Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

މުއިއްޒަށް ރައްޔިތުން ނޫނެކޭ ބުނުމުން ބަލި ގަބޫލު ކުރައްވާ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވި. އެއާއެކު ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީން ވަކިކުރަން މިވަނީ ފަށާފައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 އެޕްރީލު 2026 | އަންގާރަ 06:42
ޕީއެންސީ އިން ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ޕީއެންސީ އިން ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ. | ސަން

ދައުރުގެ މެދުތެރެއިން ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފި އެވެ. ރައީސް މުއިއްޒަށް އިތުބާރު ނުކުރާ ކަމަށް ހާމަކޮށްދީފި އެވެ. ރައީސް މުއިއްޒާއި މުޅި ސަރުކާރު ވަތައް ފައިބައިގެން ބެހި ވަޒީފާތަކާއި ނުގޮތަކަށް ދެމުންދިޔަ ފައިސާގެ ހަދިޔާތަކާއި ފޯރުވަމުންދިޔަ ވަޒީފާގެ ބިރުގެ އިތުރުން ފަހުވަގުތު ފެށި މަޝްރޫއުތަކާއެކުވެސް ބޮޑުތަނުން ބަލިވެއްޖެ އެވެ. ފެންނަ ނުފެންނަ ވޯޓުގައި، ރައީސްކަމަށް އަންނަން މުިއްޒަށް ތާއީދުކުރި މީހުންނަށްވުރެ ގިނަ މީހުން ނޫނެކޭ ބުނެފި އެވެ.

މި ބޮޑު ބައްޔާއެކު އެބަލި ގަބޫލު ކުރާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އިސްލާހް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ބަދަލުތަކެއް ގެންނަވާން މިވަނީ ފަށްޓަވާފަ އެވެ. ސަރުކާރުގެ ބޮޑުންތަކެއް ވަކިކުރައްވަން ފެށްޓެވީ އެވެ. އެކަމަކު އެބަދަލު ގެންނަވަން ފެށްޓެވުމުގެ ގޮތުން މިހާތަނަށް ކުރެއްވި ކަންމުން އަދި މިގެންނަނީ އިސްލާހީ ބަދަލެއް ކަމާމެދު ސުވާލު އުފެދެ އެވެ.

އެވިދާޅުވާ އިސްލާހީ ފިޔަވަޅު ފެށްޓެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ 3 ބޭފުޅަކު ސަރުކާރުގެ މަތީ މަގާމުތަކުން ވަކިކޮށްގެންނެވެ. އަސްމާގެ ދެދަރިކަލުން ކަމުގައިވާ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް އަދި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އެމަގާމްތަކުން ވަކިކުރައްވާފަ އެވެ. މިއީ 2028 ގައި މުއިއްޒު ނުހޮވޭނެ ކަމަށާއި ވަޒީފާގެ ކުރިއެރުން ނުދެނީސް ޕީއެންސީގެ ކެމްޕެއިން މަސައްކަތުގައި ނޫޅުމަށް ޕީއެންސީގެ ޒުވާނެއްގެ ގާތުގައި ބުނަމުންދިޔަ ފޯލްކޯލެއް ލީކުވުމުން އެޅި ފިޔަވަޅެކެވެ.

ދެން ވަކިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ރިޓަޔަރޑް މުޙައްމަދު ނަޖާޙް އެވެ. ނަޖާހު ވަކިކުރެއްވިއިރު އެތަނަކީ އިންތިޚާބާ ދިމާކޮށް އެންމެގިނަ މުވައްޒަފުންނެގި އެއްތަނެވެ. އެގޮތުން ކުރިން ފެނަކައިގެ މުސާރައަށް މަހަކު 24 މިލިއަން ރަދަކުރަމުން އައި ކުންފުނިން މަހު މުސާރައަށް 100 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކުރާން ފަށާފަ އެވެ. މީގެ އިތުރުން ފެނަކައަކީ ވަޒީފާގެ ބިރާއި ނުފޫޒު ފޯރުވިކަމަށް ގިނަބަޔަކު ބުނި އެއް ކުންފުންޏެވެ.

ދެންވެސް އަންގަވައިގެން އިސްތިއުފާ ދެއްވީ އެފަދަ ކުންފުންޏެއްގެ އެމްޑީ އެވެ. ހަމަ އެބީދައިން ފަހުވަގުތު ވަޒީފާތަކަށް މީހުންނެގި އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝަވާން އެވެ.

އެއާއެކުއެކީހެން އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ އެމްޑީކަމުން ހުސައިން ދީދީވެސް ވަކިކުރެއްވީ އެވެ. މިއީވެސް އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާތައް ބެހި ކުންފުންޏެކެވެ.

ދެން އެވަކިކުރެއްވީ އެޗްޑީސީގެ ޑީއެމްޑީ މުހައްމަދު އަސްބާހު އަލީ ނަސީރުއެވެ. މިފަހަރު ކުންފުނީގެ އެމްޑީއާ ނުކުޅެ ޑީއެމްޑީއާ ކުޅުއްވިއިރު އެޗްޑީސީއަކީ އެންމެ ގިނަ ވަޒީފާތައް ފަހުވަގުތު ބަހާލި އަނެއް ކުންފުންޏެވެ. 27 މިލިއަނެއްހާ ރުފިޔާ މުސާރައަށް ހަރަދު ކުރަމުން އައި އެޗްޑީސީން 47 މިލިއަނެއްހާ ރުފިޔާ ވަނީ މުސާރައަށް ހަރަދުކުރަން ފަށާފައެވެ. ވޯޓަށް ކުޑަތަންވެގެން އައިއިރު ބޮޑު އަގުގައި އުސޫލުން ބޭރުން ހުޅުމާލޭން ސްލޮޓްތައް ވިއްކުމާއި އިދިކޮޅު ކެންޑިޑޭޓުންގެ ކެމްޕޭން ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތު ކުރެވުނެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ އިބްރާހީމް ޝާހިދުވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިއީވިސް ފަހުވަގުތު ވަޒީފާތައް ބެހި އެއް ކުންފުންޏެވެ.

އަސްމާ ރަޝީދުގެ އާއިލާ ފިޔަވާ ދެން ވެރިންތައް ވަކިކުރި ކުންފުނިތަކަކީ އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ގިނަ ޖަރީމާތައް ހިންގި ކުންފުނިތަކެވެ. ވަޒީފާ ދިނުމާއި ވަޒީފާގެ ބިރު ދައްކައިގެންނެވެ. އެކަން ކަމަކީ މުއިއްޒު އަންގައިގެން ނޫން ގޮތަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަމަކު އިސްލާހީ ބަދަލުތަކުގެ ގޮތުގައި އެވެރިން ކަނޑާލުމުން ގިނަބައެއްގެ މެދުގައި ވަނީ ސުވާލު އުފެދެ އެވެ.

އެސުވާލު އެންމެ ބޮޑަށް އުފެދެނީ ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ކުންފުނިތަކުގެ ވެރިންނަށާއި ވަޒީރުން ތިބިގޮތައް ތިއްބާ އެހެންބަޔަކު ވަކިކުރުމެންނެވެ.

އެގޮތުން އެންމެބޮޑު ފާޑުކިއުމެއް އަމާޒުވި އެއްބޭފުޅަކީ އާސަންދައާއި ބޭސްފަރުވާގެ ކަންކަން ބޮއްސުންލާފައި އޮތުމުން އެންސްޕާގެ އެމްޑީ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދެވެ. އެންސްޕާގެ ލާރިން މުއިއްޒަށް ޓީވީ ޗެނަލްއެއް ހަދައިދިންކަމުގެ ތުހުމަތު ކުރެވޭ ހީނާ ހުންނެވީ އަދިވެސް ހުރިގޮތަށެވެ.

ފަހުވަގުތު ގޭސް ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވާއިރު ގޭސް ޝިޕްމަންޓަކަށްވާ ފައިސާއަށް ވީނުވީއެއް ނޭނގޭތީ ރައްޔިތުން އެންމެ ބޮޑަށް ފާޑުކީ އަނެއް ބޭފުޅަކީ މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު (ބޯފަން އަބްދުﷲ) އެވެ. އަދިވެސް އޭނާ ހުރީ ހުރިގޮތަށެވެ.

ބޭސް ނުލިބުމާއި ތެލާއި ތަކެތީގެ އަގު ބޮޑުވީތީ އެސްޓީއޯގެ އެމްޑީ މުހައްމަދު ޝިމާދުގެ މަގާމަކަށް ބަދަލެއް ނާދެ އެވެ.

ކެނޑިހާ ފޮންޏާއި ފަށަންބުނި ބިޔަ ޕްރޮޖެކްޓަތަކަށް ވީނުވީއެއް ނޭނގުމުންނާއި ހެޔޮކުރާނެކަމަށްބުނި ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އެރީމާ އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި އިކޮނޮމިކް މިނިސްޓަރ ސައީދު ހުންނެވީ އަދިވެސް ވަޒީރު ކަމުގަ އެވެ.

ވަކިގޮތަކަށް ޚަބަރުތައް ފަތުރާ ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމުގެ ސަބަބުން ފަހުވަގުތު އިންތިހާއަށް ފާޑުކިއުން އަމާޒުވި ދައުލަތުގެ ޓީވީ ޕީއެސްއެމްގެ އެމްޑީ އަހުމަދު ޝަކީބަކަށްވެސް އަދިވެސް ބަދަލެއް ނުގެނެ އެވެ

ކޮންމެއކަސް އިސްލާހީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ސަރުކާރުން ބޭރު ކުރަމުން މިދަނީ ރައީސް މުއިއްޒު ވިދާޅުވެގެން އިންތިޚާބު ކާމިޔާބު ކޮށްދިނުމުގެ މަސައްކަތުގެ ގޮތުގައި ކަންކަން ކުރި ކުންފުނިތަކުގެ އެމްޑީންނެވެ. އެކަމަކު ރައްޔިތުން އެބަޔަކާމެދު އެންމެބޮޑު ކަންބޮޑުވުމެއް ފާޅުކޮށް އެބައެއްގެ އިސްތިއުފާއަށް ގޮވި ފަރާތްތަކުގެ ގައިގާ އަތްލާކަށް އަދި ކެރިވަޑައިގެންތަނެއް ނުފެނެވެ. އެހެންކަމުން ގެންނަނީ އިޚްލާސްތެރި ބަދަލެއްތޯ ނުވަތަ އެންގެވި ވަރަށް ވޯޓު ނުހޯދުނީމާ ހަސަދަ ފިލުވާލަނީތޯ މިވަނީ ސުވާލު އުފެދިފަ އެވެ. ނޫންނަމަ އެކަމަށް ހޭދަކުރަންދިން ފައިސާގެ މައްސަލައެއް ޖެހުނީތޯ މިއީވެސް އުފެދޭ ސުވާލެކެވެ. ބޮޑުނތައް ވަކިކުރަމުންދާއިރު ރައްޔިތުން އެންމެ ބޮޑަށް އިސްތިއުފާއަށް ގޮވި ހީނާ ވަލީދުމެން ފަދަ ބޭބޭފުޅުން ކޮބާ ހެއްޔެވެ. ގޮތް ނިންމާނީ ސަރުކާރާއި ރައްޔިތުންނެވެ.

ޑރ. މުއިއްޒުއަސްމާ ރަޝީދުފެނަކަ ކޯޕަރޭޝަންއެޗްޑީސީހީނާ ވަލީދު ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

06 އެޕްރީލު 2026
ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

ސަރުކާރުން މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މެމްބަރު އަސްމާ ވިދާޅުވާ އޯޑިއޯއެއް!

06 އެޕްރީލު 2026
އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު