Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީސީބީގެ މަސައްކަތް

ޕީސީބީ ޖަވާބުދާރީ ކުރުވުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް!

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ރިޕޯޓުތައް އާންމުކުރުން ލަސްވާތީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ޖަވާބުދާރީ ކުރުވުމަށް އެދި އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި. މި ޕެޓިޝަންގައި ބުނެފައިވަނީ ރިޕޯޓުތައް ޝާއިއުކުރުން އަހަރަކަށްވުރެ ގިނަ ދުވަހަށް ލަސްވުމަކީ ކުންފުނިތައް ޒިންމާދާރުކުރުވުމަށް އެޅޭ ހުރަހެއް ކަމަށާއި، އެހެންކަމުން މި މައްސަލަ ބަލައި މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2026 | އަންގާރަ 07:11
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ).

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ). | ރާއްޖެ އެމްވީ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ޖަވާބުދާރީ ކުރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މި ޕެޓިޝަން ހުށަހަޅާފައިވަނީ އަމިއްލަ ފަރާތެއްކަމަށްވާ މިދުޢަމް ސަޢުދު އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ޕީސީބީން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށެވެ. އެގޮތުން ޕީސީބީން އާންމު ކުރަން ޖެހޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ އަދި އަހަރީ ރިޕޯޓުތައް ހިއްސާ ކުރުން ލަސްކަމުގެ ކަންބޮޑުވުން މި ޕެޓިޝަންގައި ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، 2026 ގެ ފުރަތަމަ ކުއާރޓާ ނިމި ދެވަނަ ކުއާޓާރ ހިނގަމުން ދާއިރު ޕީސީބީއިން އެންމެ ފަހުން ނެރެފައިވާ ކުއާރޓާލީ ރިޕޯޓަކީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގެ ރިޕޯޓުކަން ފާހަގަކޮށް ޕެޓިޝަންގައި ބުނީ، ރިޕޯޓުތައް ޝާއިއު ކުރުމުގައި 12 މަސް ނުވަތަ 1 އަހަރުގެ ގެޕެއް އައުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ނުލިބޭ ސަބަބެއް ކަމަށެވެ.

ހަމައެއާއެކު، އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ކުރުވަން އެޅޭ ހުރަހެއް ކަމަށާއި، ކުންފުނިތަކުން އުސޫލުތަކާއި ހިލާފަށް ހިންގާ ކަރަޕްޝަނަށް މަގުފަހިވާ ކަންކަން ލަސްވުމުގެ ސަބަބުން ނުބަލާ ދޫކޮށްލަން ދެވޭ ފުރުސަތެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންކަމުން މި މައްސަލައިގައި އެދިފައިވަނީ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ޕީސީބީން ރިޕޯޓުތައް ޝާއިއު ކުރުން ލަސްވާ ސަބަބުތައް ސާފުކޮށް ހޯދާ ބެލުމަށެވެ. އަދި އެކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާ އެކަންކަން ހައްލު ކުރަން މަޖީލީހުން ކުރަން ޖެހޭ ކަންކަން ކަނޑައަޅައި ކުރުމަށްވެސް ޕެޓިޝަންގައި އެދިފައިވެ އެވެ.  

ޕީސީބީމަޖިލިސްސަރުކާރު ޖަވާބުދާރީކުރުވުން

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު
12 އެޕްރީލު 2026

މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފި!

12 އެޕްރީލު 2026
މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފި!
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
12 ޖެނުއަރީ 2026

ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި

12 ޖެނުއަރީ 2026
ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި
19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު