Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދުތައް

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!

އާރްޑީސީން ކޮށްފައިވާ އިއުލާނުތަކަށް ބަލާއިރު، ރަސްދޫއާއި އުލިގަމަށް ސައިޓު މެނޭޖަރުން ހޯދަން އިއުލާނުކޮށްފައިވޭ. އެއިން ކޮންމެ މަޤާމެއްގެ މުސާރަ 25،000ށް ވުރެ މަތި. މި ދެރަށަށް އެސިސްޓެންޓު ސައިޓް މެނޭޖަރުން ހޯދުމަށްވެސް އިއުލާނުކޮށްފައިވޭ. އެއިން ކޮންމެ މަޤާމެއްގެ މުސާރަވެސް 16،000ން މައްޗަށް އަރާ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 06:49
ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީގެ ސައިޓު

ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީގެ ސައިޓު | ރާއްޖެ އެމްވީ

 

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

Advertisement - newsAdvertisement

އާރްޑީސީން ކުރި މި އިއުލާނަކީ 6 ރަށެއްގައި ހުރި އާރްޑީސީގެ ސައިޓުތަކަށް މުވައްޒަފުން ހޯދުމަށް ކުރި އިއުލާނެކެވެ. އެއީ އއ ރަސްދޫ ސައިޓު، ހއ އުލިގަމު ސައިޓު، ޅ ނައިފަރު ސައިޓު، ކ ކާށިދޫ ސައިޓު، ތ މަޑިފުށީ ސައިޓު އަދި ޅ ހިންނަވަރު ސައިޓެވެ.

މިއިން ކޮންމެ އިއުލާނެއްގައިވެސް އޮންނަނީ މަސައްކަތް ކުރަން ޖެހޭ ތަނަކީ އެ ރަށެއްގައި ހުންނަ އާރްޑީސީގެ ސައިޓު ކަމަށާއި،  ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުގެ ގޮތުން މަސައްކަތް ކުރަންޖެހޭ ތަން ބަދަލުވެދާނެ ކަމަށެވެ.

އާރްޑީސީން ކޮށްފައިވާ އިއުލާނުތަކަށް ބަލާއިރު، ރަސްދޫއާއި އުލިގަމަށް ސައިޓު މެނޭޖަރުން ހޯދަން އިއުލާނުކޮށްފައިވެއެވެ. އެއިން ކޮންމެ މަޤާމެއްގެ މުސާރަ 25،000ށް ވުރެ މައްޗެވެ. މި ދެރަށަށް އެސިސްޓެންޓު ސައިޓް މެނޭޖަރުން ހޯދުމަށްވެސް އިއުލާނުކޮށްފައިވެއެވެ. އެއިން ކޮންމެ މަޤާމެއްގެ މުސާރަވެސް 16،000ން މައްޗަށް އަރައެވެ.

މި ރަށްރަށުގައި ސައިޓް މެނޭޖަރުންނާއި އެސިސްޓެންޓް ސައިޓް މެނޭޖަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، އެއާ އެކު 4 ސައިޓަކަށް ސުޕަވައިޒަރުންވެސް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. އަދި އެހެން ބައެއް ރަށްރަށަށްވެސް ސުޕަވައިޒަރުން ހޯދަން އިއުލާނުކޮށްފައިވެއެވެ.

މީގެ އިތުރުން، ޕްރޮޖެކްޓް އެސިސްޓެންޓުންނާއި، ލޮރީ ޑްރައިވަރުންނާއި، އެކްސްކެވޭޓަރ އޮޕަރޭޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ސެކިއުރިޓީ ގާޑުންނާއި ސަޕޯޓު ސްޓާފުންގެ އިތުރުންވެސް އެކިއެކި ނަންނަމުގައި މި ރަށްރަށުން ވަޒީފާތައް އިއުލާނުކޮށްފައިވެއެވެ. އެގޮތުން ބައެއް ރަށްރަށުގެ ސައިޓުތަކަށް 5 ސެކިއުރިޓީ ގާޑުން އަދި ބައެއް ރަށްރަށުގައި 9 ސެކިއުރިޓީ ގާޑުންވެސް ހޯދުމަށް އިއުލާނުކޮށްފައިވެއެވެ.

ރަށްރަށުގައި ހުރި މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާއިރު އެ ރަށްރަށަށް ބޮޑެތި އަދަދުތަކުން ވަޒީފާތައް އިއުލާނުކޮށްފައި މިވަނީ މަސައްކަތް ކުރާ ތަން ބަދަލުވެދާނެކަމަށްވެސް އަންގާފައެވެ.

މީގެ އިތުރުންވެސް ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާތައް ހޯދުމަށް އިއުލާނުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެފްއެސްއެމްއާއި އެމްޓީސީސީވެސް ހިމެނެއެވެ.

އާރްޑީސީމުއިއްޒުގެ ސަރުކާރުވަޒީފާ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ
22 ފެބުރުއަރީ 2026

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

22 ފެބުރުއަރީ 2026
ސަރުކާރަށް ލަފާދޭ  3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ
15 ފެބުރުއަރީ 2026

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
25 ޖެނުއަރީ 2026

ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

25 ޖެނުއަރީ 2026
ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު