Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ ކުނުކޮށި

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

ހޯރަފުށީގައި ޒަމާނީ ކުނިކޮށްޓެއް ގާއިމްކުރުމަށް ބޭނުންވާ ބިން ކައުންސިލުން ތިން ދުވަހުގެ ތެރޭގައި ހަމަޖައްސައި ދީފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ. ވެމްކޯގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މަސައްކަތް ނުފެށި އޮތީ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ބުނެ ސަރުކާރުން އިތުރުފުޅު ހައްދަވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި. އެހެންކަމުން މި މަޝްރޫއުގެ އެއްވެސް މުއާމަލާތެއް މިހާރު ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ކައުންސިލުން ވަނީ ފާޅުކޮށްފަ.

މަޚްތޫމް
މަޚްތޫމް | 26 އެޕްރީލު 2026 | އާދީއްތަ 14:05
ހޯރަފުށީ ކުނިތައް ޖަމާ ކުރާ ސަރަހައްދު.

ހޯރަފުށީ ކުނިތައް ޖަމާ ކުރާ ސަރަހައްދު. | ރާއްޖެ އެމްވީ

ހއ. ހޯރަފުށީގައި ކުނި ކޮށްޓަށް ބޭނުންވާ ބިން 3 ދުވަހުގެ ތެރޭގައި ހަމަޖައްސައިދިނުމުން ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ބުނީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ ކުނިކޮށީގެ ވާހަކަ އަކީ އިބިލީސް ކައިވެނީގެ ވާހަކައަށް ވެފައި އޮތް ވައުދެއް ކަމަށެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ވަރަށް ހާއްސަ ވައުދެއް ކަމަށެވެ. އަދި ހޯރަފުށީގައި ޒަމާނީ ކުނިކޮށްޓެއް ގާއިމްކޮށް ހިދުމަތް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެހާ ހިސާބުން ފެށިގެން ބިން ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވީ 19 މާޗް 2025 ގައި ކަމަށެވެ. އަދި ކައުންސިލުން ސިޓީ 22 މާޗް 2025 ގައި ބިން ކަނޑައަޅާ ކަމާބެހޭ ވުޒާރާތަކަށް ފޮނުވި ކަމަށެވެ. 

Advertisement - newsAdvertisement

އަދި 3 ދުވަސް ތެރޭގައި ބިން ހަމަޖައްސައިދިން ނަމަވެސް ނިމިދިޔަ ކައުންސިލް އިންތިހާބު ދުވަސްވަރުގައި ދެއްކި ވާހަކައަކީ ހޯރަފުށީ ކައުންސިލުން ބިން ކަނޑައަޅައި ނުދީގެން މަސައްކަތް ނުފެށި އޮތް ކަމަށާއި، އެއީ ކަނޑައެޅިގެން ދެކެވޭ ދޮގު ވާހަކައެއް ކަމަށެވެ. 

އަޅުގަނޑުމެންނާއި ވެމްކޯއާއި އެކު މީޓިންގތައް ބޭއްވުނު ތަފާތު އެތައް ފަހަރަކު. ހޯރަފުށީ ކައުންސިލަށް އެތައް ފަހަރަކު ވެމްކޯގެ ޓީމްތައް އައި. އަޅުގަނޑުމެންނަށް ވެމްކޯއިން މައުލޫމާތު ދިނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް. އެހެންނަމަވެސް މިހާ ހިސާބަށް އައި އިރުވެސް އެއްވެސް މުއާމަލާތެއް ނުކުރެވި، އަޅުގަނޑުމެން ވެމްކޯގެ އޮފީހެއް ގާއިމްކުރަން ހޯރަފުށީ ކައުންސިލުން އިމާރާތެއް ހަމަޖެއްސިން، ވެމްކޯގެ ހިދުމަތް ގާއިމްކުރުމަށްޓަކައި އެބޭފުޅުން ބޭނުންވާނެ ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ހޯރަފުށީ ކައުންސިލުން ދިނިން. 
 ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު 

ވަހީދު ވިދާޅުވީ އެފަހުން ރަސްމީ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށެވެ. އަދި ކުނިތައް ޖަމާކުރާ ސަރައްހައްދު މިހާރު އޮތް ހާލަތަކީ ކުރިން ވެސް އޮތް ހާލަތު ކަމަށާއި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެއްކަމެއް ވެސް ނުހިނގާ ކަމަށެވެ. 

ހއ. ހޯރަފުށިޑރ. މުޙައްމަދު މުޢިއްޒުވެމްކޯކުނި ގޮނޑު

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް
24 އެޕްރީލު 2026

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމޭ. ތިންވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ.

24 އެޕްރީލު 2026
ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމޭ. ތިންވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ.
24 އެޕްރީލު 2026

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

24 އެޕްރީލު 2026
ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން
24 އެޕްރީލު 2026

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި
23 އެޕްރީލު 2026

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު