Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޕޭރެންސީ މޯލްޑިވްސް

ޖިންސީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވަން ޖެހޭ، އެއީ މަސައްކަތުގެ ވަކި ހާއްސަ މާހައުލެއްގައި ހިނގާ ކަމެއް ނޫން: ޓްރާންސްޕޭރަންސީ

މަސައްކަތުގެ މާހައުލުގައި ބާރުވެރި މަގާމުތަކުގައި ތިބޭ ފަރާތްތަކުން ނާޒުކު ހާލަތްތަކުގައި ތިބޭ މުވައްޒަފުންގެ ނާޖާއިޒު ފައިދާ ނަގައި، ޖިންސީ އަމަލުތަކަށް މަޖުބޫރުކުރުވާ ކޮރަޕްޝަންގެ މައްސަލަތައް އިތުރުވަމުންދާކަން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ. މިފަދަ އަމަލުތަކަކީ މާލީ މަންފާގެ ބަދަލުގައި ޖިންސީ އަމަލުތައް ހިމެނޭ ކޮރަޕްޝަންގެ ނުރައްކާތެރި ބާވަތެއް ކަމަށް އެ އިދާރާއިން ބުނޭ. އެހެންކަމުން، މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ނޭދެވޭ އަމަލުތަކާ ދެކޮޅަށް އެންމެން އެކުގައި އަޑުއުފުލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 މެއި 2026 | ހުކުރު 12:52
ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވުން

ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވުން

މެއި 1 ގައި ފާހަގަ ކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހު، ޖިންސީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވެ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ. 

މެއި މަހު ގެ 1 ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޓްރާންސްޕޭރަންސީ އިން ވަނީ ޖިންސީ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާ ޕޯސްޓުތަކެއް ހިއްސާ ކޮށްފަ އެވެ. 

ޓްރާންސްޕޭރަންސީ އިން ބުނީ މިފަދަ ކޮރަޕްޝަންގެ އަމަލުތަކަކީ ފައިސާ އާއި މާލީ މަންފާގެ ބަދަލުގައި ޖިންސީ އަމަލު ހިމެނޭ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ. އަދި މިއީ ވެސް އާންމު ވަމުންދާ ކަމެއް ކަމަށާ ބާރުވެރި މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ހިންގަން ނުވަތަ އެފަދަ ކަމަކަށް އެދިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ޓްރާންސްޕޭރަންސީ އިން ވަނީ ބުނެފަ އެވެ.

މިދަފަ ކޮރަޕްޝަންގެ އަމަލުތަކުގައި ފައިސާގެ ބަދަލުގައި ބަދަލު ކުރާ އެއްޗަކީ ޖިންސީ އަމަލު ކަން އެ އިދާރާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

ނަޒާހާތްތެރި ނޫން މީހަކު ބާރުވެރި މަގާމެއްގައި ހުރެއްޖެ ނަމަ ކޮންމެ ފަދަ މާހައުލެއްގައި ވެސް ޖިންސީ ކޮރަޕްޝަންގެ އަމަލުތައް ހިނގާފާނެ ކަމަށާ އެއީ މަސައްކަތުގެ ވަކި ޚާއްސަ މާހައުލެއްގައި އެކަނި ހިނގާ ކަންކަން ނޫން ކަމަށް ޓްރާންސްޕޭރަންސީ އިން ވަނީ ބުނެފަ އެވެ. 

މިފަދަ ކަންކަން އާންމު ކޮށް ހިންގާ ފަރާތްތަށް ޖިންސީ ކޮރަޕްޝަން ހިންގުމަށް އެދޭނީ އޭނާ އަށް ބަރޯސާވާ ނުވަތަ ނާޒުކު ހާލަތްތަކުގައި ތިބޭ މުވައްޒަފުން ގެ ކައިރީގައި ކަމަށް ވެސް އެ އިދާރާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހެއް ފަދަ ދުވަހެއް ފާހަގަ ކުރާއިރު މިފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ މުހިއްމުކަން ޓްރާންސްޕޭރަންސީ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މަސައްކަތުގެ މާހައުލުގައި އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ޓްރާންސްޕޭރަންސީ އިން ވަނީ ގޮވާލާފަ އެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސްބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސްޖިންސީ ކޮރަޕްޝަން

އިތުރަށް ކިޔާލަން

01 މެއި 2026

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

01 މެއި 2026
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު
30 އެޕްރީލު 2026

މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!

30 އެޕްރީލު 2026
މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!
30 އެޕްރީލު 2026

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
05 އެޕްރީލު 2026

އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ

05 އެޕްރީލު 2026
އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ
01 އެޕްރީލު 2026

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

01 އެޕްރީލު 2026
ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު
29 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

29 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ
14 މާރިޗު 2026

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

14 މާރިޗު 2026
ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި
10 ފެބުރުއަރީ 2026

ކަރަޕްޝަން ހުއްޓުވުމަށް ހުރަސް އެޅުނު ކަންތައްތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ

10 ފެބުރުއަރީ 2026
ކަރަޕްޝަން ހުއްޓުވުމަށް ހުރަސް އެޅުނު ކަންތައްތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ
10 ފެބުރުއަރީ 2026

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

10 ފެބުރުއަރީ 2026
ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ
10 ފެބުރުއަރީ 2026

ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު