Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން

ޔަމަނުން ވަކިވެގަންނަން މަސައްކަތް ކުރާ ޖަމައާތުގެ ލީޑަރު ފިލުމަށް ޔޫއޭއީ އިން އެހީވި ކަމަށް ސައުދީ ހިމެނޭ ކޯލިޝަނުން ބުނެފި

ސައުދީ އަރަބިއްޔާގެ ކޯލިޝަނުން ތުހުމަތުކޮށްފައި ވަނީ ވަކިވުމަށް މަސައްކަތްކުރާ އެސްޓީސީގެ ވެރިޔާ ޒުބައިދީ ޔޫއޭއީގެ އެހީތެރިކަމާއެކު ސިއްރުން ޔަމަނުން ބޭރުކޮށްފައިވާ ކަމަށް. އޭނާ ގެންގޮސްފައި ވަނީ އަދަން އިން ކަނޑުމަގުން ސޯމާލީލޭންޑާއި މޮގަދިޝޫ ގެ ތެރެއިން ޔޫއޭއީގެ އޮފިސަރުންގެ ބެލުމުގެ ދަށުން ކަމަށް ކޯލިޝަނުން ބުނޭ.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 15:50
ޔަމަނުގެ އަދަން ސަރަހައްދުގައި ކޯލިޝަން ސިފައިން ބަލަހައްޓަނީ

ޔަމަނުގެ އަދަން ސަރަހައްދުގައި ކޯލިޝަން ސިފައިން ބަލަހައްޓަނީ | ރޮއިޓަސް

ޔަމަނުގެ ރިޔާސީ ކައުންސިލުން ވަކިކޮށް، ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު އަޅުވާފައިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ލީޑަރަކު ސިއްރިއްޔާތުގައި ޔަމަނުން ބޭރުކުރުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެހީތެރިވެދީފައިވާ ކަމަށް، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

ކޯލިޝަނުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޔޫއޭއީގެ ތާއީދާއެކު ހަރަކާތްތެރިވާ 'ސަދަން ޓްރާންސިޝަނަލް ކައުންސިލް' (އެސް.ޓީ.ސީ) ގެ ވެރިޔާ އައިދަރޫސް އަލް-ޒުބައިދީ، އަންގާރަ ދުވަހުގެ ރޭ އަދަން އިން ފުރައިގެން ކަނޑުމަގުން ސޯމާލީލޭންޑަށް ގޮސްފައިވެ އެވެ. އަދި އެތަނުން ކާގޯ ބޯޓެއްގައި، މޮގަދިޝޫ މަގުން އަބޫދާބީ އަށް އޭނާ ގެންގޮސްފައިވަނީ ޔޫއޭއީގެ އޮފިސަރުންގެ ސީދާ ބެލުމުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޔޫއޭއީ ނުވަތަ އެސް.ޓީ.ސީ އިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ޒުބައިދީ ފިލައިގެން ގޮސްފައިވާ ކަމަށް ކޯލިޝަނުން ބުނި ނަމަވެސް، އެސް.ޓީ.ސީ އިން ބުދަ ދުވަހު ބުނެފައި ވަނީ އޭނާ އަދިވެސް ހުންނެވީ އަދަން ގައި ކަމަށެވެ. މީގެ އިތުރުން، ޒުބައިދީ އޭނާގެ ފައުޖުތައް އަދަން ގެ ބޭސްތަކުން އޭނާގެ އުފަން ރަށް ކަމަށްވާ އަލް-ދާލި އަށް ބަދަލުކުރަމުންދާ ކަމަށް ބުނެ، ކޯލިޝަނުން ވަނީ އެ ފައުޖުތަކަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

މި ހަމަލާތަކުގައި ހަތަރު މީހުން މަރުވެފައިވާއިރު، އެސް.ޓީ.ސީ އިން ބުނީ މިއީ އެއްވެސް އިންސާފެއް ނެތް ހަމަލާތަކެއް ކަމަށާއި، މިއީ ސައުދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ގޮވާލާ ގޮވާލުންތަކާ ޚިލާފު އަމަލެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، ޒުބައިދީ އާއި އޭނާގެ ބައިވެރިން ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަދަން ގެ ބަނދަރުން ފުރާފައި ވަނީ ސެއިންޓް ކިޓްސް އެންޑް ނޭވިސްގެ ދިދަ ޖަހާފައިވާ އުޅަނދެއްގައި ކަމަށް "އިތުބާރު ހުރި ޖާސޫސީ މައުލޫމާތު" ލިބިފައިވާ ކަމަށެވެ. އެ އުޅަނދު ސޯމާލީލޭންޑުގެ ބަރުބަރާ ބަނދަރަށް ދިއުމުން، އެތަނުގައި ތައްޔާރުކޮށްފައި އޮތް 'އިލިއުޝިން އައި.އެލް-76' މަރުކާގެ ކާގޯ ބޯޓަކަށް އެމީހުން އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިކީ އިތުރަށް ވިދާޅުވި ގޮތުގައި، ޔޫއޭއީގެ އޮފިސަރުންގެ ބެލުމުގެ ދަށުން އެ ބޯޓު ފުރަތަމަ ދިޔައީ ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށެވެ. އެއަށްފަހު، އެއްވެސް މަންޒިލެއް ހާމަނުކޮށް އަރަބި ކަނޑާ ދިމާލަށް މިސްރާބު ޖެހި ކަމަށާއި، އަބޫދާބީގެ އަލް-ރީފް އަސްކަރީ ބޭހަށް ޖެއްސުމުގެ 10 މިނެޓް ކުރިއާ ހަމަ އަށް ބޯޓުގެ އައިޑެންޓިފިކޭޝަން ސިސްޓަމްތައް ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފާއިތުވި ހަފުތާތަކުގައި ޔަމަނުގެ ދެކުނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެ، އައު ހަމަނުޖެހުންތަކަކަށް މަގުފަހިވެފަ އެވެ. މީގެ ސަބަބުން އީރާނުގެ ތާއީދު އޮންނަ ހޫޘީންނާ ދެކޮޅަށް މަސައްކަތްކުރާ ފައުޖުތަކުގެ މެދުގައި ބައިބައިވުން އުފެދި، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުމަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ.

އެސް.ޓީ.ސީގެ ފައުޖުތަކުން ވަނީ ފާއިތުވި އަހަރުތަކުގައި ޔަމަނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. އެމީހުން ބޭނުންވަނީ ޔަމަނުގެ ދެކުނަކީ ވަކި މިނިވަން ދައުލަތަކަށް ހެދުމަށެވެ. ނަމަވެސް، ސައުދީ އަރަބިއްޔާ އިން މިދިޔަ ހަފުތާގައި އިންޒާރު ދީފައިވަނީ، އެގައުމުގެ ބޯޑަރު ކައިރީގައި ހިންގާ މިފަދަ ހަރަކާތްތަކަކީ ސައުދީގެ ގައުމީ ސަލާމަތަށާއި ޔަމަނުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ.

މީގެ އިތުރުން، ޔޫއޭއީއާ ގުޅުން އޮންނަ ފައުޖުތައް ޔަމަނުގެ އިރުމަތީ ސަރަހައްދުތަކަށް ފޮނުވުމަށް ޔޫއޭއީން ބާރުއަޅަމުންދާ ކަމަށް ސައުދީން ތުހުމަތުކޮށްފައިވެ އެވެ. އަދި ޔޫއޭއީގެ ހުރިހާ ސިފައިން ޔަމަނުން ބޭލުމަށް ޔަމަނުގެ ރިޔާސީ ކައުންސިލުން ކުރާ ޑިމާންޑަށް ސައުދީން ވަނީ ތާއީދުކޮށްފަ އެވެ.

ހަމަ އެއާއެކު، ޔޫއޭއީން އެސް.ޓީ.ސީ އަށް ފޮނުވި ކަމަށް ބުނާ ހަތިޔާރާއި އަސްކަރީ އުޅަނދުތަކެއް ވެސް ސައުދީ ކޯލިޝަނުން ވަނީ ހަމަލާދީ ހަލާކުކޮށްލާފަ އެވެ. ޔޫއޭއީން ވަނީ ސައުދީގެ މި ތުހުމަތުތަކަށް ހިތާމަކުރާ ކަމަށް ބުނެ، އެތަނުގައި އެއްވެސް ހަތިޔާރެއް ނުހުންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ޔަމަނުގައި ތިބި އެގައުމުގެ ބާކީ ތިބި ސިފައިން ބޭލުމަށް ޔޫއޭއީން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މިހާރު އަދަން އާއި ހަޟްރަމައުތު އަދި އަލް-މަހްރާ ފަދަ ސަރަހައްދުތައް ސައުދީގެ ތާއީދު އޮންނަ ސަރުކާރުގެ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ޔަމަންޔޫއޭއީއައިދަރޫސް އަލްޒުބައިދީސަދަން ޓްރާންސިޝަނަލް ކައުންސިލްސައުދީ-ޔޫއޭއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

07 ޖެނުއަރީ 2026
ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ހަމަލާދީފި

ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ހަމަލާދީފި

07 ޖެނުއަރީ 2026
ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

03 ޖެނުއަރީ 2026
 ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި

ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި

02 ޖެނުއަރީ 2026
ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު