Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޮނޑި ގެއްލޭ އިސްލާޙު

ގޮނޑި ގެއްލޭ އިސްލާޙުގެ ސަބަބުން މެމްބަރުކަމުން ވަކިވެދާނެކަމުގެ ބިރަށް އިސްކުރަން ޖެހެނީ ސިޔާސީ މަސްލަހަތާއި ނުފޫޒު: ޝުޖޫން

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލު އެއްޗެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ނިންމި ނަމަވެސް، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު ތަފާތު. ޝުޖޫންގެ ރައުޔުގައިވަނީ މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަމަށް ލޮޅުން އަރައި، މެންބަރުން ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގެ ބަދަލުގައި ސިޔާސީ ނުފޫޒަށް ލެނބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 06:21
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއް.

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއް. | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލާން މެމްބަރުން ފަސްޖެހި، ސިޔާސީ މަސްލަހަތާއި ނުފޫޒު އިސްކުރަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ގޮނޑި ގެއްލޭ އިސްލާޙަކީ ބާތިލު އިސްލާޙެއްކަމަށް ކަނޑައެޅެން ނެތް ކަމަށާއި، މިއީ 20 ވަނަ މަޖިލީހަށްވެސް ހިނގާނެ އިސްލާޙެއްކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޙުކުމަށް ބަލާއިރު، ރައުޔު ތަފާތުވީ ހަމައެކަނި ފަނޑިޔާރު ޝުޖޫންއެވެ.

ޝުޖޫން ވިދާޅުވީ، މިއީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ދައުލަތަށް ބާރު ލިބިގެންވާ ގޮތާއި، އެ ބާރު ދެމި އޮންނާނެ ގޮތަށް ލޮޅުން އަރާ އިސްލާޙެއްކަމަށް ދެކިލައްވާ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ޝުޖޫން ވިދާޅުވީ މި އިސްލާޙުގެ ސަބަބުން ރައްޔިތުންނާއި އެ ރައްޔިތުންގެ މަންދޫބުންނާ ދެމެދު އޮންނަ ގުޅުމުގެ ތެރެއަށް ޤާނޫނުއަސާސީއާއި ޤާނޫނު ދަންނަ ގުޅުމުގެ ބޭރުން ތިންވަނަ ފަރާތަކުން ގޮތް ކަނޑައަޅައި، އެ ގުޅުން ނިމުމަކަށް ގެނައުމުގެ ފުރުސަތު ހުޅުވިގެން ދިއުމެވެ.

މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން މެމްބަރުން ސިޔާސީ ޕާޓީއާއި ގުޅުމާއި ޕާޓީން ވަކިވުމަށް އަމިއްލައަށް އޮންނަ އިޚުތިޔާރުގެ މައްޗަށްވެސް ހުރަސް އެޅިގެންދާކަން ޝުޖޫން ފާހަގަ ކުރެއްވިއެވެ.

މި އިސްލާޙުގެ ސަބަބުން ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް، ގޮނޑި ގެއްލިދާނެކަމުގެ ވިސްނުމުގައި ސިޔާސީ މަސްލަޙަތު އިސްކުރަން މަގުފަހިވެގެންދާކަމަށްވެސް ޝުޖޫން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެދާނެކަމުގެ ވިސްނުމުގައި އެމީހަކު އިންތިޚާބުކުރި ރައްޔިތުންގެ ހައްޤުގައި އަޑުއުފުލުމަށް ފަސްޖެހި، ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް، ސިޔާސީ މަސްލަހަތާއި ނުފޫޒު އިސްކުރުމުގެ، ނުވަތަ ކުރަން ޖެހުމުގެ ފުރުސަތު ބޮޑުވާތީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު 

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތެއްގެ ގޮތުގައި މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ވަކިވުން ހިމެނޭއިރު، އެ ޙާލަތުގައި ބުނާ ޤާނޫނަކީ އަދި ވުޖޫދުގައި އޮތް ޤާނޫނެއް ނޫންކަމަށް ދައުލަތުން ބުނެއެވެ. ނަމަވެސް ދައުލަތުން އެ ބުނާ ބުނުމަށް ބުރަވެވެން ނެތް ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެތަނުގައި އެ ބުނަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ވާހަކަކަމަށްވެސް ޝުޖޫން ވިދާޅުވިއެވެ.

ޝުޖޫން ވިދާޅުވީ، ކޯޓަށް ހުށަހެޅޭ މައްސަލައި ހިމެނެނީ މަޖިލީހުން އިޖުރާއަތާ އެއްގޮތަށް ފާސްކޮށްފައިވާ އިސްލާޙެއްނަމަވެސް، އެ އިސްލާޙަކީ ޤާނޫނުއަސާސީގައި ހުރި ސިފަތަކާ ޚިލާފަށް ފާސްކޮށްފައިވާ އިސްލާޙެއް ނަމަ އެކަމާ މެދު ސުޕްރީމް ކޯޓުން އެއްޗެއް ބުނެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެއީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރި ވުމުގެ އުސޫލުގެ ދަށުންވެސް ކުރެވޭނެ ކަމެއްކަން ޝުޖޫން ފާހަގަ ކުރެއްވިއެވެ.

  ޙައްޤުތަކާއި މިނިވަންކަމުގެ ދުރުމިން ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަށް ބެލުމުން އަހުރެންނަށް ފެންނަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ޙައްޤުތަކެއް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތުގެ ބޭނުން ހިފަން ނުޖެހޭ މަގަކުން ގޮސް، ބަދަލުކޮށްފައިވާ ތަން. މިއީ އިޖުރާއަތަށް އެކަނި ބެލި ނަމަވެސް، ޤާނޫނުއަސާސީގައި ބަޔާންވެ އޮތް ގޮތަށް ގެނެވިފައިވާ އިސްލާޙެއްކަމަށް އަހުރެންނަށް ނުފެނޭ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު 

ޝުޖޫން ވިދާޅުވީ، މި އިސްލާޙަކީ ޙައްޤުތަކާ ގުޅޭ ބާބު އަދި އައިސީސީޕީއާރް ފަދަ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަށް ހަނި ގޮތެއްގައި ނަމަވެސް އަސަރު ކުރާ އިސްލާހެއް ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ ފަދަ މާއްދާތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ހަނި ނުކުރެވޭނެ ޙައްޤެއްކަން ޝުޖޫން ފާހަގަ ކުރެއްވިއެވެ.

ޝުޖޫން ދެކިލައްވާ ގޮތުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަކީ ބާތިލު މާއްދާއެއްކަމަށް ކަނޑައަޅަން ޖެހެއެވެ.

 

އައިޝާ ޝުޖޫން މުޙައްމަދުސުޕްރީމް ކޯޓުމަޖިލިސްރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާޙު 20 ވަނަ މަޖިލީހަށްވެސް ހިނގާނެ: ސުޕްރީމް ކޯޓު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާޙު 20 ވަނަ މަޖިލީހަށްވެސް ހިނގާނެ: ސުޕްރީމް ކޯޓު

29 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

29 އެޕްރީލު 2026
ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު