Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެސްއެމްގެ އެމްޑީ

ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ޕީއެސްއެމްގެ އެމްޑީ އަހްމަދު ޝަކީބަށް ރައީސް އޮފީހުން ޚާއްސަ އެލަވަންސްއެއް ދޭ ކަމަށް އަޑު ފެތުރުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 13:55
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އަހުމަދު ޝަކީބު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އަހުމަދު ޝަކީބު | ގޫގުލް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އަހުމަދު ޝަކީބު އަށް ރައީސް އޮފީހުން ޚާއްސަ އެލަވަންސް އެއް ދޭ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

ބައެއް މީޑީއާތަކާއި މީސްމީޑިއާގައި ދައުރުވަމުންދާ ގޮތުން ރައީސް އޮފީހުން ޝަކީބު އަށް ޚާއްސަ އެލަވަންސް އެއް ދޭ ކަމަށް ވަނީ ބުނެފަ އެވެ. ޝަކީބް ޕީއެސްއެމްގެ އެމްޑީ އަކަށް އައްޔަން ކުރުމުގެ ކުރިން ލިބެމުން ދިޔަ އެލަވަންސް އާއި އެކު އޭނާ އަށް ގާތްގަނޑަކަށް 70،000 ރުފިޔާ ލިބެމުންދާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. 

Advertisement - newsAdvertisement

އެ އާއި އެކު އާއްމުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފަ އެވެ. ޕީއެސްއެމް އަކީ އެއްވެސް ބައެއްގެ ނުފޫޒު ފޯރާފައި ނުވާ ތަނަކަށް ވާން ޖެހޭ އިރު ރައީސް އޮފީހުން ޚާއްސަ އިނާޔަތެއް ޝަކީބް އަށް ލިބުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށާއި އެއީ ކޮރަޕްޝަން ކަމަށް އާއްމުން އައީ ބުނަމުންނެވެ. މީގެ ކުރިން ވެސް މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް ސަރުކާރުން އެލަވަންސް އެއް ދޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެހެންކަމުން މިއީ ސަރުކާރުން އިދާރާތަކާއި މުއައްސާތައް ކޮންޓްރޯލް ކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ އާއްމުން އައީ އެކަމަށް ފާޑު ކިޔަމުންނެވެ. 

ރާއްޖެއެމްވީ އިން އެކަމާއި މެދު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެފަދަ ކަމެއް ހިނގަމުން ނުދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް ކުންފުންޏެއްގެ އެމްޑީ އަކަށް ވެސް މުވައްޒަފަކަށް ވެސް އެލަވަންސް އެއް ދެމުން ނުދާ ކަމަށް ހީނާ ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރުން މިފަދަ އެލަވަންސް އެއް ދެމުން ނުދާ ކަމަށް ބުނެފައިވާ އިރު އަޑު ފެތުރިފައި ވާ ގޮތުން ޝަކީބް އަށް 31000 ރުފިޔާ ގެ އެލަވަންސް އެއް ދެ އެވެ. އެ އެލަވަންސް ދެނީ ރައީސް ދެއްވާ އެލަވަންސް އެއްގެ ގޮތުގަ އެވެ. އެކި އިދާރާތަކާއި މުއައްސާތަކުގައި ތިބި މީހުން ކޮންޓްރޯލް ކުރުމަށް ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. 

ޕަބްލިކް ސަރވިސް މީޑިއާރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހީނާ ވަލީދު ކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

04 ޖެނުއަރީ 2026
ހުޅުމާލޭ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ލަގްޒަރީ ހައުސިން އަށް އެޗްޑީސީ އިން ދިން މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ލަގްޒަރީ ހައުސިން އަށް އެޗްޑީސީ އިން ދިން މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

02 ޖެނުއަރީ 2026
ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

01 ޖެނުއަރީ 2026
2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު