Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

18 އެޕްރީލު 2026 | ހޮނިހިރު 04:54

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ޖުމްލަ 14 ފޮއްޓަކާއެކު މިއަދު ވަނީ ފަށާފައި. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 6،093 މީހުންނަށް ހަވީރު 4:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު، އީސީން ވަނީ ވީހާވެސް އަވަހަކަށް ވޯޓުލުމަށް އިލްތިމާސްކޮށްފައި. މި ބުރުގައި ވޯޓުލުން ކުރިއަށްދަނީ ބ. ދޮންފަނާއި، ފުވައްމުލައް ސިޓީގެ އިތުރުން ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގެ ގޮނޑިތަކަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 18 އެޕްރީލު 2026 | ހޮނިހިރު 04:54
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އާންމުންގެ މީހަކު ވޯޓުލާން އައިސް.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އާންމުންގެ މީހަކު ވޯޓުލާން އައިސް. | ރާއްޖެ އެމްވީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ. 

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ، މި ދެ އިންތިޚާބުގެ ދެވަނަ ބުުރުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައި ފަށާފައިވާ ކަމަށާއި، ހަވީރު 4:00އާ ހަމައަށް ކުރިއަށްދާ ކަމަށެވެ. 

Advertisement - newsAdvertisement

އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށެވެ. 

އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަގާމަށެވެ.

އީސީން ބުނީ، މި އިންތިޚާބުގެ ވޯޓުލުން އެ ދާއިރާތަކަށް ނިސްބަތްވާ ރަށްރަށާއި ސިޓީތަކުގެ އިތުރުން މާލެ ސިޓީގައި ކުރިއަށްދާ ކަމަށެވެ. އަދި މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގައި ކޮންމެ ތަނެއްގައި 2 ފޮށި އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. 

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރކޮށްފައި ވަނީ 6093 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 2901 އަންހެނުންނާއި 3192 ފިރިހެނުންނެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް އެ ހައްގު އަދާ ކުރުމަށް އީސީން އިލްތިމާސްކޮށްފައިވެ އެވެ. 

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

17 އެޕްރީލު 2026
ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި
17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން
17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
17 އެޕްރީލު 2026

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

17 އެޕްރީލު 2026
މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް
16 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި
14 އެޕްރީލު 2026

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ
13 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި
13 އެޕްރީލު 2026

ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

13 އެޕްރީލު 2026
ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!
11 އެޕްރީލު 2026

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު

11 އެޕްރީލު 2026
ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް