Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް ކޯލިޝަނުން ވައިގެ ހަމަލާތައް ދީފައިވަނީ އެސް.ޓީ.ސީގެ ވެރިޔާ ޒުބައިދީގެ ހަތިޔާރު ގުދަނަކަށް އަމާޒު ކޮށް ކަމަށް ރިޕޯޓު ކޮށްފައިވޭ.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 13:51
ޔަމަނަށް ދީފައިވާ ހަމަލާގެ މަންޒަރެއް

ޔަމަނަށް ދީފައިވާ ހަމަލާގެ މަންޒަރެއް | އޭއެފްޕީ

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ.

އަލް އަރަބިއްޔާ ނޫހުން ބުދަ ދުވަހު ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ) ގެ ވެރިޔާ އައިދުރޫސް އަލް-ޒުބައިދީ ހަތިޔާރު ރައްކާކުރުމަށް ބޭނުންކުރާ ގުދަނަކަށެވެ.

އަލް އަރަބިއްޔާ އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، އެތަނަކީ ޒުބައިދީ ބޭނުންކުރާ މައި ހަތިޔާރު ގުދަނެކެވެ. ކޯލިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޒުބައިދީ މިހާރު ވަނީ ފިލައިގެން ނޭނގޭ ތަނަކަށް ގޮސްފައެވެ.

ކޯލިޝަނުން އިތުރަށް ބުނި ގޮތުގައި، އަލް-ދާލިއާ އަށް ދިން މި ހަމަލާތަކަކީ ޔަމަނުގެ ހޯމްލޭންޑް ޝީލްޑް ފޯސަސްއާ ގުޅިގެން، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުރާލައި ރޭވިގެން ދިން ހަމަލާތަކެކެވެ.

ޔަމަނުގެ ރިއާސީ ލީޑަޝިޕް ކައުންސިލުން ބުދަ ދުވަހު ވަނީ ޒުބައިދީ އެ ކައުންސިލުން ވަކިކުރުމަށް ނިންމާފަ އެވެ. އެއީ އޭނާ ފިލައިގެން ދިއުމާއި، ޔަމަނުގެ މަސްރަހު ފިނިކުރުމަށް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ދިއުމަށް އިންކާރުކުރުމާ ގުޅިގެން "ގައުމަށް ޚިޔާނާތް" ތެރިވުމުގެ ތުހުމަތުގަ އެވެ.

ބުދަ ދުވަހުގެ ކުރީކޮޅު ކޯލިޝަނުން ބުނި ގޮތުގައި، ޒުބައިދީ ވަނީ ނޭނގޭ ތަނަކަށް ފިލައިގެން ގޮސްފައެވެ. އަދި ރިޔާޟު ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް އެސް.ޓީ.ސީގެ އެހެން މެންބަރުން ދަތުރުކުރި ފްލައިޓަށް އޭނާ އަރާފައެއް ނުވެއެވެ.

ބަޔާނުގައިވާ ގޮތުން، ޖެނުއަރީ 5 ވަނަ ދުވަހު އެސް.ޓީ.ސީގެ ރިއާސަތުން ވަނީ ސައުދީގެ އިސްނެގުމާ އެކު ބާއްވާ ކޮންފަރެންސަށް ތާއީދުކުރާކަން އާކޮށް، އެ ބައްދަލުވުމުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައެވެ. ޒުބައިދީ ވެސް ޖެނުއަރީ 6 ގައި އެ ބައްދަލުވުމަށް ދާނެކަން ސައުދީ އޮތޯރިޓީތަކަށް އެންގުމަށްފަހު، ވަފުދެއް އެއާޕޯޓަށް ދިޔަ އެވެ. ނަމަވެސް، އެ ވަފުދު ދަތުރުކުރަން އޮތް ޔަމަނިއާ އެއާވޭސްގެ ފްލައިޓް ތިން ގަޑިއިރަށްވުރެ ގިނަ އިރަށް މަޑު ކުރި އިރު ވެސް އޭނާ އައިސްފަ އެއް ނުވެ އެވެ.

އެ ވަގުތުގެ ތެރޭގައި ލިބުނު މައުލޫމާތުތަކުން އެނގުނު ގޮތުގައި، ޒުބައިދީ ވަނީ މެންދަމުގެ ވަގުތެއްގައި ހަދީދު އަދި އަލް-ސުލްބާން ކޭމްޕުތަކުން ގިނަ އަދަދެއްގެ ބަރު ހަތިޔާރާއި، ހަނގުރާމަމަތީ އުޅަނދުތަކާއި، ވަޒަންތައް އަލް-ދާލިއާ އަށް ބަދަލުކުރުމަށް އަމުރުކޮށްފަ އެވެ.

އޭގެ ފަހުން އެސް.ޓީ.ސީގެ އިސް ފަރާތްތަކާ އެކު ފްލައިޓް ފުރި ނަމަވެސް، އޭގައި ޒުބައިދީ ދަތުރުކޮށްފަ އެއް ނުވެ އެވެ. އަދި އޭނާ ވީތަނެއް އެ ޖަމާއަތުގެ އެހެން ލީޑަރުންނަށް ވެސް އެނގިފަ އެއް ނުވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކުރިއަށް އޮތް ވަގުތުތަކުގައި އަދަން ސިޓީގައި ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި، މުއުމިން އަލް-ސައްގާފް އަދި މުޚްތާރު އަލް-ނޫބީގެ ބެލުމުގެ ދަށުން އެ ސިޓީގައި ތިބި ގިނަ އަދަދެއްގެ ހަނގުރާމަވެރިންނަށް ޒުބައިދީ ހަތިޔާރާއި ވަޒަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ޔަމަންއައިދަރޫސް އަލްޒުބައިދީސަދަން ޓްރާންސިޝަނަލް ކައުންސިލްއަދަން

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ހަމަލާދީފި

07 ޖެނުއަރީ 2026
ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ހަމަލާދީފި
03 ޖެނުއަރީ 2026

ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

03 ޖެނުއަރީ 2026
ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް
02 ޖެނުއަރީ 2026

ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި

02 ޖެނުއަރީ 2026
 ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި
31 ޑިސެމްބަރު 2025

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

31 ޑިސެމްބަރު 2025
ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި
31 ޑިސެމްބަރު 2025

ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް

31 ޑިސެމްބަރު 2025
ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު