Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެސްއެމް ޒިންމާދާރުކުރުން

އަމިއްލަ މީޑިއާތައް ހިންގަންޖެހޭ ގޮތް މެމްބަރު އައިބީ ކިޔާދެއްވަނީ: "ހުރިހާ މީޑިއާއެއް ގޮސް ދަންވަންދެން މުޒާހަރާ ކަވަރު ކުރާކަށް ނުޖެހޭ"

ދައުލަތުގެ މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން، މީޑިއާތަކުން ހަމަހަމަ އުސޫލު ގެންގުޅެންވާނީ ހަމައެކަނި ދައުލަތުގެ މީޑިއާއިން ނޫން ކަމަށާއި އަމިއްލަ މީޑިއާތަކުން ވެސް އެ އުސޫލަށް އަމަލުކުރަންޖެހޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ. މީގެ އިތުރުން ހުރިހާ މީޑިއާއަކުން މުޒާހަރާތައް ކަވަރުކުރަން ނުޖެހޭނެ ކަމަށާއި، އަމިއްލަ މީޑިއާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚަބަރުތައް ގެނެސްދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 07:04
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ)

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) | ރައްޔިތުންގެ މަޖިލިސް

މީޑިއާތަކުން ހަމަހަމަ އުސޫލު ގެންގުޅެން ޖެހޭނަމަ ދައުލަތުގެ މީޑިއާއެކޭ އެއްގޮތަށް ޕްރައިވެޓު މީޑިއާތަކުންވެސް އެ އުސޫލު ގެންގުޅެން ޖެހޭނެ ކަމަށާއި، ހުރިހާ މީޑިއާއަކުން ގޮސް މުޒާހަރާތައް ކަވަރު ކުރާކަށް ނުޖެހޭނެކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީއަށް ނުދީ، ޤާނޫނުގައި ބުނާ އެޑިޓޯރިއަލް މިނިވަންކަން ދީފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެ ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، ދައުލަތުގެ މީޑިއާއަކީ މުޅި ރާއްޖޭގައިވެސް އެންމެ ރަނގަޅަށް ހިންގަމުންދާ މީޑިއާ ކަމަށާއި، އެއީ ހުރިހާ ސަރުކާރެއްގައިވެސް އެކަން އޮންނަ ގޮތް ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތުގެ މީޑިއާއާ ބެހޭގޮތުން ޝަކުވާތައް ކުރަނީ އަބަދުވެސް އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

މެމްބަރު ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ގެންގުޅޭ ވަކި އުސޫލުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މީޑިއާތައް ރެގިއުލޭޓު ކުރުމުގައި ހަމަހަމަ އުސޫލު ގެންގުޅޭނަމަ ދައުލަތުގެ މީޑިއާއެކޭ އެއްގޮތަށް އަމިއްލަ ޕްރައިވެޓު މީޑިއާތަކުންވެސް އެ އުސޫލު ގެންގުޅެން ޖެހޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހުރިހާ މީޑިއާއަކުން މުޒާހަރާތައް ކަވަރު ކުރާކަށް ނުޖެހޭނެ ކަމަށާއި، ޕްރައިވެޓު މީޑިއާތަކުން ރައީސްގެ ޚަބަރުތައްވެސް ގެންނަން ޖެހޭނެ ކަމަށެވެ.

ދެން މީޑިއާތައް ރެގިއުލޭޓު ކުރުމުގައި ހަމަހަމަ އުސޫލު ގެންގުޅެންޏާ ޕަބްލިކް ސަރވިސް މީޑިއާ އެކަންޏެއްނޫން، ހުރިހާ މީޑިއާތަކުންވެސް އެ އުސޫލު ގެންގުޅެން ޖެހޭނެތާ، ރާއްޖޭގެ އިދިކޮޅު މީޑިއާތަކުން ހަމަ ސަރުކާރުގެ ޚަބަރުތައްވެސް އެފަރާތްތަކުގެ ޚަބަރުތައް ގެންނަ އުސޫލުން ހަމަހަމަ އުސޫލުން ގެންނަން ޖެހޭނެތާ ތެދުވެރިކަމާ އިޚުލާސްތެރިކަމާއެކު، ހުރިހާ މީޑިއާއެއް ނުޖެހޭ ގޮސް ކޮންމެ ދުވަހަކު މުޒާހަރާ ކަވަރ ކުރާކަށް ހެނދުނުން ފަށައިގެން ގޮސް ރޭގަނޑު 12 ޖަހަންދެން ތިމަންނާމެންގެ ޑިއުޓީގައި ރާއްޖޭގައި މުޒާހަރާ ކުރާއިރު އެ މުޒާހަރާތައް ލައިވްކޮށް އޭގައި ދައްކާ ހުރިހާ ހަޑިހުތުރު ވާހަކައަކާ މަންޒަރެއް ރައްޔިތުންނަށް ދެއްކުމަށްޓަކައި މަސައްކަތް ކުރާ މީޑިއާއަކަށް ޕަބްލިކް ސަރވިސް މީޑިއާ ނުވާތީ ކަންނޭނގެ
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)

މެމްބަރު އިތުރަށް ވިދާޅުވީ، މީޑިއާތަކުން ދިވެހިން ބަލައިގަންނަ ޚަބަރުތައް ގެނެސްދޭން ޖެހޭ ކަމަށާއި، މިހާރު ގިނައިން ފެންނަނީ އެފަދަ ޚަބަރުތަކެއް ނޫން ކަމަށެވެ. އެގޮތުން މިހާރު ގިނައިން ފެންނަނީ މީޑިއާތަކުން މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށްދޭން އެދޭތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެއީ ވަގުތު ބޭކާރު ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި މެމްބަރު ވަނީ ސިފަ ކުރައްވާފައެވެ.

 

 

ސ. ފޭދޫފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)މީޑިއާ ކޮންޓްރޯލްމީޑިއާނޫސްވެރިންގެ ޙައްޤުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރުދެއްކުމުގެ ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެ: ރައީސް ސޯލިޙު

ބިރުދެއްކުމުގެ ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެ: ރައީސް ސޯލިޙު

03 މެއި 2026
ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...

ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...

02 މެއި 2026
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

30 އެޕްރީލު 2026
ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

28 އެޕްރީލު 2026
ނިދާފައި އޮތް ކޮންޓްރޯލް ކޮމިޝަނުން އިންތިހާބާއި ގުޅުވައި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ނިދާފައި އޮތް ކޮންޓްރޯލް ކޮމިޝަނުން އިންތިހާބާއި ގުޅުވައި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

30 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު