Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭބަރ ރިލޭޝަންސް އޮތޯރިޓީ

މިސަރުކާރަށް ދެ އަހަރާއި ބައިވިއިރު، ލޭބަރ ރިލޭޝަންސްގައި ފުނިޖެހިފައި ހުރި މައްސަލަތަކަށް ހައްލު ނުގެނެވޭ ކަމަށް މިނިސްޓަރު އިހްސާން އެއްބަސްވެވަޑައިގެންފި

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ބޭއްވި ރެލީގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ހުރި މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯދައިދޭނެ ކަމަށް. އެގޮތުން މަސައްކަތްތެރިންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް މިއަހަރުގެ ތެރޭގައި ފުރިހަމައަށް ތަންފީޒުކުރަން ފަށާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި. ނަމަވެސް، މިހާތަނަށް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2026 | ހޮނިހިރު 08:58
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރަށް ދެ އަހަރާއި ބައިވިއިރު، ދިވެހިރާއްޖޭގެ ލޭބަރ ރިލޭޝަންސްގައި ފުނިޖެހިފައި ހުރި މައްސަލަތަކަށް ހައްލު ނުގެނެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގެންފި އެވެ. 

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސަރުކާރުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުން މިއަދު އިސްނަގައިގެން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ސަރުކާރު ހަވާލުވީއިރުވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުން އަދި ވަޒީފާދޭ ފަރާތުން ހުށައަޅާފައިވާ ގިނަ މައްސަލަތައް ހުރި ކަމަށާއި، އެ މައްސަލަތައް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލެއް ހޯދައިދޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފައި ހުރި ބައިވަރު މައްސަލަތައް، މަސައްކަތްތެރިންގެ ފަރާތުންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅުއްވާފައި ހުރި މައްސަލަތައް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި ހުރި. އެއީ ތިބޭފުޅުންގެ ހައްގުތައް. އެއަށް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން މި ފަހަރު. އާދެ! ދިވެހި ސަރުކާރުގެ މިއަދުގެ އަމާޒަކީ، ދިވެހިރާއްޖޭގެ މަސައްކަތްތެރިން އެދިވަޑައިގަންނަވާ ފަދަ އަމާން އަބުރުވެރި ރައްކާތެރި މަސައްކަތުގެ މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތްކަން ކަށަވަރުކުރުން. އެކަމަށްޓަކައި ދިވެހިރާއްޖޭގައި ހެދިފައި ހުރި ހުރިހާ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ގަވާއިދެއް ރަނުންރަނަށް އަކުރުންއަކުރަށް އަޅުގަނޑުމެން މި އަހަރު ތަންފީޒުކުރަން ފަށާނަން. އާދެ! ވަރަށް ގިނަ ދުވަސް ވަންދެން މޭ އެކެއް ދިވެހިރާއްޖޭގައި ފާހަގަކުރަމުން މި އައީ، މަސައްކަތްތެރިންނާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވިގެން އަންނަ ކަހަލަ ރޫހެއް ފެންނަ ދުވަހަކަށް. އެހެންނަމަވެސް، މިއަދުގައި މަސައްކަތްތެރިންގެ އަޑުއަހައި، މަސައްކަތްތެރިންނާ އެކުގައި މަސައްކަތްކުރުމުގެ ރޫހެއް އަޅުގަނޑުމެން މި ގެންގުޅެނީ.
ހޯމް މިނިސްޓަރު އަލީ އިހުސާން

މަސައްކަތްތެރިންގެ ހައްގުތައް ނަގަހައްޓަންޖެހޭ ވަރަށް ގިނަ ކަންކަން އަތްދަށުން ދުވާފައި އެބައޮތްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތާއި އަދި ގާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް މިހާތަނަށް އައިއިރުގައި ތަންފީޒުނުކުރެވޭ ކަމަށެވެ.

ނަމަވެސް މިއަހަރު މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން މިމޭރުން ވާހަކަ ދެއްކެވި ނަމަވެސް މިސަރުކާރުގެ މިހާތަނަށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތެއް ކޮށްފައިނުވެ އެވެ. އަދި  ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ބައިވަރު މައްސަލަ ހުރިއިރު، މައްސަލަތަކަށް ބަލައި، ހައްގުތައް ކަށަވަރު ކޮށްދީފައިނުވާ ކަމަށް ގިނަ މަސައްކަތްތެރިން ބުނެ އެވެ. 

އަލީ އިހުސާންލޭބަރ ރިލޭޝަންސް އޮތޯރިޓީއިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
30 އެޕްރީލު 2026

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

30 އެޕްރީލު 2026
ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް
29 އެޕްރީލު 2026

މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި

29 އެޕްރީލު 2026
މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި
24 އެޕްރީލު 2026

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް

24 އެޕްރީލު 2026
އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް
23 އެޕްރީލު 2026

މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟

23 އެޕްރީލު 2026
މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު