Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަޒީފާ އާ ބެހޭ ގާނޫނު

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިމުމަށްފަހު ދަރިފުޅަށް ދެ އަހަރު ފުރެންދެން ކުއްޖާ ބެލުމަށް ވަގުތު ދިނުމާއި، މަސައްކަތްތެރިންގެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި. މީގެއިތުރުން ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީއިން ކުދި ވިޔަފާރިތައް އިސްތިސްނާކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފައިވޭ.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 17:38
ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި | ރައީސް އޮފީސް

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2026 މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

Advertisement - newsAdvertisement

މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ޙައްޤުތައް ލިއްބައިދޭ މޭރުމުން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން 2 (ދޭއް) އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ޤާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ވަޒީފާއާއި ބެހޭ ގާނޫނުރައްޔިތުންގެ މަޖިލިސްބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026
ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

 އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

12 މާރިޗު 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު