Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭ ޑޭ

މޭޑޭގެ ހިނގާލުން: "ސަރުކާރުން ޔުނިފޯމްގައި މުވައްޒަފުން ނެރުނީ މަސައްކަތްތެރިންނަށް ޖެއްސުމަށް"

1 މެއި 2026 | ހުކުރު 14:40

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެކި ދާއިރާތަކުގެ ޖަމިއްޔާތަކުން ބޭއްވި ހިނގާލުމުގައި، މިނިމަމް ވޭޖް މުރާޖައާކުރުމަށާއި ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ވަނީ ގޮވާލާފަ. މީގެ އިތުރުން މުދައްރިސުންގެ އިތުރުގަޑީގެ ފައިސާ އުނި ނުކުރުމަށާއި ސާވިސް ޗާޖު ޑޮލަރުން ދިނުމަށް ބާރުއަޅައި، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 1 މެއި 2026 | ހުކުރު 14:40
މޭޑޭ މުޒާހަރާ 01.05.2026

މޭޑޭ މުޒާހަރާ 01.05.2026 | ސޯޝަލް މީޑިއާ

ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ އަޑު އިއްވަން ބާއްވާ ހިނގާލުމާއި ދިމާކޮށް ސަރުކާރުން ޔުނިފޯމްގައި މުވައްޒަފުން ނެރެގެން ހިނގާލުމެއް ބޭއްވީ  މަސައްކަތްތެރިންނަށް ޖެއްސުމަށް ކަމަށް މަސައްކަތްތެރިންގެ ހިނގާލުން އިންތިޒާމް ކުރި ޖަމިއްޔާ ޖަމާއަތްތަކުން ބުނެފި އެވެ.

މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ހުކުރު ދުވަހު ހަވީރު ހިނގާލުމެއް ބާއްވާފައި ވާއިރު ހަމަ އެގަޑި އާއި ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ހިނގާލުމެއް ވަނީ ބާއްވާފަ އެވެ. މިއީ މަސައްކްތެރިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމުގެ ރޫހާއި ޚިލާފަށް މަސައްކްތެރިން އެދޭ ކަންކަން އިއްވަން ފުރުސަތު ނުލިބޭ ގޮތަށް ކުރި ކަމެއް ކަމަށް ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

އެ ހިނގާލުމުގައި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އާއި މުދައްރިސުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޕޯޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތައް ހޯދާދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ތަފާތު އެކި ދާއިރާތަކުގެ މަސައްކްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވެފައިވެ އެވެ. ސަރުކާރުގެ ހިނގާލުން ފެށުން ލަސްވުމުގެ ސަބަބުން މި އެއްވުން މަޑުޖައްސާލަން ވެސް ޖެހުނެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ފާޅުކުރި ޝުއޫރުތަކާއި އެކު ބައިވެރިންނަށް ކުރިއަށް ދާން ވަނީ ފުރުސަތު ދީފަ އެވެ. 

އެ ހިނގާލުމުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖް ރިވިއު ކުރުމާއި މަސައްކަތްތެރިންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލުމާއި، ޓީޗަރުންގެ އޯޓީ ލިމިޓު ނުކުރުމަށް ގޮވާލުމާއި، ސަރވިސް ޗާޖު ޑޮލަރުން ދިނުމާއި، މުދައްރިސުން ލައްވާ ކިޔެވުމާއި ގުޅުން ނެތް ކަންކަން ކުރުން ހުއްޓުވުން ހިމެނެ އެވެ. 

ހިނގާލުމުގައި ޝުއޫރު ފާޅުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން މަސައްކަތްތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ޝުއޫރު ފާޅުކޮށްފަ އެވެ.

މޭ ޑޭބޮޑުކަންނެލިންގެ މަސްވެރިންގެ ޔޫނިއަންމިނިމަމް ވޭޖްސަރވިސްޗާޖް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!

30 އެޕްރީލު 2026
މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!
08 ފެބުރުއަރީ 2026

ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

08 ފެބުރުއަރީ 2026
ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި
24 ޖެނުއަރީ 2026

އިތާފުށި މުވައްޒަފުންނަށް 85،000 ރުފިޔާގެ ސާވިސް ޗާޖެއް ދީފި

24 ޖެނުއަރީ 2026
އިތާފުށި މުވައްޒަފުންނަށް 85،000 ރުފިޔާގެ ސާވިސް ޗާޖެއް ދީފި
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
24 ޖޫން 2025

މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!

24 ޖޫން 2025
މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!
01 މެއި 2025

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް

01 މެއި 2025
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް
01 މެއި 2025

ޙާލުގައި ޖެހޭ ވަގުތު ސަލާމަތްވާނީ، ޙާލަތު ބަދަލު ކުރަން ގުޅިގެން މަސައްކަތް ކޮށްގެން: އިމްރާން

01 މެއި 2025
ޙާލުގައި ޖެހޭ ވަގުތު ސަލާމަތްވާނީ، ޙާލަތު ބަދަލު ކުރަން ގުޅިގެން މަސައްކަތް ކޮށްގެން: އިމްރާން
30 އެޕްރީލު 2025

އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން އެޕާޓީން ކުށްވެރިކޮށްފި

30 އެޕްރީލު 2025
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން އެޕާޓީން ކުށްވެރިކޮށްފި
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް