Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚިޔާލު ހޯދުމުގެ ވޯޓު

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

ނިޔާޒު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކާމެދު ސުވާލު އުފެދިފައިވާ ކަމަށާއި، ރިފެރެންޑަމް އިންތިޚާބަކީ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އީސީގެ މަޖުބޫރުކޮށްގެން ބާއްވާ އިންތިޚާބެއް ކަމަށް. އަދި މި އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވަން އެކަށީގެންވާ ވަގުތު ނުލިބޭތީ އިންތިޚާބުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ހަމައެކަނި އެއްކޮޅަށް ވާހަކަދައްކަމުންދާ ކަމަށް ނިޔާޒު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 އެޕްރީލު 2026 | ބުދަ 05:05
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އިލެކްޝަން ކޮމިޝަން (އީސީ)ގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިޔާޒު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން  ވެސް އެކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.  

މިހާރު ވެސް މިއިންތިޚާބުތަކުގެ މިނިވަންކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ ރިފެރެންޑަމް އިންތިޚާބަކީ ވެސް މިސަރުކާރުން ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން އީސީއަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް ކަމަށެވެ. އަދި މިއިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަނީ ރަނގަޅަށް ނޫން ކަމަށާއި، ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މުއްދަތެއް ނުލިބޭ ކަމަށް ކޮމިޝަނުން ވެސް ގަބޫލުކުރާ ކަމަށެވެ. 

ނިޔާޒު ވިދާޅުވީ އީސީން އަދި ދައުލަތުގެ އިދާރާތަކުން ދައްކަމުން ދަނީ ހަމައެކަނި އާއެކޭ ބުނަން ޖެހޭ ސަބަބުންތައް އެކަނި ކަމަށާއި، ނޫނެކޭ ބުނަން ޖެހޭ ސަބަބެއް ވެސް އީސީން ހުށަހެޅި ކަރުދާހުގައި ނެތް ކަމަށެވެ. މިގޮތަށް ކަންކަން ކުރާއިރު، ރިފެރެންޑަމް އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޮންނަންވާނީ ހަމައެކަނި އާއެކޭ ބުނާ ގޮޅި ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތައް ގެންނައިރު ހަމައެކަނި އެއްކޮޅަށް ދައުލަތުގެ މުއައްސަސާތަކުން ވާހަކަ ދައްކައިގެން ރައްޔިތުންނަށް މަޖުބޫރު ހާލަތެއްގައި ތިބެގެން ވޯޓުލާ ވޯޓުލުމަކީ އިންސާފުވެރި އިންތިޚާބަކަށް ވެގެންނުދާނެކަން. އެހެންވީމަ ހަގީގަތުގައި އިލެކްޝަން ކޮމިޝަންގެ މައްޗަށް މަޖުބޫރުކޮށްގެން އަޅުގަނޑުމެން ކުރިން ވެސް ފާހަގަކުރިހެން ރައީސުލްޖުމްހޫރިއްޔާ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އިލެކްޝަން ކޮމިޝަނުން. ފާހަގަކުރި އެބޭފުޅުން ވިދާޅުވި ތިމަންނާމެން ބުނީމޭ އެންމެ މަދުވެގެން 120 ދުވަސް ބޭނުންވާނޭ އިންތިޚާބަށް ހޭލުންތެރި ކުރުވުމަށް ނުވަތަ މިކަންތައް އިންތިޒާމް ކުރުމަށް. އެހެންނަމަވެސް ކޮމެޓީ މަރުހަލާގައި އެކަން ބަދަލުކޮށް 45 ދުވަހަށް މިކަން ކުރުކޮށްގެން ގެންދިޔައީ. ނަތީޖާއަކަށްވެގެން ދިޔައީ އަވަސް އަރުވާލައިގެން އިލެކްޝަން ކޮމިޝަނުން ހަގީގަތުގައި މިއިންތިޚާބަށް އެކަށީގެންވާ މިންވަރަށް ރައްޔިތުން ހޭލުންތެރި ނުކުރުވާ ރައްޔިތުން ވޯޓެއް ލުމަށް މި މަޖުބޫރު ކުރުވަނީ.

ނިޔާޒު ވިދާޅުވި ރިފެރެންޑަމް އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރި ނަމަވެސް މިހާރު މިވާނުވާ ރައްޔިތުންނަށް އެނގޭ ކަމަށާއި، މުޅި ރާއްޖޭގެ ރޫހު އޮތީ މިއިންތިޚާބަށް ނޫނެކޭ ބުނުމަށް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ބޭފުޅުންނާ ޕީއެންސީގެ ސަޕޯޓަރުން ވެސް ރިފެރެންޑަމް އަށް ނޫނެކޭ ބުނާނެ ކަމަށެވެ.

އަލީ ނިޔާޒްއިލެކްޝަންސް ކޮމިޝަންއެމްޑީޕީޓްރާންސްޕޭރެންސީ މޯލްޑިވްސްޚިޔާލު ހޯދުމުގެ ވޯޓު

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

01 އެޕްރީލު 2026
 އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން
31 މާރިޗު 2026

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.
31 މާރިޗު 2026

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

31 މާރިޗު 2026
"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް
31 މާރިޗު 2026

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

31 މާރިޗު 2026
އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު
31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު