުހުމަތުގައި ރައީސް އެ ވިދާޅުވީ ކޮން އިދާރާއަކުން މައްސަލަ ނިންމި ވާހަކަތޯ ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވީ، އެއީ އޭސީސީގެ ވާހަކަ ކަމަށެވެ.

އެހެންނަމަވެސް އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމިކަމެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އެ މައްސަލައިގެ އަދާހަމަ ހޯދުމަށް ރާއްޖެއެމްވީން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށެވެ. 

އޭސީސީއަށް ހުށަހެޅިފައިވާ މި މައްސަލައިގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފައިސާ އިން މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓު ލިމިޓެޑް ގެ ދަށުން އެމްއެމްޓީވީ ނަމަކަށް ކިޔާ ޓީވީ ސުޓޭޝަނެއް އުފެއްދިކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.

ހީނާއާ ގުޅުވައި ރައީސްއާ ސުވާލު އަމާޒުވީ އެމްއެމްޓީވީގެ މައްސަލައާ ކުޑަ ކުއްޖަކު ނިޔާވި މައްސަލައާ ގުޅުވައެވެ، ވީއިރު އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިމިފައިނުވާއިރު، އެއީ ކަނޑައެޅިގެން ދޮގުތަކެއްކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށް ވިދާޅުވެ ރައީސް ހެއްދެވީ އިތުރުފުޅެއްކަން މިވަނީ ހާމަވެފަ އެވެ. 

ހީނާ ވަލީދު އެމްއެމް ޓީވީއޭސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް
17 އެޕްރީލު 2026

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު
15 އެޕްރީލު 2026

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު

15 އެޕްރީލު 2026
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު
15 އެޕްރީލު 2026

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު
13 އެޕްރީލު 2026

ރައީސް މުއިއްޒުގެ އެމްއެމްޓީވީ އަށް އެމްއޭސީއެލް އިން މަހެއްގެ މައްޗަށް 9 ލައްކަ ރުފިޔާ، މިދިޔަ އަހަރު އެކަނި 10.8 މިލިއަން ރުފިޔާ ދީފައިވޭ

13 އެޕްރީލު 2026
ރައީސް މުއިއްޒުގެ އެމްއެމްޓީވީ އަށް އެމްއޭސީއެލް އިން މަހެއްގެ މައްޗަށް 9 ލައްކަ ރުފިޔާ، މިދިޔަ އަހަރު އެކަނި 10.8 މިލިއަން ރުފިޔާ ދީފައިވޭ
12 އެޕްރީލު 2026

އޭސީސީން ޒިންމާ އަދާނުކުރާތީ، ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ

12 އެޕްރީލު 2026
އޭސީސީން ޒިންމާ އަދާނުކުރާތީ، ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
06 އެޕްރީލު 2026

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

06 އެޕްރީލު 2026
އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ
04 އެޕްރީލު 2026

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް
03 އެޕްރީލު 2026

މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދި، އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ދައުރު ކުރަމުން: ނިޔާޒް

03 އެޕްރީލު 2026
މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދި، އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ދައުރު ކުރަމުން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް