Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކަރަޕްޝަން ހުއްޓުވުމަށް ހުރަސް އެޅުނު ކަންތައްތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ

2025 ވަނަ އަހަރުގެ ކަރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްގައި ރާއްޖެއަށް 39 ޕޮއިންޓް ލިބިފައިވާއިރު، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބާރުތައް މަރުކަޒުވެ، މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެފައިވާކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކުރޭ. މީގެ އިތުރުން މީޑިއާ ރެގިއުލޭޓްކުރުމުގެ އާ ގާނޫނާއި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި ރައްޔިތުންގެ ބައިވެރިވުން ހަނިވެ، ޖަވާބުދާރީކުރުވުމުގެ ނިޒާމު ބަލިކަށިވަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 14:26
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން | ރާއްޖެއެމްވީ

ކަރަޕްޝަން ހުއްޓުވުމަށް ހުރަސްއެޅުނު ސަބަބުތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި "ސްޓޭޓް ކެޕްޗާ" ގެ ނުރައްކާ އަދި މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ ހިމެނޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ. 

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އާންމުކުރި 2025 ވަނަ އަހަރުގެ ކަރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީ.ޕީ.އައި) ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 39 ޕޮއިންޓްގެ ނަތީޖާއެކެވެ. މިކަމާއިގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކަންކަން ދިމާވީ ދާދިފަހުން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ބާރުތައް ވަރަށް ބޮޑަށް ޖަމާކުރެވި، "ސްޓޭޓް ކެޕްޗާ" ގެ ނުރައްކާ އިތުރުވެފައިވާތީ އެވެ. ނޮވެމްބަރު 2024 ގައި، އަވަސް ގޮތެއްގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ސަބަބުން، ޑިމޮކްރެޓިކް "ޗެކްސް އެންޑް ބެލެންސަސް" (އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު) ބަލިކަށިވެ، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ހަނިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. މީގެ އިތުރުން، ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރުން ފަދަ ޝަރުއީ ދާއިރާއަށް އައި ބަދަލުތަކުގެ ސަބަބުން، ކޯޓުތަކުގެ މިނިވަންކަމަށް ބުރޫއަރައި، ޝަރުއީ މަރުހަލާތަކަށް ވެރިކަން ހިންގާ ބާރުގެ ނުފޫޒު ފޯރުވުމަށް މަގުތައް ހުޅުވިފައިވާ ކަމަށް އެޖަމިއްޔާ އިން ބުނެ އެވެ. 

Advertisement - newsAdvertisement

އަދި ހަމައެއާއެކު، ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ގާނޫނުތަކަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން، އިދާރީ ހިންގުމާއި ގޮތް ނިންމުމުގެ މުހިންމު ބާރުތައް ކައުންސިލްތަކުގެ އަތުން މަރުކަޒީ އިދާރާތަކަށް ވަނީ ބަދަލުކުރެވިފައި ކަމަށާއި، މީގެ ސަބަބުން ރަށުފެންވަރުގައި ކަންކަން ނިންމުމުގެ ބާރުތައް ކުޑަވެ، މުޖުތަމައުގެ ބައިވެރިވުމާއި ފާރަވެރިވުން ކުޑަވެ، ރައްޔިތުންގެ ބައިވެރިވުން އޮންނަ ހިންގުމުގެ ނިޒާމު ބަލިކަށިވުން އެކަށީގެންވާ ކަމަށެވެ. 

ހަމައެއާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބި އެމުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިގެންދާ ކަމަށާއި، މިފަދަ ފާރަވެރި މުއައްސަސާތަކުގެ މިނިވަންކަން ކުޑަވުމަކީ "ސްޓޭޓް ކެޕްޗާ" ގެ ނުރައްކާ އިތުރުވެ، ދެފުށް ފެންނަ މިންވަރު ނުވަތަ ހާމަކަން ކުޑަވެ، ސަރުކާރާއި ދައުލަތުގެ މުހިންމު މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނު ފާސްވުމާއެކު، މަދަނީ މާހައުލާއި މީޑިއާއަށް އޮތް ހުރަސްތައް އިތުރުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެ އެވެ. މިއީ މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށް އެޖަމިއްޔާއިން ބުނެ އެވެ. މި ގާނޫނުން ވަނީ ކުރިން އޮތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބަދަލުގައި 7 މެންބަރުންގެ މައްޗަށް އެކުލެވޭ އާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އެއް އުފައްދާފައި ކަން ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ތެރެއިން 3 މެންބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުން ކަމަށާއި، މީގެ ސަބަބުން ރެގިއުލޭޓަރީ އިދާރާގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުމުގެ ރޫހަށް ބުރޫއަރައި، މީޑިއާ ބަލަހައްޓާ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަށް މަގުފަހިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބާރުތައް މަރުކަޒުކޮށް، މީޑިއާ މުއައްސަސާތަކުގެ އަމިއްލަ މިނިވަންކަން ހަނިކުރުމުގެ ސަބަބުން، ޑިމޮކްރެޓިކް ހިންގުން އިތުރަށް ބަލިކަށިވެ، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑުކުރުމާއި، އަދި ރައްޔިތުންގެ މާނަވީ ބައިވެރިވުމަށް އޮތް ޖާގަ ހަނިވެގެންދާ ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެ އެވެ. 

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާއި މެދު ގޮތެއް ނިންމުމަށް ބޭއްވުނު ފެންނަ ނުފެންނަ ވޯޓުން ވެސް ފާހަގަ ވެގެން ދިޔައީ މުހިންމު މިފަދަ ނިންމުންތަކުގައި، އަވަސް އަރުވާލައިގެން ކުރިއަށްގެންގޮސް އާންމުންގެ މާނަވީ މަޝްވަރާ ހޯދުމުގެ ފުރުސަތު ހަނިވެފައިވާ މިންވަރު ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ހާމަކަން ބޮޑުކުރުމަށް ހުރަސްއެޅި، ރައްޔިތުންގެ ބައިވެރިވުން ކުޑަވެ، ކޮރަޕްޝަން ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރިވާ ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ބަލިކަށިވެގެންދާ ކަމަށް އެޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސްކަރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

10 ފެބުރުއަރީ 2026
ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

10 ފެބުރުއަރީ 2026
ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

18 ޑިސެމްބަރު 2025
ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ

ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ

23 އެޕްރީލު 2024
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

22 އެޕްރީލު 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު