Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ ޙުކުމް

މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!

ޝަހީމްވެސް ވަނީ ރައީސް ޔާމީނުގެ ސަރުކާރު ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހައި ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައި ހުރިކަމަށް ވިދާޅުވެ، އޭގެ އެންމެހައި އުސޫލެއް ކެބިނެޓުން ފާސް ވެސް ކޮށްފައިވާނެކަމަށް މީގެ ކުރިން ވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 06:15
ތެލުގެ އަގު ބޮޑުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިތާ އެންމެ ދެ ދުވަސް ތެރޭގައި، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފަ

ތެލުގެ އަގު ބޮޑުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިތާ އެންމެ ދެ ދުވަސް ތެރޭގައި، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފަ | ރައީސް އޮފީސް

މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބިލެއް ބަންޑާރަނައިބުގެ އޮފީހުން މިހާރު ތައްޔާރުކުރަމުންދާ ކަމަށާއި، އެ ބިލު ތަސްދީޤު ކުރާ ހިސާބުން މަރުގެ ޙުކުމް ތަންފީޒުކުރަން ފައްޓަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަރުގެ ޙުކުމް އިއްވަންޖެހޭ ފަރާތަކަށް އެ ޙުކުމް ތަންފީޒު ނުކޮށް މަޑުކުރުމަކީ ރައީސަކަށް ހުންނަ ފަރާތަކަށް ލިބިގެންވާ ހައްޤެއް ނޫން ކަމަށާއި، ހުރިހާ މަރުޙަލާއިން ޙުކުމް ނިހާއީވެފައިވާ މީހުން އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ، ޑްރަގް މައްސަލަތަކުގައި ވެސް މަރުގެ އަދަބު ދެވޭގޮތަށް ދާދި ފަހުން ޤާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރުން ޤާނޫނީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މިއަދާ ހަމައަށް އައިއިރުވެސް މިކަމާ ގުޅޭ އެއްވެސް ޤާނޫނެއް ނެތް ކަމަށެވެ.

އެހެންވީމާ މަރުގެ އަދަބު ދިނުމަށްޓަކައި މަރުގެ ޙުކުމް ތަންފީޒުކުރަން އެބަޖެހޭ ޤާނޫނީ ފްރޭމްވޯކްގެ ތެރޭގައި ސްޓްރީމްލައިން ކުރަން، ނޫނީ ކަށަވަރު ކުރަން، މިއަދާ ހަމައަށް އައި އިރު އެއްވެސް ކަހަލަ ޤާނޫނެއް މިކަމަކަށް ނެތް.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ހަމައެކަނި ހަދާލެވޭ އުސޫލަކުން ނުވަތަ ޤަވާއިދަކުން މަރުގެ ޙުކުމް ތަންފީޒެއް ނުކުރެވޭނެ ކަމަށާއި، އެހެންވެ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ޚާއްޞަ ޤާނޫނެއް ގެނައުމުގެ ބިލުގެ މަސައްކަތް މިހާރު ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި މި ބިލު މަޖިލީހަށް ފޮނުއްވަވާނެ ކަމަށާއި، ބިލު ތަސްދީޤު ކުރެވުމުން މަރުގެ ޙުކުމް ތަންފީޒު ކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއީ އިސްލާމީ ޤައުމެއްގައި އަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަރުގެ ޙުކުމާ ގުޅޭ ޤާނޫނީ ފްރޭމްވޯކެއް ނެތްކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގަވާއިދެއް 2015 ވަނަ އަހަރު ހަދައި، ދަންޖައްސައިގެން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ ގޮތަށް ކަނޑައެޅި އެވެ. އަދި ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި ނަމަވެސް އޭރު އެކަން ތަންފީޒްކޮށްފައެއް ނުވެއެވެ.

އޭރު ކ. ދޫނިދޫގައި އެކަމަށް ހާއްސަ ޗޭމްބަރެއް ހަދައި، އެކަމަށް ސާމާނު ވެސް ގެނައެވެ.

މީގެ އިތުރުން، އޭރުގެ އިސްލާމިކް މިނިސްޓަރު އަދި މި ސަރުކާރުގެ ވެސް އިސްލާމިކް މިނިސްޓަރަކަށް ހުންނެވާ މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރައީސް ޔާމީނުގެ ސަރުކާރު ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހައި ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައި ހުރިކަމަށް ވިދާޅުވެ، އޭގެ އެންމެހައި އުސޫލެއް ކެބިނެޓުން ފާސް ވެސް ކޮށްފައިވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރު ނިމުން އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހައި ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައިހުރީ. އޭގެ އެންމެހާ އުސޫލެއް ކެބިނެޓުން ފާސްވެސް ކުރި. ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން ބޭނުންވި އެއްސަބަބު އެއީ

ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ ވެރިކަމަށް ފަހު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައި ނުވެއެވެ. 

 

މުއިއްޒުގެ ސަރުކާރުމަރުގެ ހުކުމްމަރުގެ މައްސަލަހޯމް މިނިސްޓަރމުހައްމަދު ޝަހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!

15 މާރިޗު 2026
ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

03 މާރިޗު 2026
ސަރުކާރަށް ލަފާދޭ  3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

22 ފެބުރުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު