Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުޒާހަރާއަށް ފިޔަވަޅު އަޅަން ގޮވާލުން

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

މުޒާހަރާތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، ނަފުރަތު އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އިން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައިފި. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އަނެކާގެ ހައްގުތަކަށް އިހުތިރާމްކޮށް، އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވޭ. މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ރާވާއިރު އާންމު މަސްލަހަތު އިސްކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ބާއްވާ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން އެއްބާރުލުން ދިނުމަށް ވެސް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 18:48
އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން.

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން. | އެމްޑީޕީ

މުޒާހަރާތަކުގައި މިންގަނޑާ ހިލާފުވާކަމަށާއި ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިތާ 12 ގަޑި އިރު ނުވަނީސް މުޒާހަރާތަކުގައި ހިޔާލުފާޅުކުރުމުގެ ހައްގު އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން ބޭނުން  ކުރުމަށާއި، ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި އެވެ. 

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މުޒާހަރާކުރިއަސް ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ. މަގުމަތީގައި މުޒާހަރާކޮށް ހެދީމާ ވަރަށް ގިނަ ރައްޔިތުންނަށް އަދި ވިޔަފާރިތަކަށް ވެސް އުނދަގޫވާ ކަމަށެވެ. އެ ހުރިހާ ކަމަކަށް ވިސްނައިގެން ޑިމޮކްރަޓިކް ރައިޓްސްގެ ބޭނުން ހިފުން ރަނގަޅުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ތަނަކަށް އެއްވިޔަސް ގާނޫނާއި ގަވާއިދުތަކާއި އިސްލާމީ ހުދޫދުތަކާ އެއްގޮތަށް އަމަލުތަކާއި ބަހުރުވަ ހުންނަންޖެހޭނެ ކަމަށެވެ. އަދި ފިޔަވަޅު އެޅުން ގެންދަވަނީ ވަރަށް ލިމިޓެޑްކޮށް ކަމަށެވެ. އަދި ކިރިޔާވެސް ފިޔަވަޅު ނާޅާވެއްޖެއްޔާ ފުރުސަތު ދެމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މިފަދައިން ވިދާޅުވެފައިވަނިކޮށް އެޗްއާރުސީއެމްއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި، ސިލްސިލާ ގޮތެއްގައި މާލޭސިޓީގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، އެވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރުލިބޭގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކައި އާންމުވަމުންދާ ކަމަށެވެ. 

އަދި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށް ބުނެފައިވެ އެވެ. ބަޔާނުގައި ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ޙައްޤެއްކަމުގައި ވީނަމަވެސް، މި ޙައްޤުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުޑަނުވާނެގޮތަށެވެ.

ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު އަމަލުތަކެއްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، ކަންބޮޑުވާކަމެއް ކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެ އެވެ. އަދި މިފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ ޢަމަލުތައް ނުކުރުމަށާއި، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާ ތަކުން މިކަންކަމަށް އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން އެޅުމަށް ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ. 

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި، އެހެން މީހުންގެ އިންސާނީ ކަރާމަތަށާއި ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން އިސްކޮށް، ހަމަނުޖެހުން ހިންގުމަށާއި، އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރަން. ހަމަ މިއާއެކު، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، މިފަދަ ކަންކަން ނުހިނގާނެގޮތަށް ސިޔާސީ ހަރަކާތްތައް ރޭއްވުމަށް އިސްކަންދެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލަން. އަދި ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި ކުރިޔަށް ގެންދެވޭ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މި ކޮމިޝަނުން ގޮވާލަން.
އެޗްއާރުސީއެމް

ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދަވާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އިލްތިމާސްކުރާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެޗްއާރްސީއެމްމާލެ ސިޓީޤާނޫނުއަސާސީދުލާއި ގަލަމުގެ މިނިވަންކަންމުޒާހަރާތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނުކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި

ރައީސް މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނުކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި

20 އެޕްރީލު 2026
މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

20 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު