Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްމާއިލް ރަފީޤު

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭސް ނުލިބުމުގެ މައްސަލަ ކުރިމަތިވެ، އާސަންދައިން ލިބޭ ބޭސްތައް މަދުވުމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވެއްޖެ. ސަރުކާރުން ބޭސް ގެންނަ ކަމަށް ބުނި ނަމަވެސް އާންމުންނަށް އޭގެ ފައިދާ ނުކުރާކަން ފާހަގަކުރައްވައި، ސިޔާސީ މުވައްޒަފުންގެ މުސާރައަށްވުރެ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް އިސްކަންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި. މި މައްސަލައިގައި އާންމުން ބޮޑު ތަކުލީފެއް އުފުލަމުންދާއިރު، މިއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުން މަހުރޫމްކުރާ ޚިދުމަތެއްތޯ ވެސް މޭޔަރު ވަނީ ސުވާލު އުފައްދަވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 09:32
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގް ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގް ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައިގައި މި ސަރުކާރުގެ ބޭފުޅުން މީޑިއާ ތަކަށް އަރައި، ބޭސް ގެނަސްފީމޭ ނުވަތަ ބޭސް ގެންނަން ކުންފުނި އުފައްދާފައިވާ ކަމަށް ބުނި ނަމަވެސް ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރަފީގް ވިދާޅުވީ މިއަދު އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ކުރާ ޝަކުވާ އަކީ އަދި މިއަދު މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޭސް ނުލިބުމުގެ މައްސަލަ ކަމަށެވެ. ހަމައެކަނި ފުވައްމުލަކު ސިޓީ އެކަނި ނޫން ކަމަށާ މިއީ ކޮންމެ ރަށެއްގެ ވެސް ހާލަތު ކަމަށް ރަފީގް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މި ސަރުކާރުން މީޑިއާތަކުގައި ބޭސް ލިބިއްޖެ ކަމަށް ނުވަތަ ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް ރައްޔިތުންނަށް އެ ބޭސްތައް ނުލިބޭ ކަމަށާ ރައްޔިތުންނަށް އެކަން ގަބޫލު ނުކުރެވެނީ އެހެން ވެސް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. 

އެންމެ ގިނައިން ރައްޔިތުން ކުރާ ޝަކުވާ އަކީ އަދި ދިމާވާ މައްސަލައަކީ ބޭހުގެ މައްސަލަ. ހަމަ ޔަގީނުން ވެސް ރަށެއްގަ، ފުވައްމުލަކުގަ އެކަންޏެއް ނޫން، ހުރިހާ ރަށެއްގަ ވެސް، ފުވައްމުލަކުގަ ވެސް ބޭސް ނުލިބިގެން ކުރާ ޝަކުވާ އިނގޭތޯ. އަލުގަނޑު މެންނަށް އަޑު އިވެނީ. އެހެންވީމާ ސަރުކާރުން އަދި ނޫސްތަކުގައި ބޭސް ގެނަސްފީމޭ ބުންޏަސް އެއަކުން ރައްޔިތުންނަށް ކުރި ފައިދާ އެއް ފަސޭހަ އެއް ނެތޭ ފެންނާކަށް. އެހެންވީމަ އެކަންތައްތައް ގަބޫލު ނުކޮށް އަދިވެސް ހަމަ މީޑިއާގަ ތިމަންނަމެން ބެސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ، ހަވާލު ކޮށްފީމޭ މިހެން ބުންޏަސް ރައްޔިތުންގެ އަތަށް އެ ބޭސް ނުލިބެންޏާ ކޮބާތޯ އޭގެ ބޭނުމަކީ. 
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް

ރަފީގް ވަނީ ރައްޔިތުންނަށް ބޭސް ލިބުމުގައި އުނދަގޫތަކެއް ހުރި ކަމަށް ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން އާސަންދައިން ލިބޭ ބޭސްތައް ވެސް މިހާރު ނުލިބޭ ކަމަށާ ގަންނަން ޖެހޭ ބޭހުގެ އަދަދު ވެސް އިތުރު ވެފައިވާ ކަމަށް ރަފީގް ވިދާޅުވި އެވެ. މި ކަންކަމާއެކު ރައްޔިތުން އުޅެނީ ވަރަށް އުނދަގުލުގައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވީ މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އެގޮތުން ބޭސް ނުލިބެނީ ބަޖެޓް ކުޑަކުރާތީ ތޯ ސުވާލު އުފެދޭ އިރު މިއީ ޚަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅެއްގެ ސަބަބުން ދިމާވާ ކަމެއް ނުވަތަ ސިޔާސީ މުވައްޒަފުންނަށް ބޮޑު މުސާރަ ދޭން ޖެހޭތީ ދިމާވާ ކަމެއް ތޯ ވެސް ސުވާލު އުފައްދަން ޖެހިފައިވާ ކަމަށް ރަފީގް ވިދާޅުވި އެވެ. 

ސިޔާސީ ފަރާތްތަކަށް މުސާރަ ދޭން ހަދައިގެން ބަޖެޓުގައި އެކަމަށް އިސްކަން ދީގެން މަހަކު އެތައް ސަތޭކަ މިލިއަނެއް  އެކަމަށް ޚަރަދު ކުރަނީ ތޯ ސާފު ނުވާއިރު އެ ފަރާތްތަކަށް ދޭ މުސާރަ ކުޑަކޮށްގެން ވިޔަސް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ދޭން ޖެހޭނެ ކަމަށް ރަފީގް ވިދާޅުވި އެވެ. 

މި ފަހަކަށް އައިސް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭއިރު، މީގެ ކުރިން ލިބުނު އެންމެ އާދައިގެ ބޭސް ވެސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރު ކޮށްލާފަ އެވެ. 

އިސްމާއިލް ރަފީޤުފުވައްމުލައް ސިޓީއެމްޑީޕީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

25 އެޕްރީލު 2026
އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

25 އެޕްރީލު 2026
އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު