Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހީނާ ވަލީދު

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

އިދިކޮޅު ޕާޓީތަކުގައި ހަރުދަނާ ނިޒާމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވުމާ ގުޅިގެން، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. މި ފަހުން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއަށް އިޝާރާތްކޮށް، ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ނުރުހުން އޮތްކަން ހަމަވާ ކަމަށް ގިނަ ބަޔަކު ބުނޭ. މީގެ އިތުރުން، އެންސްޕާގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާއި ބައެއް އިހުމާލުތަކާ ގުޅިގެން ހީނާގެ އިސްތިއުފާއަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 07:39
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަ ދައްކަވަނީ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިޔުއެއްގައި ހީނާ ވިދާޅުވީ އިދިކޮޅުގައި މިހާރު ސިޔާސީ ގޮތުން އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި، މަސައްކަތް ކުރަމުންދަނީ 2028 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކަމަށެވެ.

އެމްޑީޕީއަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވީ ވަރަށް ބޮޑަށް ޕެކްޝަން އުފެދިފައިވާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ކެންޑިޑޭޓުން ދޫކޮށްލުމަށްފަހު ބޮޑަށް މަސައްކަތް ކުރަނީ ރިފެރެންޑަމް ވޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އިދިކޮޅުން މިހާރު ނެތެއްނުންތޯ މިހާރު ސިޔާސީ ގޮތުން އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް. އެބޭފުޅުން މިހާރު އެމަސައްކަތް ކުރަމުން އެދަނީ އެބޭފުޅުންގެ ތެރޭގައި މި މިއޮތީ ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަމާއި މިކަހަލަ ކަންތައްތަކެއް ފެކްޝަންތަކެއް އުފެދިފައި މިއޮތީ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް ނުފެނޭ ކައުންސިލް އިންތިޚާބަށް ވެސް އެބޭފުޅުން މަސައްކަތް ކުރާތަނެއް. އެބޭފުޅުންގެ ކެންޑިޑޭޓުން ވެސް ދޫކޮށްލާފައި ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މިހާރު އެބޭފުޅުން އެމަސައްކަތް ކުރަމުން އެދަނީ.  
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ހީނާ މިހެން ވިދާޅުވެފައިވާތީ، ތިން އިންތިޚާބުގެ ނަތީޖާ އަށްފަހު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. މުޅި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގިނަ ސުވާލުތައް އަމާޒު ކުރަމުންނެވެ.

ރައްޔިތުން މިސަރުކާރާ މެދު ނުރުހޭ ކަމާއި، ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަން ނުޖެހޭތޯ ބައެއް މީހުން ސުވާލު ކޮށްފައިވެ އެވެ. 

އެންސްޕާގެ ސީއީއޯގެ މަގާމުގައި ހިނާ ހުންނެވިއިރު، ޚިދުމަތުގެ ފެންވަރު ދަށްވެ، އެތައް މައްސަލަތަކެއް ފެންމަތިވަމުންދާއިރު، ޖަވާބުދާރީވުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި މިފަހުން ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ހީނާ އިސްތިއުފާ ދޭން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ. 

ހީނާގެ އިތުރުން މިސަރުކާރުގެ ބޭފުޅުންނަށް އިދިކޮޅު ޕާޓީތަކަށް އެއްވެސް ވަރަކަށް ފާޑު ކިޔެން ނެތް ކަމަށާއި، މިހާރަށް ވުރެ ދިރިއުޅުން ދަތިވި ދުވަސްތަކެއް ނާންނަ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި މިސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށާއި، އެކަން މި ތިން އިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް ސާފުވާނެ ކަމަށް ވެސް ގިނަ ރައްޔިތުން ބުނެފައިވެ އެވެ. 

ހީނާ ވަލީދު އެމްޑީޕީ2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

05 އެޕްރީލު 2026
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު