Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމިޝަނަރ އޮފް ޕޮލިސް

ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކުރި އޮފިސަރުންގެ ތެރޭގައި ހިމެނޭ ފަރުހާދު ފިކުރީ އާއި އަހުމަދު ޝިފާންގެ މައްޗަށް ނުފޫޒު ބޭނުންކުރުމާއި އަހުލާގީ ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފައި. މި މައްސަލަތަކާ ގުޅިގެން ސީނިއާ އޮފިސަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާއިރު، މީގެ ކުރިން މަގާމުން ވަކިކުރަން ނިންމި އަހުމަދު މުހައްމަދު (ޓޫފޯ) ވެސް ވަނީ މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފަ. މި ތިން ބޭފުޅުންނަކީ ވެސް މިހާރުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ބޭފުޅުންކަން ފާހަގަކުރެވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 11:07
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި ޝިފާން (މ)، ފަރުހާދު (ކ) އަދި ޓޫފޯ (ވ).

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި ޝިފާން (މ)، ފަރުހާދު (ކ) އަދި ޓޫފޯ (ވ). | ރާއްޖެ އެމްވީ

ފުލުހުންގެ ހުސްވެފައިވާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލަ އާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ޝައުގުވެރިކަން ފާޅުކޮށްފި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 3 އޮފިސަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. މި 3 މީހުންނަކީ ވެސް މި ސަރުކާރާއި ވަރަށް ގާތްގުޅުން އޮންނަ 3 އޮފިސަރުންނެވެ. 

މީގެ ތެރެއިން މިހާރުގެ އެކްޓިން ކޮމިޝަނަރު ކަމަށް ހުންނެވި ފަރުހާދު އަދި ޝީފާން އަކީ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ 2 ފަރާތެވެ. ނަމަވެސް އޭނާއަށް ތުހުމަތުކުރެވޭ މައްސަލަތައް ސާބިތު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނު ވަނީ ވިދާޅުވެފަ އެވެ. 

ނަމަވެސް ނޮވެމްބަރު 2025 ގައި ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި 241 ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޝިފާން އާއި ފަރުހާދުގެ ކިބައިން ފެންނަމުން އަންނަ ގާނޫނާއި ގަވާއިދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ ސަބަބުން މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އެ ދެބޭފުޅުންގެ ނުރަނގަޅު ނުފޫޒާއި، ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިޔަރ ލީޑަރޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި، އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުން ލައިގެން ދާކަން ފާހަގަ ކުރެވޭ ކަމަށެވެ. މި ކަންކަމުގެ ސަބަބުން ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ފުލުހުންގެ މުއައްސަސާއާއި މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މުއައްސަސާ ނުކުޅެދި، ފެއިލްވެ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

މި ސިޓީއާއެކު ޝިފާން އާއި ފަރުހާދުގެ ފަރާތުން ހިނގާފައިވާ އަދި މިހާރު ވެސް ހިންގަމުން އަންނަ ގާނޫނާއި ގަވާއިދު އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ މައުލޫމާތުގެ މައްޗަށް އެކުލަވާލެވިފައިވާ ދެ ރިޕޯޓެއް ވަނީ ހުށަހަޅާފަ އެވެ.

ޝިފާން އާއި ފަރުހާދުގެ މައްޗަށް ކުރެވޭ ސީރިއަސް އެތައް ތުހުމަތެއްގެ ވާހަކަތައް ވަރަށް ތަފްސީލާއެކު ހިމަނާފައި ވާއިރު، ޝިފާންގެ މައްޗަށް ފުލުހުންގެ ސީނިއަރ އޮފިސަރުންތަކެއް ފްރޭމް ކުރަން އުޅުމުގެ ތުހުމުތާއި، ޖިންސީ ފުރައްސާރަކުރި މައްސަލާގެ ތުހުމަތަކުގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ފަރުހާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، ފަރުހާދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ނައްތާލި ކަމުގެ ތުހުމަތެވެ. 

މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެހެން ބަޔަކާ ބައިވެރިވެގެން ފަރުހާދުގެ ދަރިފުޅު ކުއްޖަކު ރޭޕް ކުރި މައްސަލައެއް 2018ގައި ތަހުގީގަށް ފޯނެއް ހިފެހެއްޓި އެވެ. ނަމަވެސް އެ ފޯނުގައި ހުރި ވީޑިއޯއާއި ފޮޓޯ ޑިލީޓުކޮށް، އިތުރު ހެކިތައް ފަރުހާދު ނައްތާލާފައިވާ ކަން ޖިނާއީ ތަހުގީގަށް އެނގުނު ކަމަށް ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެއިތުރުން، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި ކަމަށް ސިޓީގައިވެއެވެ. ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ލިބުނު ހެކިތަކެއް ނައްތާލަފައިވާކަން ފާހަގަކޮށް، ޕީޖީން ވަނީ ޕޮލިހަށް ސިޓީއެއް ފޮނުވާފަ އެވެ.

މީގެ އިތުރުން 2024 ފެބްރުއަރީ މަހު 27 ވަނަ ދުވަހުގެ ރޭ އޭނާގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ދުއްވުމުން މަޑު ކުރަން އެންގި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި އަމަލުކުރި ގޮތްވެސް ހިމެނެ އެވެ. އެ މައްސަލައިގައި ދަރިފުޅު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިހަށް ހާޒިރުކުރުމުން، ޑީސީޕީ ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން އެ މައްސަލައިގެ ތަހުގީގު ހުއްޓުވި ކަމަށާއި ދަރިފުޅު ދުއްވި ސައިކަލު ޓޯކޮށްފައި ހުއްޓައި ގަވައިދާ ޚިލާފަށް ޓޯޔާޑުން ނެރުނު ކަމަށް ފަރުހާދަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން ފަރުހާދު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައި އޮތްކަން 241 ކޮމިޓީއަށް ފުލުހުންގެ އިސް ރޭންކުގެ އޮފިސަރުން ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި ޓޫފޯގެ މައްސަލަތަކެއް ވެސް ފެންމަތިވެ، ފުލުހުންގެ އެތެރެއިން އެ މައްސަލަތައް ތަހުގީގު ކުރި އެވެ. ޓޫފޯއަކީ ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަގާމުން ވަކި ކުރަން ނިންމި ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަށް އަލުން މަގާމު ދިނީ މި ސަރުކާރުންނެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ ތެރޭގައި ރިޓަޔާކުރެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. 

އަހުމަދު ޝިފާން ފަރުހާދު ފިކުރީއަހުމަދު މުހައްމަދު (ޓޫފޯ)އަލީ އިހުސާންނަވީން އިސްމާއީލް241 ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

05 މާރިޗު 2026
ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

05 މާރިޗު 2026
އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު