Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ސައުދީ ގުޅުން

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައި ވަނީ، ރޫބިއޯ އާއި ޕްރިންސް ފައިސަލްގެ މަޝްވަރާ ތަކުގައި ވަނީ ޔަމަންގައި އޮތް "ޓެންޝަކް" ތަކާއި، ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 08:15
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބުއޯ އަދި ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބުއޯ އަދި ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުޙާން މަޝްވަރާ ކުރައްވައިފި އެވެ. 

އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައި ވަނީ، ރޫބިއޯ އާއި ޕްރިންސް ފައިސަލްގެ މަޝްވަރާ ތަކުގައި ވަނީ ޔަމަންގައި އޮތް "ޓެންޝަކް" ތަކާއި، ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ރޫބިއޯ އާއި ޕްރިންސް ފައިސަލް މަޝްވަރާ ކުރައްވާފައި މި ވަނީ، ޔަމަންގައި އޮތް އަސްކަރީ ޙަރަކާތްތައް ނިމުމަކަށް ގެންނަން ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމި ދުވަހު އެވެ. އެ ޤައުމުން ބުނެފައި ވަނީ، އެއީ އެ ޤައުމުން އަމިއްލަ އަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. 

އޭގެ ގަޑިއިރު ތަކެއް ކުރިން އަރަބި ކޯލިޝަން އިން ވަނީ ޔަަމަންގެ މުކައްލާ ބަނދަރަށް އަމާޒުކޮށް ހަމަލާއެއް ދީފަ އެވެ. އެ ކޯލިޝަން އިން ބުނެފައިވާ ގޮތުގައި، އެ ހަމަލާ ދީފައި ވަނީ ބޭރުގެ ސިފައިންގެ އެހީތެރިކަން ލިބޭ ތަންތަނަށެވެ. މިއީ ހަދުރަމައުތު ސަރަހައްދުގައި، ސަދާން ޓްރާންޒިޝަނަލް ކައުންސިލް އިން ސިފައިންގެ ޙަރަކާތްތައް ހިންގުމާ ދެކޮޅަށް އެ ކޯލިޝަން އިން އިންޒާރު ދިން ފަހުން ދީފައިވާ ހަމަލާ އެކެވެ. 

އެ ކޯލިޝަންގެ ތަރުޖަމާނަކު ބުނީ، ޔޫއޭއީގެ ފުޖައިރާ ބަނދަރުން ދެ ބޯޓެއް ހޮނިހިރު ދުވަހާއި، އާދީއްތަ ދުވަހު މުކައްލާ ބަނދަރަށް ވަދެފައިވާ ކަމަށެވެ. އެ ބޯޓުތައް ވަނީ ކޯލިޝަންގެ އެއްވެސް ހުއްދައެއް ނެތި ކަމަށާއި، އެ ބޯޓު ތަކުން ޓްރެކިން ސިސްޓަމްތައް ވެސް ނިއްވާލި ކަމަށް ބުނެފައިވެ އެވެ. އަދި ސާދަން ޓްރާންޒިޝަނަލް ކައުންސިލަށް އެހީވުމަށް ގިނަ އަދަދެއްގެ ހަތިޔާރު އަދި ހަނގުރާމައިގެ އުޅަނދުތައް ބާލާފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

ހަމަލާ ދިން ފަހުން، ޔަމަންގެ ރިޔާސީ ލީޑާޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް އަލީމީ ވަނީ، ޔޫއޭއީގެ ސިފައިން 24 ގަޑިއިރުގެ ތެރޭގައި ޔަމަންގެ ސަރަހައްދުން ނިކުންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔޫއޭއީ އާއެކު އޮތް ދިފާއީ އެއްބަސްވުން ކެންސަލް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ޔޫއޭއީ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހަމަލާއާ ގުޅިގެން އެމެރިކާ އާއި ސައުދީ އަރަބިއްޔާ އިން ވަނީ ސަރަހައްދުގެ ސަލާމަތާއި ސުލްޙަ ބެލެހެއްޓުމަށް މަސައްކަތް ކުރަން އެއްބަސްވެފަ އެވެ. ޔަމަންގައި އޮތް ޙާލަތު މިހާާރު ވަރަށް ބޮޑަށް ގޮސްވެފައިވާއިރު، އެ ސަރަހައްދުގައި އައު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

މާކޯ ރޫބިއޯ ޕްރިންސް ފައިސަލް ބިން ފަރުޙާންޔަމަންޔޫއޭއީއެމެރިކާ-ސައުދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް

ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް

31 ޑިސެމްބަރު 2025
މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

31 ޑިސެމްބަރު 2025
ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި

ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި

19 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު