Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޢަލީ ޙައިދަރު

މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!

ހޯމަ ދުވަހު މަޖިލީހުގައި ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވާހަކަދެއްކެވި ގޮތުން، ވަޒީރަށް ވަޒީރުގެ މެންޑޭޓްގެ ދަށުން ހިނގާ ކަންކަން ނޭނގެނީ ބާވައޭ ސުވާލު އުފެދެއެވެ. ޔަޤީންކަމަކީ މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތްކަމެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 16:37
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު

މިހާރުގެ ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު މި ސަރުކާރު ފެށުނު އިރު ހުންނެވީ ހައުސިން މިނިސްޓަރކަމުގައެވެ. މި ވެރިކަމުގައި އެންމެ އަވަހަށް އެންމެ ބޮޑަށް ޕްރެޝަރަށް ވެއްޓުނު ވުޒާރާ އަކީ ހައުސިން މިނިސްޓްރީއެވެ. އަދި އެންމެ އަވަހަށް ޕްރެޝަރ އަށް ވެއްޓުނު ވަޒީރަކީ ވެސް ހައިދަރުއެވެ.

އެހެން އެކަން އޮތް އިރު އޭރު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްވި ޖަވާބުތަކުން މީޑިއާތަކުގެ ފަލަސުރުހީތަކާއި، އާއްމުންގެ ފާޑުކިޔުމުގެ އަމާޒުފަތްގަނޑަކަށް ވަރަށް ފަސޭހައިން ހައިދަރު ވެވަޑައިގަންނަވައެވެ. އޭރު ހައުސިން މިނިސްޓަރކަމުގައި ވެސް, މިހާރު ވެސް އަޅުގަނޑަށް ވަޒީރުގެ ފާހަގަކުރެވުނު ކަމެއް ދަންނަވާލާނަމެވެ. އެއީ ޚާއްސަކޮށް މަޖިލީހަށް ނޫނީ ނޫސްވެރިންގެ ކުރިމައްޗަށް މިނިސްޓަރ ހާޒިރުވެވަޑައިގެންފި ނަމަ ޖަވާބު ދެވޭ ވާހަކަ އަށް ވުރެ ޖަވާބު ނުދެވޭ ވާހަކަތައް ގިނަވުމެވެ.

މިސާލެއް ފާހަގަކޮށްލާނަމެވެ. ކުރީގެ ވާހަކަތައް ބާއްވަމާ ހިނގާށެވެ. މާދުރަކަށް ނުދާނަމެވެ. "މައުޟޫއު އާއި ނުގުޅޭތީ ޖަވާބުދެވޭކަށް ނެތް."، " ދިރާސާކޮށް ނިމުނީމަ އެނގޭނެ."، "އަދި ނޭނގެ"، "އާދެ ކުރީ ސަރުކާރުން ވެސް ނުކުރޭ އެހެންވީމަ.." މިއީ ހައްތަހާވެސް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު ހޯމަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްވި ޖަވާބުގެ ބައިބައެވެ.

މިނިސްޓަރ މަޖިލީހަށް ހާޒިރުކުރައްވާފައި ވަނީ، ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ޖެހޭ ޢަދަދު ކޮންމެ ދެ އަހަރަކުން މުރާ ޖަޢާ ކުރަންވާނެކަމަށް ބަޔާންކޮށްފައި އޮތްއިރު އެކަން ނުކުރެވުނު ސަބަބާއި މެދު މިނިސްޓަރާއި ސުވާލުކުރުމަށެވެ. މިނިސްޓަރ ހާޒިރު ކުރީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށެވެ.

5 ވަރަކަށް މިނިޓް ވަންދެން ވާހަކަދެއްކެވި އިރު ސާފުވީ އެންމެ ކަމެކެވެ. އެއީ ކުރީ ސަރުކާރުން ވަޒީރަށް އަރައި ވަޑައި ނުގެންނެވުނު ކަމެވެ. ތަކުރާރުކޮށް ސުވާލު ކޮށްގެން ވެސް މި ސަރުކާރުން އެކަން ނުކޮށްވާ ސަބަބެއް ވިދާޅުވެ ދެއްވިފައެއް ނުވެއެވެ.

މިނިމަމް ވޭޖްގެ ޢަދަދު ކޮންމެ ދެ އަހަރަކުން މުރާ ޖަޢާ ކުރަންވާނެކަމަށް ބަޔާންކޮށްފައި އޮތްއިރު ޖަނަވަރީ 2022 އިން ފެށިގެން މިހާތަނަށް، 3 އަހަރަށްވުރެ ގިނަދުވަސްވެފައިވެއެވެ. ނަމަވެސް އެކަމަށްޓަކާ ކަނޑައަޅާ އަދަދު މުރާޖައާ ކުރުމުގެ ތާރީހު މިނިސްޓަރ ގުނުއްވަން ފެއްޓެވީ އެ ޤާނޫނު ތަންފީޒުކުރަން ފެށި ތަރީހަށް ވުރެ މާ ކުރިންނެވެ. އެހެންވީމަ "ކުރީ ސަރުކާރު"ގެ ލަވަ ކިޔަން ހަދައިގެން އަމިއްލަފުޅު ވުޒާގެ މެންޑޭޓުގައި ހިމެނޭ ކަންކަން އޮޅުވާލެއްވޭ އިރު ވެސް ވަޒީރަށް ރޭކާވެސް ނުލިއެވެ.

މެންޑޭޓުގެ ވާހަކައިން އަދި އެއްވާހަކަ ހަނދާން ވެއްޖެއެވެ. މި ސަރުކާރުން ދެން ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑެންޓް ލޯން ދޫ ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދައްކަވާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން ވަޒީރާއި މެމްބަރުން ސުވާލުކުރުމުން ވެސް ވަޒީރު ޖަވާބެއް ނުދެއްވައެވެ.

އެހެންވީމަ ވަޒީރަށް ވަޒީރުގެ މެންޑޭޓްގެ ދަށުން ހިނގާ ކަންކަން ނޭނގެނީ ބާވައޭ ސުވާލު އުފެދެއެވެ. ނޫނީ އެހެން ވަޒީރަކު މެންޑޭޓަށް އަރައިގަތަސް އެއްޗެއް ވިދާޅުވާން ކެރިވަޑައި ނުގަންނަވަނީ ބާވައޭ ވެސް ހިތަށް އަރައެވެ. އަނެއް ބައި ފަހަރު ގޯހެއް ހެދިދާނެތޯ ބިރުފުޅުން ޖަވާބު ނުދެއްވަނީއޭ ވެސް ހީވެއެވެ. ސަބަބު ސާފު ނުވިޔަސް ސާފުވީ އެއްކަމެއް އެބައޮތެވެ. އެއީ މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް ކަމެވެ. ދެން އެއީ ކޮން ސަބަބަކާއި ހުރެތޯ ތިބޭފުޅުން ނިންމަވާށެވެ.

ޢަލީ ޙައިދަރުހައުސިންގް މިނިސްޓްރީމިނިމަމް ވޭޖްލޭބަރ މިނިސްޓްރީމަޖިލީހުގެ ސުވާލު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު