Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ހަމަލާދީފި

ޔަމަނުގެ ގާނޫނީ ސަރުކާރާއި އެސްޓީސީއާ ދެމެދު މަޝްވަރާކުރުމަށް ރިޔާޟަށް ދިއުމަށް ހަމަޖެހިފައި އޮތް ބޯޓަށް އެސްޓީސީގެ ލީޑަރު އައިދަރޫސް އަލްޒުބައިދީ ނާރާ ފިލުމާ ގުޅިގެން ސައުދީން އިސްވެ ހިންގާ ކޯލިޝަނުން ޔަމަނުގެ ދެކުނުގެ ސަރަހައްދަށް ހަމަލާދީފި ކަމަށް ވަނީ ރިޕޯޓު ކޮށްފައި.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 04:04
ޔަމަނުގެ އަލް މަހްރާގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ހޮނިހިރު ދުވަހު ހޯމްލޭންޑް ޝީލްޑް ފޯސްތަކުން ވަނީ އިއުލާންކޮށްފައި

ޔަމަނުގެ އަލް މަހްރާގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ހޮނިހިރު ދުވަހު ހޯމްލޭންޑް ޝީލްޑް ފޯސްތަކުން ވަނީ އިއުލާންކޮށްފައި | ރޮއިޓަސް

ޔަމަނުގައި ހަރަކާތްތެރިވާ ސައުދީން އިސްވެ އޮންނަ ކޯލިޝަނުން އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފިއެވެ.

 ކޯލިޝަނާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓުކޮށްފައި ވަނީ، މި ހަމަލާތައް ދީފައިވަނީ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) ގެ ލީޑަރު އައިދަރޫސް އަލްޒުބައިދީ، މަޝްވަރާތަކަށް ރިޔާޟަށް ދިއުމަށް ހަމަޖެހިފައި އޮތް ބޯޓަށް ނޭރި ފިލުމާ ގުޅިގެން، އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށެވެ.

ބުދަ ދުވަހުގެ ފަތިހު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ގާނޫނީ ސަރުކާރާއި އެސްޓީސީއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތަކަށް، އަންގާރަ ދުވަހުގެ ރޭ އަދަނުން ފުރަން އޮތް ބޯޓަށް އަލްޒުބައިދީ ނާރާ ކަމަށެވެ. އަދި އޭނާ މިހާރު ފިލައިގެން ގޮސްފައިވާ ތަނެއް ނޭނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އަލްޒުބައިދީ އިސްވެ ހުރެ، ބޮޑު ލަޝްކަރެއް ތައްޔާރުކުރަމުންދާ ކަމުގެ މައުލޫމާތު ކޯލިޝަނަށާއި ޔަމަނުގެ ސަރުކާރަށް ލިބިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. މި ލަޝްކަރުގައި ހަތިޔާރު އެޅި އުޅަނދުތަކާއި، އެކި ބާވަތުގެ ހަތިޔާރުގެ އިތުރުން ގިނަ އަދަދެއްގެ ގޮވާތަކެތި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި ލަޝްކަރު ޖަމާވެފައި ވަނީ ދާލީ ޕްރޮވިންސަށެވެ. އެހެންކަމުން، ހަމަނުޖެހުންތައް އިތުރަށް ފުޅާކުރުމަށް އަލްޒުބައިދީ ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމަށްޓަކައި، ކޯލިޝަނުން ވަނީ ބުދަ ދުވަހުގެ ފަތިހު 4:00 ހާއިރު އެ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދީފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޔަމަންއައިދަރޫސް އަލްޒުބައިދީސަދަން ޓްރާންސިޝަނަލް ކައުންސިލްރިޔާޟް

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

07 ޖެނުއަރީ 2026
ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
03 ޖެނުއަރީ 2026

ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

03 ޖެނުއަރީ 2026
ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް
02 ޖެނުއަރީ 2026

ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި

02 ޖެނުއަރީ 2026
 ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި
31 ޑިސެމްބަރު 2025

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

31 ޑިސެމްބަރު 2025
ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި
31 ޑިސެމްބަރު 2025

ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް

31 ޑިސެމްބަރު 2025
ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް
31 ޑިސެމްބަރު 2025

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

31 ޑިސެމްބަރު 2025
މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި
29 ޑިސެމްބަރު 2025

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި
09 ޑިސެމްބަރު 2025

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

09 ޑިސެމްބަރު 2025
ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ
09 ނޮވެމްބަރު 2025

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު