Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިން ޖަލަށް ލުން

ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!

ރައީސް ޑރ. މުޢިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ޚަބަރު ފެތުރި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން، އެކަން ކުށްވެރިކޮށް އެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައި. ކޯޓުން ނެރުނު 'ގޭގް އޯޑަރ' އަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ އަމުރެއްކަން ފާހަގަކޮށް، އެ ޖަމިއްޔާއިން ވަނީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ބާރުއަޅާފައި. މީގެ އިތުރުން، ޝަރުއީ ނިޒާމު ސިޔާސީވެފައިވާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކޮށް، ކޯޓު އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެމްޖޭއޭއިން ހާމަކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 07:51
އަދަދު ނޫހުގެ ނޫސްވެރިން ކޯޓަށް ހާޒިރުކުރުން

އަދަދު ނޫހުގެ ނޫސްވެރިން ކޯޓަށް ހާޒިރުކުރުން | މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

އެމްޖޭއޭއިން އެގޮތަށް ގޮވާލާފައިވަނީ އަދަދު ނޫހުގެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި ޖަލަށް ލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާ އާއި، ފުރައްސާރަ އާއި، އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތަކާ ގުޅޭގޮތުން ޚަބަރު ފެތުރި ދެ ނޫސްވެރިއަކު ދިވެހިރާއްޖޭގައި ޖަލަށްލާފައިވާ ކަމަށެވެ. އަދި މިއީ މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓިކް ހައްގުތައް ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާ މިންވަރު ސާފުކޮށް ދަލީލުކޮށްދޭ ކަމެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އޭނާ ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ދަންވަރުގެ ވަގުތުތަކުގައި ރައީސް މުއިއްޒު ކުރެއްވި ކަމަށް ތުހުމަތުވާ ފޯނު ކޯލުތަކަކާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

'މީގެ އިތުރުން، އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ، މި ތުހުމަތުތަކާއި އަދި 'އަދަދު' ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙުސައިން ފިޔާޒް މޫސާ އާއި މެނޭޖިންގ އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޛްފުގެ ޖިނާއީ ދައުވާތަކާއި ޝަރީއަތުގެ ވާހަކަ ވެސް ހިމެނޭ ގޮތަށް، އާންމުކޮށް ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ (ގޭގް އޯޑަރ) ގުޅޭގޮތުން ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމުގެ މަތިން، ކްރިމިނަލް ކޯޓުން ވަނީ މި ތުހުމަތުތަކާއި، ދައުވާތަކާއި އަދި ޝަރީއަތާ ގުޅޭގޮތުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ވާހަކަދެއްކުން އެންމެހާ އާންމުންނަށް ފުޅާދާއިރާއެއްގައި ޝާމިލްވާ ގޮތަށް އަމުރެއް ނެރެފައެވެ. މީގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މަޢުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން ވަނީ މަހުރޫމުވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ މި އަމުރަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމުކުރާ، ލީގަލިޓީ، ނެސެސިޓީ އަދި ޕްރޮޕޯޝަނަލިޓީގެ މިންގަނޑުތަކަށް ފެތޭ އަމުރެއް ނޫން ކަމަށެވެ.

އެހެންކަމުން ކަމާބެހޭ ކޯޓުގައި މި އަމުރު އިސްތިއުނާފުކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިނިވަން ނޫސްވެރިކަމުގެ އަޑުކަނޑުވާލުމަށްޓަކައި، ވެރިކަންކުރާ ބާރާއި، ޝަރުޢީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އެމްޖޭއޭ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ލީވާން އާއި ޝަހުޒާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭ އިން ވަނީ ގޮވާލާފައެވެ.

އެމްޖޭއޭއިން އިތުރަށް ބުނެފައިވަނީ، ވެރިކަމުގެ އެހެން ބާރުތަކުގެ މައްޗަށް އަތްގަދަކޮށްފައިވާ ސަރުކާރަކާއި، އިންތިހާއަށް ސިޔާސީކޮށްފައިވާ ޝަރުއީ ނިޒާމު ގުޅިލާމެހިފައިވާ މިންވަރުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އަދި  ސިޔާސީވެފައިވާ ޝަރުއީ ނިޒާމުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރިއަށްދިއުމުގެ ހައްގާއި (ޑިއު ޕްރޮސެސް)، އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުނުވާނެ ކަމުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.  

އެހެންކަމުން މިތުހުމަތުތަކާ ގުޅޭގޮތުން މިނިވަން، އިންސާފުވެރި، ވަކިއަތަކަށް ނުޖެހޭ އަދި އިތުބާރުހުރި ތަހުގީގެއް ލަސްކުރުމަކާ ނުލައި ކުރިއަށް ގެންދިއުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.

އެމްޖޭއޭއައިޝާ ޑޮކިއުމެންޓްރީނޫސްވެރިންގެ ޙައްޤުތައްމުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

13 މެއި 2026
ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ރާއްޖެޓީވީން ގޮވާލައިފި

ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ރާއްޖެޓީވީން ގޮވާލައިފި

12 މެއި 2026
ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

12 މެއި 2026
ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

12 މެއި 2026
ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު