Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަސްޓަމްސް ސާރވިސް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފި

މި މަހުގެ 5 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރަށް ކަނޑުމަގުން ގެނައި މުދަލުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް ސްޓިކްސް ވަނީ އަތުލައިގެންފައި. މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓާއި 7،000 ވޭޕް ސްޓިކް އަތުލައިގަނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 7 މާރިޗު 2026 | ހޮނިހިރު 09:41
ރާއްޖެއަށް އެތެރެކޮށްފައިވާ ވޭޕް - ފަހަކަށް އައިސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ވޭޕް ކާޓްރިޖްތަކުގެ މައްސަލަ ފެންތިވެފައިވޭ

ރާއްޖެއަށް އެތެރެކޮށްފައިވާ ވޭޕް - ފަހަކަށް އައިސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ވޭޕް ކާޓްރިޖްތަކުގެ މައްސަލަ ފެންތިވެފައިވޭ | މޯލްޑިވްސް ޕޮލިސް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ސްޓިކްސް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފި އެވެ. 

ހޮނިހިރު ދުވަހު ކަސްޓަންސްއިން ބުނީ، ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފައިވާ ކަމަށެވެ. 

މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 5 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުންނެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ކަނޑުމަގުން ގެނައި މުދަލުގެ ތެރޭގައި ފޮރުވައިގެން ކަމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

 މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

މިމަހުގެ ތެރޭގައި 99،000 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފައިވާއިރު، ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވަމުންދާ ތަކެތި އަދި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހިފެހެއްޓުމަށް ކަސްޓަމްސް އިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ، ކުރެވުނު މަސައްކަތުގެ އަލީގައި ފާއިތުވި ދޮޅުމަހެއްހާ ދުވަހު ވަނީ 7 ހާސް ވޭޕް ސްޓިކް އަތުލައިގަނެވިފައި ކަމަށާއި، 2 މިލިއަނެއްހާ ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަލީ އިހުސާންސިނގިރޭޓު

އިތުރަށް ކިޔާލަން

06 މާރިޗު 2026

ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން

06 މާރިޗު 2026
ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން
05 މާރިޗު 2026

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

05 މާރިޗު 2026
އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.
05 މާރިޗު 2026

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

05 މާރިޗު 2026
ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި
05 މާރިޗު 2026

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

05 މާރިޗު 2026
އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި
05 މާރިޗު 2026

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު