Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ސޯމާލީލޭންޑް

ސޯމާލީލޭންޑަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް ޒިޔާރަތްކޮށްފި

ސޯމާލިއާގެ ބައެއްގެ ގޮތުގައި އޮތް ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ގައުމަކީ އިޒްރޭލް. މި ނިންމުމާ ގުޅިގެން ސޯމާލިއާ އާއި އަރަބި ލީގާއި އެހެން ގައުމުތަކުން ވަނީ ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައި.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 05:05
އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރު ސޯމާލިޔާގެ ރައީސް އަބްދީރަހްމާން މުހައްމަދު އަބްދުالله އާއި ބައްދަލުކުރައްވަނީ، ޖެނުއަރީ 6، 2026

އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރު ސޯމާލިޔާގެ ރައީސް އަބްދީރަހްމާން މުހައްމަދު އަބްދުالله އާއި ބައްދަލުކުރައްވަނީ، ޖެނުއަރީ 6، 2026 | އެކްސް

އިޒްރޭލުން ދާދިފަހުން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް، ސޯމާލިއާ އިން ވަކިވެގަނެގެން އުޅޭ ސޯމާލީލޭންޑަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް އަންގާރަ ދުވަހު ޒިޔާރަތްކޮށްފި އެވެ.

"އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް އިސްކޮށް ހުންނަވައިގެން ވަޑައިގެންނެވި ވަފުދެއް ހަރުގޭސާ ސިޓީއަށް ވަނީ ދަތުރުކޮށްފައި. އެއާޕޯޓުން އެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ ސަރުކާރުގެ އިސް މަސްއޫލުވެރިން. އަދި ސޯމާލީލޭންޑުގެ އިސް ވެރިންނާ އެކު އޭނާ ވަނީ ބައްދަލުވުންތަކެއް ބާއްވަވާފައި،" ސޯމާލީލޭންޑުގެ ރިޔާސީ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެކްސް (ކުރީގެ ޓްވިޓާ) ގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުގައި، ސާރް ވަނީ ސޯމާލީލޭންޑުގެ ރައީސް އަބްދުއްރަހުމާން މުޙައްމަދު އަބްދުﷲ އާ ބައްދަލުކުރައްވާފައެވެ.

މި ދަތުރާ ގުޅިގެން ސޯމާލިއާގެ ޚާރިޖީ ވުޒާރާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މިއީ ސޯމާލިއާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެކެވެ.

ސޯމާލިއާގެ ރުހުމެއް ނެތި ހިންގާ އެފަދަ ކޮންމެ ރަސްމީ މުއާމަލާތަކީ ޣައިރު ގާނޫނީ އަދި ބާތިލު ކަމެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ. އަދި ސޯމާލިއާގެ ސަރަހައްދީ އިސްތިގުލާލަށް އިހުތިރާމު ކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން ހިމެނޭހެން ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން، އަރަބި ލީގުން ވެސް ވަނީ ސާރް ސޯމާލީލޭންޑަށް ސާރް ކުރި ޒިޔާރަތް ކުށްވެރިކޮށްފަ އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ސާރް ވިދާޅުވީ، އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން ސޯމާލީލޭންޑް ޖުމްހޫރިއްޔާއަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ގައުމަށް ވުމަކީ އިޒްރޭލަށް ލިބޭ ޝަރަފެއް ކަމަށެވެ. 

މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ސޯމާލީލޭންޑް ބަލައިގަންނަން ނިންމިކަން މިދިޔަ މަހު އިއުލާނުކުރި ފަހުން، އެ ސަރަހައްދަށް އިޒްރޭލުގެ ވަޒީރަކު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.

ސޯމާލީލޭންޑުގެ ޑިޕްލޮމެޓިކް މަސްދަރަކުން ބުނި ގޮތުގައި، ސާރްގެ މި ދަތުރުފުޅުގެ މަގުސަދަކީ އިޒްރޭލާއި ސޯމާލީލޭންޑާ ދެމެދު ސިޔާސީ އަދި ސްޓްރެޓެޖިކް ގުޅުންތައް ކުރިއެރުވުމެވެ.

އަމިއްލައަށް މިނިވަންކަން އިއުލާނުކޮށްފައިވާ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަކީ އިޒްރޭލެވެ. މި ނިންމުމާ ގުޅިގެން ސޯމާލިއާގެ އިތުރުން އެހެން ގައުމުތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ނަތަންޔާހޫ އޭރު ވިދާޅުވީ، މި ނިންމުމަކީ ރައީސް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން ސޮއިކުރެވުނު "އަބްރަހަމް އެކޯޑްސް" (އިބްރާހީމީ އެއްބަސްވުންތައް) ގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ. އަދި ދަނޑުވެރިކަމާއި، ސިއްހަތާއި، ޓެކްނޮލޮޖީ އަދި އިގްތިސާދީ ދާއިރާ އިން ސޯމާލީލޭންޑާ އެކު ގުޅުން ބަދަހިކުރަން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

1991 ވަނަ އަހަރު ސޯމާލިއާގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ސޯމާލީލޭންޑުން އަންނަނީ އަމިއްލަ ވެރިކަމެއް ހިންގަމުންނެވެ. އެހެންނަމަވެސް، މިހާތަނަށް އެއްވެސް ގައުމަކުން އެއީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.

އަހަރުތަކެއް ވަންދެން ސޯމާލިއާ އިން ގެންދަނީ ސޯމާލީލޭންޑް ބަލައިނުގަތުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ބާރުއަޅަމުންނެވެ.

އަލް އަރަބިއްޔާ އިނގިރޭސި ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މަޙްމޫދު ވަނީ އިޒްރޭލުގެ މި ނިންމުމަށް އިންކާރުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސޯމާލީލޭންޑަކީ ސޯމާލިއާގެ ވަކި ނުކުރެވޭނެ ބައެއް ކަމަށާއި، ވަކި ދައުލަތެއްގެ ގޮތުގައި އޮތުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އެ ސަރަހައްދަށް ނެތް ކަމަށެވެ.

އިޒްރޭލް-ސޯމާލީލޭންޑްގިޑިއަން ސާރުސޯމާލިއާއަބްރަހަމް އެކޯޑްސްޙަސަން ޝައިޚް މުޙައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަތުން ޗައިނާ އިން ދެކޮޅު ހަދައިފި

އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަތުން ޗައިނާ އިން ދެކޮޅު ހަދައިފި

29 ޑިސެމްބަރު 2025
އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް

އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް

28 ޑިސެމްބަރު 2025
އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

28 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު