Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަން

ބިރުދެއްކުމުގެ ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެ: ރައީސް ސޯލިޙު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ނޫސްވެރިންނަށް ކުރިމަތިވާ ބިރުދެއްކުންތަކުގެ ކުރިމަތީގައި ސާބިތުވެ ތިބުމަށް ގޮވާލައްވާފައި. އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދިކަން ފާހަގަކުރައްވަމުން، މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ މުހިންމު ބަހާއެއްކަމަށް ވިދާޅުވި. މީގެ އިތުރުން، ނޫސް އިދާރާތަކަށް ފުލުހުން ވަނުމާއި ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މި ދަނޑިވަޅުގައި، ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން ކެރުމާއެކު ދެމިތިބުމަށް އެމަނިކުފާނު ބާރުއެޅުއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2026 | އާދީއްތަ 06:48
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު | ރާއްޖެއެމްވީ

ބިރުދެއްކުމުގެ ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިޙު ވިދާޅުވީ، ނަޒާހަތްތެރިކަމާއި ސާބިތުކަމާއެކު ޚަބަރު ފަތުރަމުންދާ ދިވެހި ނޫސްވެރިންނަށް އެމަނިކުފާނު "ސެލިއުޓު" ކުރައްވާ ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ އަޅުގަނޑުމެންގެ މި ޅަފަތުގެ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި މުހިންމު ބަހާއެއް ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިލާފައިވާކަންވެސް ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، މިއީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމުން ނަތީޖާ ފެންނާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ހަމައެއާއެކު، ނޫސް އިދާރާތަކަށް ފުލުހުން ވަދެ ފާސްކުރުމާއި، އެޑިޓަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން، ހަގީގަތް ފޮރުވުމަށްޓަކައި ހަރުކަށި ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ މި ދަނޑިވަޅުގައި، ނޫސްވެރިން ކެރުމާއި ސާބިތުކަމާއެކު ދެމިތިބެންޖެހޭކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބިރުދެއްކުމުގެ ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެ ކަމަށެވެ.

 

ކުރީގެ ރައީސް ސާލިޙުނޫސްވެރިންގެ ޙައްޤުތައްނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

އިތުރަށް ކިޔާލަން

03 މެއި 2026

ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

03 މެއި 2026
ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް
02 މެއި 2026

ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...

02 މެއި 2026
ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...
30 އެޕްރީލު 2026

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

30 އެޕްރީލު 2026
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު
28 އެޕްރީލު 2026

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

28 އެޕްރީލު 2026
ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި
05 ނޮވެމްބަރު 2025

އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި

05 ނޮވެމްބަރު 2025
އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު