Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްޕޯކްސްޕާސަން

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިނިސްޓަރުކަމަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފި. މުންދު މި މަގާމަށް އައްޔަންކުރެއްވިއިރު، އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި. މީގެ ކުރިންވެސް ސަރުކާރުގެ މަތީ މަގާމުތަކާއި ތަރުޖަމާނުކަން ކުރައްވާފައިވާ މުންދު ސަފީރުކަމުން ވަކިކުރީ އޭނާގެ އާއިލީ ބޭފުޅެއްގެ އޯޑިއޯއެއް ލީކުވި މައްސަލައެއްގައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 17:31
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ޢައްޔަންކުރައްވައިފި އެވެ.

މުންދު އެ މަގާމަށް އައްޔަން ކުރެއްވީ، ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް އަންގާރަ ދުވަހު އައްޔަން ކުރެއްވުމާއި ގުޅިގެން އެ މަގާމް ހުސްވެފައިވާތީ އެވެ. މުންދު ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޔޫއޭއީގައި ރާއްޖެ ތަމްސީލްކުރައްވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ. 

Advertisement - newsAdvertisement

މުންދު އެ މަގާމުން ވަކިކުރީ 6 އެޕްރީލްގައި، މުންދުގެ މަންމަ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ސަރުކާރާ ދެކޮޅަށް ދެއްވި ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް ލީކުވުމާއި ގުޅިގެންނެވެ. އަދި އޭނާއެކު ޖެނީވާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކިކުރި އެވެ. ސަލްމާ އަކީ މެންބަރު އަސްމާގެ ކޮށްކޮ އެކެވެ. ފަހުން ސަލްމާގެ މަގާމު ވަނީ އިއާދަކޮށްފަ އެވެ. 

މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ. މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ހުސައިން ޝަރީފު (މުންދު)ހީނާ ވަލީދު އަސްމާ ރަޝީދުޑރ. ސަލްމާ ރަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

15 އެޕްރީލު 2026
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު