Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ މުޒާހަރާ

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މި ހަމަލާއާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި، ކޮންމެ ރައްޔިތަކަށްމެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ. އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މޭޔަރަށް ހަމަލާދޭން އުޅުނު މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީ ގެ ލީޑަރޝިޕުން ވެސް ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 08:55
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއިން އާޒިމް އަށް ހަމަލާ ދިނުމަށް ދެ މީހަކު ވަނީ މަސައްކަތް ކޮށްފައި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއިން އާޒިމް އަށް ހަމަލާ ދިނުމަށް ދެ މީހަކު ވަނީ މަސައްކަތް ކޮށްފައި | ރާއްޖެއެމްވީ

ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ހަމަލާ ދީފައިވާތީ އެކަން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން މީޑިއާތަކަށް ބުނީ 2026 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީގެ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

މޭޔަރަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން މިކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ އެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހޮނިހިރު ދުވަހު ބުނެފަ އެވެ. 

އެ ހަމަލާ އަށް 18 ގަޑިއިރަށްވުރެ ވެސް ގިނައިރު ހޭދަވިފަހުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައި ވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކުއްލިއަކަށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއާށް ވަދެފަ އެވެ. އަދި މޭޔަރު އާޒިމް އަށް ހަމަލާ ދިނުމަށް އެ ދެމީހުން މަސައްކަތް ކޮށްފައިވެ އެވެ.

އެގޮތުން އެތަނުން އެކަކު ވަނީ މޭޔަރު އާޒިމް ކޮށްޕާލައި، މަގުމައްޗަށް ވައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ. 

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕުން ވަނީ މިކަން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާފަ އެވެ. 

އާދަމް އާޒިމްއެމްޑީޕީއެމްޑީޕީ މުޒާހަރާމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

26 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

25 އެޕްރީލު 2026
އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

25 އެޕްރީލު 2026
އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު