Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ޔަމަން

ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

ސޯޝަލް މީޑިއާ މެދެވެރިކޮށް އާންމު ކޮށްފައިވާ ބަޔާނެއްގައި ސައުދީގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، ދެކުނުގެ މައްސަލަ އަށް އިންސާފުވެރި ހައްލުތައް ހޯދުމަށް، ދެކުނުގެ ހުރިހާ ފަރާތްތައް ރިޔާދުގައި ބައްދަލުކޮށް، އެންމެން ޝާމިލުވާ ކޮންފަަރެންސްއެއް ބޭއްވުމަށް ގޮވާލާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖެނުއަރީ 2026 | ހޮނިހިރު 06:02
ސައުދީ އަރަބިއްޔާގެ ޤައުމީ ދިދަ

ސައުދީ އަރަބިއްޔާގެ ޤައުމީ ދިދަ

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބާއްވާ، ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް، ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލައިފި އެވެ. 

ސޯޝަލް މީޑިއާ މެދެވެރިކޮށް އާންމު ކޮށްފައިވާ ބަޔާނެއްގައި ސައުދީގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، ދެކުނުގެ މައްސަލަ އަށް އިންސާފުވެރި ހައްލުތައް ހޯދުމަށް، ދެކުނުގެ ހުރިހާ ފަރާތްތައް ރިޔާޟް ގައި ބައްދަލުކޮށް، އެންމެން ޝާމިލުވާ ކޮންފަަރެންސްއެއް ބޭއްވުމަށް ގޮވާލާ ކަމަށެވެ. 

ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ، ޔަމަންގެ ރިޔާސީ ލީޑާޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް އަލީމުގެ އެދުމަށް ސައުދީ އިން އެ ކޮންފަރެންސް ބޭއްވުމަށް މަސައްކަތް ކުރަމުން ކަމަށެވެ. 

ސައުދީގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ ދެކުނުގެ މައްސަލަ އަކީ، ތާރީޚީ ަދި އިޖުތިމާއީ އެތައް ކަންތައް ތަކެއް ހިމެނޭ މައްސަލައެއް ކަމަށާއި، އެ މައްސަލަ އަށް ޙައްލު ހޯދޭނީ ޔަމަނުގައި ޝާމިލު ސިޔާސީ ޙައްލެއްގެ ތެރެއިން ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އެ މައްސަލަ އަށް ބޭނުން ވަނީ އިންސާފުވެރި ޙައްލެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

އެހެން ކަމުން، ދެކުނުގެ ރައްޔިތުންގެ ޝަރުއީ އުންމީދުތައް ފުރިހަމަ ކުރާ ދެކުނުގެ މައްސަލަ އަށް އިންސާފުވެރި ޙައްލެއް ހޯދުމަށް، ޝާމިލުވެގެން ވިޝަނެއް ތަައްޔާރު ކުރުމަށް ކޮންފަރެންސްގައި ޙަރަކާތްތެރިކަމާ އެކު ބައިވެރިވުމަށް ސައުދީ އިން ވަނީ ހުރިހާ ފަރާތް ތަކަށް ގޮވާލައިފަ އެވެ. 

ޔަމަންގެ ދެކުނުގެ މައްސަލަ އަކީ އެ ޤައުމުގެ ދިގު މުއްދަތުގެ ސިޔާސީ ހަމަނުޖެހުމުގެ އެއް ބައި ކަމަށްވާއިރު، ދެކުނުގެ ރައްޔިތުން ބޭނުން ވަނީ އިތުރު މިނިވަން ކަމާއި، ސިޔާސީ ހައްގުތައް ހޯދުމަށެވެ. 

މި ކޮންފަރެންސް ބާއްވަން ސައުދީ އަރަބިއްޔާ އިން ނިންމީ، ޔަމަންގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ބައެއްގެ ގޮތުގައި ކަމަށް ފާހަގަ ކުރެވެ އެވެ. ސައުދީ އަރަބިއްޔާ އިން ޔަމަންގެ ކަންކަމުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނައިރު، އެ ޤައުމުގައި ހަމަޖެހުމާއި ސުލްޙަ ޤާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަ ކުރެވެ އެވެ.

މި ކޮންފަރެންސް ކާމިޔާބު ވުމަކީ ޔަމަނުގެ ދެކުނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޔަމަންރަޝާދު އަލް-އަލީމީސައުދީ-ޔަމަންރިޔާދު ކޮންފަރެންސްސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

31 ޑިސެމްބަރު 2025
ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި
31 ޑިސެމްބަރު 2025

ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް

31 ޑިސެމްބަރު 2025
ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް
31 ޑިސެމްބަރު 2025

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

31 ޑިސެމްބަރު 2025
މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި
29 ޑިސެމްބަރު 2025

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި
09 ނޮވެމްބަރު 2025

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި
04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
11 ޖުލައި 2025

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި
10 ޖުލައި 2025

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
08 ޖުލައި 2025

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް