Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސައްކަތްތެރިންގެ ދުވަސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް

1 މެއި 2025 | ބުރާސްފަތި 14:35

އެތައް ހާސް ފިލިޕީނޯ މަސައްކަތްތެރިން ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ރިޔާސީ ގަނޑުވަރާ ކައިރިން. އެތަނުގައި ފުލުހުން ބެރިކޭޑްތަކާއެކު ބައެއް މަގުތައް ބަންދުކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 މެއި 2025 | ބުރާސްފަތި 14:35
ސައުތު ކޮރެއާގައި ކުރިއަށްދިޔަ މޭޑޭ ރެލީގެ ތެރެއިން

ސައުތު ކޮރެއާގައި ކުރިއަށްދިޔަ މޭޑޭ ރެލީގެ ތެރެއިން

މޭޑޭ ނުވަތަ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ އެ މީހުންގެ ހައްގުތަކުގެ ވާހަކަ ދެކެވޭ ދުވެހެވެ. މި ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވައެވެ.

ޓޯކިޔޯއިން ފެށިގެން ތައިވާން އަދި މެނީލާ އާއި ހަމައަށް، އޭޝިޔާގެ އެކި ކަންކޮޅުތަކުގައި މީހުން މޭ ޑޭ ފާހަގަކުރީ މާރޗްތަކާއި އިހުތިޖާޖުތަކާ އެކުގައެވެ. މީގެ ތެރެއިން ގިނަ އިހުތިޖާޖުތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށާއި ދުނިޔޭގެ އިޤްތިޞާދީ ހާލަތުގެ ދަށަށްދާ ދިއުމާއި ގުޅިގެން އުފެދިފައިވާ ބިރުވެރި ކަމާއި ގުޅިގެން ވަނީ އަޑު އުުފުލާފައެވެ. އެމެރިކާގެ ޝިކާގޯ، ލޮސް އެންޖެލެސް، ނިއު ޔޯކް ފަދަ ސަރަހައްދުތަކުގައި މޭޑޭ ފާހަގަކުރުމަށް ބޮޑެތި ރެލީތައް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ތައިވާނު، ސައުތު ކޮރެއާ، އިންޑޮނީޝިއާ، ފިލިޕީންސްގައި، ނޭޕާލް، ޕާކިސްތާން، ތުރުކީ އަދި އިންޑިޔާގައި ވަނީ މިދުވަސް ފާހަގަކުރުމުގެ ގޮތުން ރެލީތައް ބާއްވާފައިވެ އެވެ. މޭ ޑޭ ފާހަގަކުރުމަށް އިސްތަންބޫލުގައި ކުރިއަށްދިޔަ ރެލީގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ.

މޭޑޭގެ އެންމެ ބޮޑު އެއްވުމެއް ކުރިއަށްދިޔަ މެނީލާގައި، އެތައް ހާސް ފިލިޕީނޯ މަސައްކަތްތެރިން ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ރިޔާސީ ގަނޑުވަރާ ކައިރިންނެވެ. އެތަނުގައި ފުލުހުން ބެރިކޭޑްތަކާއެކު ބައެއް މަގުތައް ބަންދުކޮށްފައިވެ އެވެ.

މީގެ އިތުރުން މިދުވަސް ފާހަގަކުރުމަށް އިންޑޮނޭޝިޔާގައި، ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ޖަކާޓާގެ ނޭޝަނަލް މޮނިއުމަންޓް ޕާކުގައި އޭނާއަށް ހިތްވަރުދިން ހާސްތަކެއްގެ މަސައްކަތްތެރިންނާ މަރުޙަބާ ވިދާޅުވެފައެވެ. އަދި އެއްވެ ތިބި މީހުންނާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ވެރިކަންކުރާ އޭނާގެ ސަރުކާރުން އިންޑޮނޭޝިޔާއިން ފަޤީރުކަން ނައްތާލުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

ކޮންފެޑެރޭޝަން އޮފް އިންޑޮނޭޝިއަން ޓްރޭޑް ޔޫނިއަންސްގެ ރައީސް ސައީދު އިޤްބާލް ވިދާޅުވާ ގޮތުގައި، ދެކުނު އޭޝިޔާގެ އެންމެ ބޮޑު އިޤްތިޞާދުގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ މޭ ޑޭ މާރޗްތަކުގައި 200،000 އަށްވުރެ ގިނަ އިންޑޮނޭޝިއަން މަސައްކަތްތެރިން ވަނީ ބައިވެރިވެފައެވެ. އެމީހުން ގޮވާލާފައިވަނީ އައުޓްސޯސިންގ ގަވާއިދުތައް ނިމުމަކަށް ގެނައުމަށާއި، މުސާރަ ބޮޑުކުރުމަށާއި، އަދި ގޭތެރޭގެ މަސައްކަތްތެރިންނާއި ބޭރުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ހިމާޔަތްކުރުމަށެވެ.

ރާއްޖޭގައި މި ދުވަސް އެންމެ ފުރަތަމަ ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ފެށީ 2009 ގައި އެމްޑީޕީ ސަރުކާރުންނެވެ. މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހިނގާލުންތަކަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑެތި ހިނގާލުންތައް ކަމަށް ވަނީ ވެފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ގުޅިގެން ބޭއްވި ބިޔަބޮޑު މުޒާހަރާ ފާހަގަކޮށްލެވެއެވެ. އެއީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމަށް ވަނީ ވެފައެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި މާލޭގައި ކާނިވާ ސަރަހައްދުގައި ނޫނީ ސިޔާސީ އެއްވުމެއް ނުބޭއްވޭ ގޮތަށް ވެސް ކަނޑައެޅިއެވެ.

ރާއްޖޭގައިވެސް މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާ އިރު މިއަދު މަސައްކަތްތެރިންގެ އެތައް ހައްގެއް ވަނީ ގެއްލިފައެވެ. މަސައްކަތްތެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ސިޔާސީ ގޮތުން ބޭނުން ފިކުރެއް ގެންގުޅުމުގެ މިނިވަންކަމެއް ނެތެވެ. ސަރުކާރު ހިންގާ ޕާޓީން ބާއްވާ ޖަލްސާތަކަށް ދިއުން ލާޒިމުކުރެއެވެ. އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ މެންބަރެއް ނަމަ ވަޒީފާ ގެއްލުމުގެ ބިރު އޮވެއެވެ. ހާއްސަކޮށް އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކުގައި ބައިވެރިވެ ނުވަތަ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރާ ނަމަ ވަޒީފާ ގެއްލެއެވެ. ނުވަތަ ވަޒީފާ ދައްކުރެއެވެ. ނުވަތަ ތިމާ އުޅޭ ރަށް ނޫން އެހެން ރަށަކަށް ނުވަތަ މާ ދުރު ސަރަހައްދަކަށް ބަދަލުކުރެއެވެ. މިފަދަ އެތައް މަންޒަރެއް ދަނީ ފެންނަމުންނެވެ.

މިފަދަ އެތައް ދަތިތަކެއް މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ އިރު މިކަންކަމާ މެދު އަޑު އުފުލޭނެ ގޮތެއް ނެތެވެ. ހަޅުތާލުކުރުމާއި މުޒާހަރާކުރުމަކީ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ކަމަކަށްވީ ނަމަވެސް ގާނޫނުއަސާސީގެ މައްޗަށް ގާނޫނުތައް ހަދައި އެ ހައްގުތައް ވަނީ ހަނިކުރެވިފައެވެ. ނުވަތަ ނިގުޅައިގެންފައެވެ. އެކަމާ މެދު ބަހެއް ބުނެލާނެ އިދާރާއެއް ނެތެވެ. ގާނޫނުއަސާސީގެ މައްޗަށް ގާނޫނުތައް ބާރު ހިންގަމުންދާ އިރު އެއީ ގާނޫނާ ހިލާފް ނިންމުންތަކެއްކަން ބުނެދޭން އޮތް އިދާރާތަކާއި ސުޕްރީމް ކޯޓުން ބަހެއް ނުކިޔައެވެ. އެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކަށް އޮތް ހުރިހާ ދޮރެއް ވަނީ ބަންދުކޮށްފައެވެ. މަސައްކަތްތެރިންނަށް ވެސް އެ ވާހަކަ ދެއްކުމުގެ ހައްގެއް މި ސަރުކާރުގައެއް ނެތެވެ. އެހެން ކަމުން މަސައްކަތްތެރިންގެ ހައްގުތަކައިގެން އަޑު އުފުލޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

މޭ ޑޭމަސައްކަތްތެރިންއޭޝިއާމުޒާހަރާތައްޑޮނަލްޑް ޓްރަމްޕްދިވެހިރާއްޖެޖަކާޓާއިންޑޮނޭޝިޔާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް