Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދިންނަށް އަނިޔާ އިތުރުވޭ

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ބެލެނިވެރިން އިތުރަށް ސަމާލުވުމަށް ހޯމް މިނިސްޓަރު އިލްތިމާސްކުރައްވައިފި. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 92 މައްސަލައެއް ހުށަހަޅާފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 24 އެޕްރީލު 2026 | ހުކުރު 13:15
ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން | ރައީސް އޮފީސް

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އެކަމާ މެދު ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އިހުސާން މިހެން ވިދާޅުވެފައިވާ އިރު ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މާޗު މަހު އެކަނި ވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 92 މައްސަލަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާއަރަކަށްވި 19 ކުއްޖެއްގެ މައްސަލަ ހިމެނެ އެވެ. އަދި ބުލީ ކުރުމުގެ ޝިކާރައަކަށްވި 2 ކުއްޖެއްގެ މައްސަލައިގެ އިތުރުން ޖިންސީ އަނިޔާ ލިބުނު 13 ކުއްޖެއް އަދި ގްރޫމް ކުރުމުގެ 5 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ  ފުލުހުންނަށް ހުށަހަޅާ ކުޑަކުދިން ކުށުގެ ވެށީގައި އުޅުމުގެ މައްސަލަތަކަށް ވުރެ، ކުޑަކުދިންނަށް އަނިޔާވެގެން ހުށަހަޅާފައިވާ މައްސަލަތައް އިތުރު ކަމަށެވެ. މިނިސްޓަރ ވަނީ ކުޑަކުދިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި ޖިންސީގޮތުން އަނިޔާ ލިބިގެން ހުށަހަޅާ މައްސަލަތައް އިތުރުކަން ފާހަގަކުރައްވާފަ އެވެ.

"ކުޑަކުދިންނަށް ގޯނާ ކުރުމާއި އަނިޔާކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ގިނަ. މިފަދަ ކަންތައްތަކަށް ސަމާލުވާން ޖެހޭ." ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރ އިހުސާން ވަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ. މިފަދަ މައްސަލަތައް ލަސްނުކޮށް ރިޕޯޓްކުރުމަށާއި ކުއްޖާ އަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން ލަސް ނުކުރުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.


އަލީ އިހުސާންފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީކުޑަކުދިންނަށް ކުރާ އަނިޔާޖިންސީ ގޯނާގެވެށި އަނިޔާ

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟

23 އެޕްރީލު 2026
މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟
20 އެޕްރީލު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

20 އެޕްރީލު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
17 އެޕްރީލު 2026

8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

17 އެޕްރީލު 2026
8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ
26 މާރިޗު 2026

ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

26 މާރިޗު 2026
ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު
10 މާރިޗު 2026

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަނުގެ މުއައްޒަފުންގެ މުސާރަ އަދި ވެސް ބޮޑެއް ނުވޭ، ޖަވާބުދާރީ ވާނެ މީހެއް ވެސް ނެތް!

10 މާރިޗު 2026
ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަނުގެ މުއައްޒަފުންގެ މުސާރަ އަދި ވެސް ބޮޑެއް ނުވޭ، ޖަވާބުދާރީ ވާނެ މީހެއް ވެސް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު